Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފުށީ އެއަރޕޯޓުގެ މަޝްރޫއު

އަލިފުށީ އެއަރޕޯޓު ތަރައްގީ ކުރުމުގައި މި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް، މަސައްކަތް އޮތީ ހުއްޓިފައި: ބިގޭ

އެއަރޕޯޓެއް ތަރައްގީ ކުރެވިގެން ދިއުމަކީ މިރަށުގެ ރައްޔިތުންގެ ޒަމާންވީ އުންމީދެއް ވަރަށް ބޮޑު ހުވަފެނެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2025 | ހޯމަ 04:56
ފަށާއިރު ޕްރޮގްރާމްގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުންގައި ރ. އަލިފުށީ އެއަރޕޯޓު ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ އަލިފުށީގައި އެއަރޕޯޓެއް ތަރައްގީ ކުރެވިގެން ދިއުމަކީ މިރަށުގެ ރައްޔިތުންގެ ޒަމާންވީ އުންމީދެއް ކަަމަށާއި، ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.

Advertisement - newsAdvertisement

އަލިފުއްޓަކީ ވަކިން އޮންނަ ރަށެއްގެކަން ފާހަގަކުރައްވައި ބިގޭ ވިދާޅުވީ ރަށުގެ ތަރައްގީއަށް މުހިންމު މަޝްރޫއެއް ކަމަށް ދެކި، އެމަޝްރޫއުގެ އަމަލީ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، އެމަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދިޔަ ކަމަށެވެ.

ބިގޭ ވިދާޅުވީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައި، 90 އިންސައްތަ ނިމިފައިވާ ކަމަށާއި، ފަޔަރ އިމާރާތާއި، ޓާމިނަލްގެ ސްޓަރަކްޗަރ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހިސާބަށް މަސައްކަތް ދިޔަ ފަހުން ސަރުކާރު ބަދަލުވި ކަމަށާއި، އޭގެފަހުން މިއަދާ ހިސާބަށް މަސައްކަތުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު އިމާރާތުގައި ހުރި ދަގަނޑުތައް ވެސް ދަބަރަށް ވަމުންދާ ކަމަށެވެ. މިއީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފުށީ ރައްޔިތުންގެ އުންމީދެއް ޒަމާންވީ ހުވަފެނެއް މިރަށުގައި ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތް ވުން. އެއީ ސަބަބެއް ނެތިއެއް ނޫން. މިރަށަކީ ވަރަށް އެކަހެރި އެކަނިން އަތޮޅުން ބޭރުން ރ.އަތޮޅާ ށ.އާ ދޭތެރޭގައި ވަކިން މާކަނޑުގައި ހެދިފައި އޮތް ރަށެއް. މިރަށުގައި ވަރަށް ބަލި ހާލު ބޮޑުވެގެން ވަރަށް ތަފާތު ހާދިސާތައް ހޮސްޕިޓަލަށް ގެންދިއުމާއި، ދޭތެރޭގައި ހިނގާފައި އެބަހުރި. ދުނިޔެ ދޫކޮށް ދާންޖެހިފައި ވެސް އެބަހުރި. އެނގޭތޯ ޒަމާނުއްސުރެ މިރަށުގައި ފަސޭހައިން ސިއްހީ ބޭނުމަށްޓަކައި އެކަނި ދަތުރުފަތުރު ކުރުމުގެ މުހިންމުކަން މިރަށުގެ ރައްޔިތުން އެކަމާ އުންމީދުތަކެއް އިންތިޒާރުތަކެއް ކުރަމުންދިޔަ.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ ސިޔާސީ ބޭނުމަށް ކޮންމެ އިންތިޚާބެއްގައި ވެސް އެއަރޕޯޓުގެ މަޝްރޫއު ވަރަށް ފުރިހަމައަށް ކުރިއަށް ގެންދާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ކެންޕޭން ތެރޭގައި ވެސް އަދި ރައްޔިތުން މަޖިލިސް އިންތިޚާބުގެ ތެރޭގައި ވެސް އެމަނިކުފާނު ވައުދުފުޅު ކުރެއްވި ކަމަށް ބިގޭ ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ސަމާލުކަން ދިން މިންވަރަށް ވުރެ ބޮޑަށް މިސަރުކާރުން އެއަރޕޯޓުގެ މަޝްރޫއުއަށް ސަމާލުކަން ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެއަރޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ގެނެސްފައިވާ އާލާތްތައް އަނބުރާ ރަށުން ބޭލުވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ މިރަށުގެ ރައްޔިތުންނަކީ ތަރައްގީއަށް ގުރުބާންވާ ބައެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާފައިވާ ކަމަށެވެ. އަދި އެއަރޕޯޓު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފުށީ އެއަރޕޯޓުގެ މަސައްކަތަކީ އެމްޓީސީސީގެ ތާރީޚުގައި ވެސް ހަވާލުކުރެވުނު އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. މި މަޝްރޫއު އެމްޓީިސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ 1 ސެޕްޓެންބަރު 2021 ގައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއަރޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިމެވެ.

އެއަރޕޯޓް މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއް ވެސް ގާއިމުކުރާނެއެވެ.

އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 451.6 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު