Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހާރޫން މުހައްމަދުގެ ކުޅަދާނަ މަސައްކަތްތައް

ރޯނުވަށާ މެޝިނެއް ހަދަން ޖެހުނީ ލީލި ހިފައިގެން އަންހެންވެރިން އަންނާތީ އަންހެނުން ހިތްހަމަ ނުޖެހެން ފެށީމަ!

ހދ. ކުޅުދުއްފުއްޓަށް އުފަން ހާރޫން މުހައްމަދަކީ ކުޅަދާނަ މަސައްކަތްތެރިއެކެވެ. ބޮޑެތި މަސައްކަތްތަކުގައި ވަރަށް ގިނަ މީހުން އޭނާގެ އެހީތެރިކަން ހޯދައެވެ. ދިރިއުޅުމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އޭނާއަށް ނޭނގޭ ނުވަތަ ނުކުރެވޭ މަސައްކަތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހާރޫނަކީ ތަފާތު ގިނަ މެޝިންތައް އުފައްދާ، އެކި ކަހަލަ އިންޖީނުތައް މަރާމާތުކޮށް، ރޭނުމާއި، ވާޑާމުގެ އެކި މަސައްކަތްތައްކޮށް، ބަދީގޭގައި ހިފާގެންގުޅޭ ތަކެތި އުފައްދާ ބޮޑެތި މަސައްކަތްތައް ކުރާ މޮޅު މީހެކެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2024 | ހޯމަ 12:32
ހދ. ކުޅުދުއްފުއްޓަށް އުފަން ހާރޫން މުހައްމަދު

ހދ. ކުޅުދުއްފުއްޓަށް އުފަން ހާރޫން މުހައްމަދު

ހެނދުނު 7ން ފެށިގެން ރޭގަނޑު ވަރަށް ދަންވަދެން ވޯކްޝޮޕްގައި ބުރަ މަސައްކަތް ކުރާ ހާރޫނަށް އެންމެ މީރު ކެއުމަކީ ކުޅަވަކާއި، ހަކުރާ މޮޑެގެންނެވެ. މިހާރު ވެސް ކުއްޅަވަކެއް ޗިސްކޮށްލައިގެން ގެންނާށޭ އަންހެނުން ކައިރީގައި ބުނީމަ ހަކުރުކޮޅެއް އަޅައިގެން މޮޑެގެން ގެންނަ ކަމަށާއި، އޭނާގެ މައިގަނޑު ކެއުމަކީ އޭއީ ކަމަށް ހާރޫން ބުންޏެވެ.

ހދ. ކުޅުދުއްފުއްޓަށް އުފަން ހާރޫން މުހައްމަދަކީ ކުޅަދާނަ މަސައްކަތްތެރިއެކެވެ. ބޮޑެތި މަސައްކަތްތަކުގައި ވަރަށް ގިނަ މީހުން އޭނާގެ އެހީތެރިކަން ހޯދައެވެ. ދިރިއުޅުމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އޭނާއަށް ނޭނގޭ ނުވަތަ ނުކުރެވޭ މަސައްކަތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހާރޫނަކީ ތަފާތު ގިނަ މެޝިންތައް އުފައްދާ، އެކި ކަހަލަ އިންޖީނުތައް މަރާމާތުކޮށް، ރޭނުމާއި، ވާޑާމުގެ އެކި މަސައްކަތްތައްކޮށް، ބަދީގޭގައި ހިފާގެންގުޅޭ ތަކެތި އުފައްދާ ބޮޑެތި މަސައްކަތްތައް ކުރާ މޮޅު މީހެކެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްއަށް ހާރޫން ކިޔައިދިން ގޮތުގައި، މަސައްކަތަށް އޭނާ ނުކުމެވުނީ މަންމަގެ ސަބަބުންނެވެ. ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ހާރޫންގެ މަންމަ އޭނާއަށް ދިން ނަސޭހަތަކީ ކުޅިވަރުގައި ދުވަސްތައް ހޭދަކުރުމުގެ ބަދަލުގައި މަސައްކަތުގައި މަސްއޫލުވުމަށެވެ. އެގޮތުން ހަނދި ބާއްވަން ކިޔައިދީ، ރާނަން ދަސްކޮށްދިނީ އޭނާގެ މަންމަ އެވެ. މަންމަގެ ނަސޭހަތާއެކު އުމުރުން 9 އަހަރުގައި ފެށި މަސައްކަތުން އޭނާއަކީ އޭރު އެރަށުގައި އެންމެ އަވަހަށް ރާނާ އެކަކެވެ. ހާރޫން ކިޔަދިން ގޮތުގައި 7 ބަރިއަށް އުސްކޮށް 150 ފޫޓު ދިގު ފާރުތައް އެއްދުވަސްތެރޭގައި އޭރު އޭނާ ރާނާ ނިންމައެވެ. އަދި އެރަށުގެ ގިނަ ފާރުތަކާއި، ގެތައް އޭނާ ވަނީ ރާނާދީފައެވެ.

ރޭނުމުގެ މަސައްކަތް ކުރަމުން ހާރޫން ވަނީ ލަކުޑި ވަޑާމުގެ މަސައްކަތް ދަސްކޮށްފައެވެ. ހާރޫން ފުރަތަމަ ވަޑާން ކުރަންފެށިއިރު ލަކުޑި ކޮށަނީ މަސްވަޅި ނުވަތަ ދިގުވަޅިން ކަމަށް އޭނާ ބުންޏެވެ. އެހެންވެ، އޭނާގެ ބައްޕަ އޭނާއަށް ނަމެއް ދިން ކަމަށާއި، އެނަމަކީ ދިގުވަޅިވަޑާން ކަމަށް ހާރޫން ބުންޏެވެ. އުމުރުން 10 އަހަރުގައި އަދަރާދަގޮނޑި ހަދައި ވިއްކަން ފެށިއެވެ. ލަކުޑިން އޭނާއަށް ނުހެދޭނެ އެއްޗެއް ނެތެވެ. އެގޮތުން މިއަދު އޭނާ ދަނީ ލަކުޑިން ހަދަންޖެހޭ ތަފާތު އެކިއެކި އޯޑުތައް ނަގައި އެތަކެތި ހަދައިދެމުންނެވެ.

ލަކުޑީގެ މަސައްކަތަށް އޭނާގެ އަތްފަރިތަ މިންވަރަށް ކަނބުރުވެރިކަމުގެ މަސައްކަތްތަކަށް ވެސް ހާރޫންގެ އަތް ފަރިތައެވެ. ހާރޫން ކިޔައިދިން ގޮތުގައި އޭނާ ވަނީ ކުޑައިރު، އަވައްޓެރި ގެއެއްގައި ހުންނަ ކަނބުރުގެއަކަށް ގޮސް އެމަސައްކަތް ވެސް ދަސްކޮށްފައެވެ. ކަނބުރުވެރިކަމުގެ ގިނަ މަސައްކަތްތައް ކުރަމުންދާއިރު، ވަޅި ހެދުމާއި، ތާސް ހެދުމުގެ މަސައްކަތަށް އޭނާ މިއަދު މަޝްހޫރެއެވެ.

މީގެ އިތުރުން މިހާތަނަށް އައިރު ހާރޫން ވަނީ ގިނަ މެޝިންތަކެއް ވެސް އުފައްދާފައެވެ.

އޭނާ އެންމެ ފުރަތަމަ އުފެއްދީ ގައު އަޅާ މެޝިނެކެވެ. ފަހަރަކު ދެގައު އެޅޭގޮތަށް ހެދި މެޝިން ވިއްކާލުމަށްފަހު، މިހާރު ވަނީ ރޯނު ވަށާ މެޝިންތަކެއް އުފައްދާފައެވެ. މިހާރު އުފައްދާފައިވާ މެޝިނުން ކުޑަ ކުއްޖަކަށް ވެސް ރޯނު ވެށޭނެ ކަމަށް އޭނާ ބުނެއެވެ. ރޯނާ މެޝިނު އުފައްދަންޖެހުނީ ލީލި ހިފައިގެން އޭނާ ގާތަށް އަންހެންވެރިން މާގިނައިން އަންނާތީ އަންހެނުން މާބޮޑަށް ހިތްހަމަނުޖެހެން ފެށުމުން ކަމަށް ރޯނުވަށާ މެޝިނު ހަދަން ނިންމި ސަބަބު ކިޔައި ދެމުން ހާރޫން ބުންޏެވެ. އަދި ފޯއްކޮށާ މެޝިން، ހުނިގާނާ މެޝިން އަދި ހަނޑޫމުގުރާ މެޝިންތައް އުފައްދާފައިވެއެވެ. މިހާރު ވެސް ކޮންމެ ދުވަހަކަށް ފޯއްކޮށާ މެޝިނެއްގެ އޯޑަރު އަންނަ ކަމަށާއި، އެމަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

ދުވަހުގެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާ ހާރޫންގެ މަސައްކަތްތަކަށް އިތުރު އާރޯކަމެއް އަންނާނީ އޭނާގެ އަންހެނުން ކުރަމުންދާ މަސައްކަތުގެ ސަބަބުންނެވެ. ހާރޫން ބުނި ގޮތުގައި އޭނާ އަންހެނުންނަކީ ފިރިހެނަކަށް ދޫނުކުރާވަރުގެ ބުރަ މަސައްކަތްކުރާ މީހެކެވެ. އެގޮތުން އެއީ މަހާނާ ގައު ހަދައި ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާ މީހެއް ކަމަށް ހާރޫން ބުންޏެވެ. ކައިވެނިކުރިއިރު، އެއީ ކީއްކުރާ މީހެއްކަން ނޭނގޭ ކަމަށާއި، އެއީ ގެވެހި މީހެއް ނޫން ކަމަށާއި، އެކަމަކު ވަރަށް މަސައްކަތްތެރި ހީވާގި އަންހެނެއްކަން އެނގޭ ކަމަށް ހާރޫން ބުންޏެވެ.

ސަތަރިކޮޅެއް އަޅައިގެން ފެށި މަސައްކަތް ފުޅާވެ، ބޮޑު ވޯކްޝޮޕެއްގައި މަސައްކަތް ކުރަމުންދާއިރު، އޭނާ އެންމެ ދެރަވާ އެއްސަބަބަކީ މިފަދަ މަސައްކަތްތައް ކުރާނެ ޒުވާނުން މަދުވުމެވެ. ދަސްކޮށްދޭން ބުނާ އެންމެނަށް މަސައްކަތްތައް ދަސްކޮށްދިން ނަމަވެސް ދަސް ކުރަން ބޭނުންވެގެން މަސައްކަތަށް އަންނަ ޒުވާނުން ވަރަށް މަދުކަން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން ރަނގަޅު އާމްދަނީއެއް ލިބޭ މިފަދަ މަސައްކަތްތަކަށް ޒުވާނުން ނުކުތުމަށް އޭނާ އެދެއެވެ. ކުރަހައިގެން މިންޖަހައިގެން ހާރޫން މަސައްކަތް ނުކުރި ނަމަވެސް އޭނާގެ ސިކުނޑީގައި ކުރަހައިގެން ކުރިއަށް ގެންދާ މި ބުރަ މަސައްކަތްތައް މިއަދު އާއްމު ރައްޔިތުން ވަނީ ބަލައިގަނެފައެވެ. އަދި މިއަދު ހާރޫން އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެސް އޭނާ ކުރާ މަސައްކަތް އާއްމުން ބަލައިގަނެ، ލިބޭ ޝުކުރުގެ ބަސްތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފެށުން: ބޮޑެތި ހުރިހާ ކްލަބަކަށް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ!

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފެށުން: ބޮޑެތި ހުރިހާ ކްލަބަކަށް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ!

24 ސެޕްޓެމްބަރު 2019
ޒުވާނާ ބުނި ބަހަށް ސަމާލުކަން ދިންނަމަ މިއަދު މާޔޫސް ވާކަށް ނުޖެހުނީސް ނޫންތޯ؟

ޒުވާނާ ބުނި ބަހަށް ސަމާލުކަން ދިންނަމަ މިއަދު މާޔޫސް ވާކަށް ނުޖެހުނީސް ނޫންތޯ؟

20 ސެޕްޓެމްބަރު 2019
ހޭވި ހަޑި ސާފު ކުރަންޖެހުނީވެސް ހަމަ އެ މީހުންނަށް!

ހޭވި ހަޑި ސާފު ކުރަންޖެހުނީވެސް ހަމަ އެ މީހުންނަށް!

27 ނޮވެމްބަރު 2018
ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

28 އޮކްޓޯބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު