Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް އަރަބީ

އަލް އަރަބީ އަށް ވެރާޓީ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ

ވެރާޓީ ހޯދުމަށް އަލް އަރަބީން ޕީއެސްޖީ އަށް 45 މިލިއަން ޔޫރޯގެ އަދަދެއް ދައްކާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2023 | ހޯމަ 05:01
ޕީއެސްޖީ އަށް ކުޅެމުން އަންނަ އިޓަލީގެ މާކޯ މެރާޓީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ އިޓަލީގެ މާކޯ މެރާޓީ | ރޮއިޓާސް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ، ޤަތަރު ސްޓާސް ލީގުގެ އަލް އަރަބީ އަށް ދޫކޮށްލަން އެ ކުލަބުން އެއްބަސްވެއްޖެ އެވެ.

ޕީއެސްޖީގެ އެއްބަސްވުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެރާޓީ ވަނީ އައު ކޮށްފަ އެވެ. ހަތަރު އަހަރު ދުވަހަށް އައު ކުރި އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވާ، މިހާރު ޕީއެސްޖީން ވަނީ އޭނާ ދޫކޮށްލަން އެއްބަސްވެފަ އެވެ. އެއީ އަލް އަރަބީ އާއި ޕީއެސްޖީއާ ދެމެދު ކުރިއަށް ގެންދިޔަ ދިގު މަޝްވަރާތަަކަށްފަހު އެވެ. ޕީއެސްޖީ ދޫކޮށް ވެރާޓީ އަލް އަރަބީ އަށް ބަދަލުވާނީ ދާއިމީ އެއްބަސްވުމެއްގެ ދަށުންނެވެ. ވެރާޓީ ހޯދުމަށް އަލް އަރަބީން ޕީއެސްޖީ އަށް 45 މިލިއަން ޔޫރޯގެ އަދަދެއް ދައްކާނެ އެވެ.

އަލް އަރަބީ އަށް ބަދަލުވުމަށް ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ފުރިހަމަ ކުރުމަށް ވެރާޓީ ކުރިއަށް އޮތް ވަގުތަކުގެ ތެރޭގައި ޤަތަރުގެ ވެރިރަށް ދޯހާ އަށް ދަތުރު ކުރާނެ އެވެ. މެޑިކަލްގެ ކަންކަން ފުރިހަމަ ކުރުމަށްފަހު އަލް އަރަބީގެ އެއްބަސްވުމުގައި ވެރާޓީ ސޮއި ކުރާނެ އެވެ. އެއަށްފަހު އެ ކުލަބުގެ ކުޅުންތެރިޔެއްގެ ގޮތުގައި ވެރާޓީ ދައްކާލުން ކުލަ ގަދަކޮށް ކުރިއަށް ގެންދަން އަލް އަރަބީން އަންނަނީ ތައްޔާރުވަމުންނެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުލަބުގައި ހޭދަކުރި 11 ސީޒަންގެ ތެރޭގައި ވެރާޓީ ވަނީ ޕީއެސްޖީ އަށް 416 މެޗު ކުޅެދީ، 11 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 30 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ ޕީއެސްޖީ އާއެކު އެންމެ ގިނައިން ފްރާންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިޔާ އެވެ. ވެރާޓީ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން އިޓަލީ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަަނަށް ޤައުމީ ޓީމަށް ކުޅެދިން 55 މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އިޓަލީ އާއެކު ވެރާޓީ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އަލް އަރަބީމާކޯ ވެރާޓީޕީއެސްޖީ

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި
26 މާރިޗު 2026

ޙަކީމީ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އޭނާގެ އެޖެންޓު ބުނެފި

26 މާރިޗު 2026
ޙަކީމީ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އޭނާގެ އެޖެންޓު ބުނެފި
18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
12 މާރިޗު 2026

ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

12 މާރިޗު 2026
ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
07 މާރިޗު 2026

މޮނާކޯ އަތް ދަށުވެ، ޕީއެސްޖީ އަށް ލީޑު ފުޅާ ނުކުރެވުނު

07 މާރިޗު 2026
މޮނާކޯ އަތް ދަށުވެ، ޕީއެސްޖީ އަށް ލީޑު ފުޅާ ނުކުރެވުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު