Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފުށީގެ މަގުތައް ތަރައްގީކުރުން

އަލިފުށީގެ މަގުތައް ތަރައްގީގެ ކުރުމުގެ މަސައްކަތެއް ކުރިއަކަށް ނުދޭ، ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި: ބިގޭ

މި މަސައްކަތް ކުރުމަށް ނެގި މުވައްޒަފުން ވަޒީފާއިން ވަކިކޮށް މިސަރުކާރުން ބޭނުންވާ މީހުންނަށް ވަޒީފާ ވަނީ ދީފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2025 | ހޯމަ 06:41
ފަށާއިރު ޕްރޮގްރާމްގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަދައްކަވަނީ

ރ. އަލިފުށީގެ މަގުތައް ތަރައްގީގެ ކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް އެމަސައްކަތަށް ނަގާފައިވާ މުވައްޒަފުން މިސަރުކާރުން ވަކިކޮށްފައިވާ ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އަލިފުށީގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި، ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ އަލުން، މި މަޝްރޫއު ފެށުމަށްޓަކައި އައު ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއަދާ ހިސާބަށް މަގުތައް ތަރައްގީ ކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވާކަން ފާހަގަކުރައްވައި ބިގޭ ވިދާޅުވީ މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް މި މަސައްކަތް ކުރުމަށް ކުރީ ސަރުކާރުގައި ނަގާފައިވާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މިސަރުކާރުން ބޭނުންވާ މީހުންނަށް ވަޒީފާތައް ހަމަޖައްސާފައިވާ ކަމަށް ބިގޭ ވިދާޅުވިއެވެ.

މީގެ އިތުރުން ބިގޭ ވިދާޅުވީ ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ މައްސަލަތައް ލޭބަރ ޓްރައިބްނަލަށް މައްސަލަ ހުށަހެޅި ޝަރީއަތުގެ އަޑު އެހުންތައް ކުރިއަށްދާ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި މިރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށްޓަކައި އާރްޑީސީއާ ހަވާލުކުރީ. މިރަށުގައި ސައިޓް ހެދި ބޭނުންވާ މުވައްޒަފުން ނެގި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ވަރަށް ގިނަ ސާމާނު ވެސް ގެނެސްފައިވޭ. މިހިސާބަށް ގޮސްފައި ކަން ދިމާކުރި ގޮތުން އަޅުގަނޑުމެންގެ ވެރިކަމުގެ 5 އަހަރު ނިމުނީ. ދެން މިއައި ސަރުކާރުން އެ މިސަރުކާރުން ކުރާ ކަމެއްކަން ދެއްކުމަށްޓަކައި އެބޭފުުޅުން މިތަނަށް ވަޑައިގެން އެތަން އަލުން އައު މަޝްރޫއެއް ފައްޓަވައި ދެއްވުމަށް އިފްތިތާހް ކުރުވުމުގެ ގޮތުން ހަރަކާތްތަކެއް ހިންގެވި. ދެން ފެނުނީ ދުވަސްކޮޅެއް ފަހުން އަޅުގަނޑުމެން މަގާމުތަކަށް ގެނެސްފައި ޚާއްސަކޮށް މިރަށުގެ ވަރަށް ގިނަ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން ހިމެނޭ ގޮތަށް މުވައްޒަފުންގެ ގޮތުގައި އަޅުގަނޑުމެން ސަރުކާރުން ވަޒީފާ ދެއްވި ބޭފުޅުންގެ ތެރެއިން ގާތްގަނޑަކަށް 28 އަކަށް ބޭފުޅުން ވަޒީފާއިން ވަކިކުރިތަން. އަދި ވަކިކޮށްފައި ހަމަ އެ ބާރު މިނުގައި މިސަރުކާރަށް ވަފާތެރިކަމަށް މިސަރުކާރަށް ގަބޫލުކުރެވޭ ބޭފުޅުން ކޮޅެއް މިތަނުގައި މަގާމުތަކަށް ވަޒީފާ ހަމަޖައްސަވައިދެއްވި.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ގާތްގަނޑަށް 3000 މީހުން ދިރިއުޅެމުން އަންނަ އަލިފުށީގެ މަގުތަކުގައި އަޑިގުޑަންތައް ގިނައެވެ. އެކަމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ މީހުންނަށާއި ހިނގަބިނގާވެ އުޅޭ މީހުންނަށްވެސް އެތަކެއް ގެއްލުންތަކެއް ކުރިމަތިވެއެވެ.

މި މައްސަލަތައް ހައްލު ކޮށްދިނުމަށް ކުރީ ސަރުކާރުން 16 އޭޕްރީލް 2023 ގައި އަލިފުށީ މަގުތަކުގައި ތާރުއަޅަން، ޕްލޭނިންގް މިނިސްޓްރީން، އާރްޑީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން އަލިފުށީގެ 3.8 ކިލޯމީޓަރު މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމާއެކު މަގުތަކުގައި މަގު ބައްތި ޖެހުމަށް ވެސް ވަނީ ނިންމާފައެވެ.

އަލިފުށީ ބޮޑެތި މަގުތައް ޑިޒައިންކޮށް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 90.96 މިލިއަން ރުފިޔާއަށެވެ.

އެއީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު