Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއް މިލިއަން މަސްދަޅު

ރައީސް ޞާލިހުގެ ސަރުކާރުން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމި އެއް މިލިއަން މަސްދަޅު އަދިވެސް ނުފޮނުވާ

1 މިލިއަން މަސްދަޅުގެ ތެރެއިން 4 ލައްކަ މަސްދަޅު ހިމެނޭ ފުރަތަމަ ޝިޕްމަންޓް އަދިވެސް ހުރީ މިސްރުގެ ގުދަނެއްގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 21 ޖެނުއަރީ 2025 | އަންގާރަ 07:49
ރާއްޖޭގެ ފޮރިން މިނިސްޓްރީ. 1 މިލިއަން މަސްދަޅު އަދިވެސް ފަލަސްތީނަށް ނުފޮނުވާ ކަމަށް ބުނޭ

ރާއްޖޭގެ ފޮރިން މިނިސްޓްރީ. 1 މިލިއަން މަސްދަޅު އަދިވެސް ފަލަސްތީނަށް ނުފޮނުވާ ކަމަށް ބުނޭ

ނިމިދިއަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ޣައްޒާގެ ހާލުގައި ޖެހިފައިވާ މުސްލިމު ރައްޔިތުނަން ހަދިޔާކުރަން ނިންމި އެއް މިލިއަން މަަސްދަޅު އަދިވެސް މި ސަރުކާރުން ނުފޮނުވާކަން ހާމަވެއްޖެއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ނިންމަވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.

މިދިއަ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށެވެ. އަދި އެ ހަދިޔާއަކީ ދިވެހީން ފަލަސްތީނާ އެކު ތިބިކަން ހާމަކޮށްދޭ އަލިގަދަ ދަލީލެއްކަމަށް ވެސް އޭރު ޝާހިދު ކުރެއްވި ޓްވީޓުގައި ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ޞާލިހުގެ ސަރުކާރު ނިމި މިހާރު މިއޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، އެ އެއް މިލިއަން މަސްދަޅު ޣައްޒާއާއި ހަމައަށް އަދިވެސް ވަނީ ފޯރުކޮށް ނުދެވިއެވެ.

ރާއްޖެ ޓިވީގެ "ފަށާއިރު" ޕްރޮގްރާމަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީން ބުނީ، އެއް މިލިއަން މަސްދަޅުގެ ތެރެއިން ހަތަރު ލައްކަ މަސްދަޅު ހިމެނޭ ފުރަތަމަ ޝިޕްމެންޓް އަދި ހުރީ މިސްރުގެ ރެޑްކްރެސެންޓުގެ ބެލުމުގެ ދަށުން އެގައުމުގެ އަލް އާރިޝް ނަމަކަށް ކިޔުނު ގުދަނެއްގައި ކަމަށާއި ބޯޑަރު ހުޅުވުނުހާ އަވަހަކަށް ޣައްޒާއަށް އެ މަސްދަޅު ޝިޕްމެންޓު ފޯރުކޮށްދޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ޝިޕްމެންޓް މިހާތަނަށް ވެސް ޣައްޒާއަށް ފޯރުކޮށް ނުދެވި ހުރީ މަސްދަޅުތައް ގެންދިއުމާއި، ވަކިގޮތަކަށް ބަންދުކުރަން ޖެހުމުގެ އިތުރުން އެހެން ކަހަލަ އެކިއެކި ދަތި ތަކާއި ކުރިމަތިވެގެން ކަމަށް ވެސް ފޮރިންމިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ބާކީ ހުރި ހަ ލައްކަ މަސްދަޅު ޣައްޒާއަށް ފޮނުވުމަށް ކިހާ މުއްދަތެއް ނަގާނެތޯ ކުރި ސުވާލަށް ޖަވާބުދެމުން ފޮރިން މިނިސްޓްރީން ބުނީ މިހާރުވެސް އެ ޝިޕްމެންޓް ޣައްޒާއަށް ފޮނުވުމުގެ މަސައްކަތް ކުރެވެމުން ދާކަމަށާއި ބޯޑަރު ހުޅުވުނުހާ އަވަހަކަށް މަސްދަޅުތައް ޣައްޒާއަށް ފޮނުވާނޭ ކަމަށެވެ.

ފޮރިންމިނިސްޓްރީން އަންގާރަ ދުވަހު "ފަށާއިރު" ޕްރޮގްރާމަށް ފޯނުން މައުލޫމާތު ދެމުން މިފަދައިން ބުނެފައިވާއިރު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ފަލަސްތީނަށް ފޮނުވަން ނިންމީ އެއް މިލިއަން މަސްދަޅުގެ ތެރެއިން 7800 މަސް ކޭސް ސެޕްޓެމްބަރު މަހުގެ 15 އަށް ވީ އާދިއްތަ ދުވަހު ފޮނުއްވާނެ ކަމަށާއި އެ ފޮނުވުމުން 40 ދުވަހުގެ ތެރޭގައި މަސްދަޅު ކޭސްތައް އެކޮޅަށް ލިބޭނޭ ކަމަށެވެ. އެއާއި އެކު މިސްރުގެ ރެޑްކްރެސެންޓުން އެ މަސްދަޅުތައް ޣައްޒާގެ ރައްޔިތުންނަށް ހަމައަށް ފޯރަން ފަށާނެ ކަމަށެވެ.

ނަމަވެސް ހީނާ މިހެންވިދާޅުވިތާ ހަތަރު މަސް ފާއިތުވެ، ފަލަސްތީނާ އިސްރާއީލުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމް ކުރެވި، މި ހަނގުރާމަ ހުއްޓާލާފައި ވާއިރުވެސް އަދިވެސް މި އެއް މިލިއަން މަސްދަޅުގެ ތެރެއިން ފުރަތަމަ ފޮނުވި 4 ލައްކަ މަސްދަޅު އަދިވެސް ފަލަސްތީނުގެ ރައްޔިތުންނާއި ހަމައަށް ވަނީ ނުފޯރައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު