Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލުއި ޚަބަރު

އެހީ ދަތިވެ، ބައްޕައެއްގެ ސިކުނޑީގައި މާޔޫސްކަމާއި ނުތަނަވަސްކަން

ޣައްޒާގައި ގިނަ ދަރިވަރުން ކިޔަވަނީ އދ.ން ފޯރުކޮށްދޭ އެހީއަށް ބަރޯސާވެގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2023 | އަންގާރަ 12:13
ޣައްޒާގެ ސްކޫލެއްގެ ދަރިވަރުންތަކެއް

ޣައްޒާގެ ސްކޫލެއްގެ ދަރިވަރުންތަކެއް

ދިރާސީ އާ އަހަރުގެ ކިޔެވުމާ މިއަހަރުވެސް ޣައްޒާގެ ދަރިވަރުން ކުރިމަތިލީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. ނަމަވެސް، އެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސިދާނެ ކަމުގެ މާ ބޮޑު ޔަގީންކަމެއްވެސް ނެތް ހާލަތުގައެވެ. ޣައްޒާގައި ތައުލީމު ހާސިލުކުރަމުންދާ ގިނަ ދަރިވަރުންނަކީ އދ.ން ފޯރުކޮށްދޭ އެހީއަށް ބަރޯސާވެގެން ކިޔެވުން ކުރިއަށްގެންދާ ބައެކެވެ. ނަމަވެސް ރެފިއުޖީންނާބެހޭ އދ.ގެ އިދާރާ (ޔޫއެންއާރްޑަބްލިއުއޭ)ގެ ފަންޑަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ބަނަ ވިލާގަނޑު، ޣައްޒާގެ ކިޔަވާ ކުދިންގެ ކުރިމަގު ވަނީ ނުތަނަވަސް ކޮށްފައެވެ.

މުޅި މެދުއިރުމަތީގައި ޔޫއެންއާރްޑަބްލިއުއޭއިން ހިންގާ 700 ސްކޫލުގެ ތެރެއިން 288 ސްކޫލެއް ހުންނަނީ ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައެވެ. އޭގެ އިތުރަށް ސިއްހީ ޚިދުމަތް ދޭ 140 ކުލިނިކަކަށްވެސް ފަންޑުކުރަނީ ހަމަ އެ އިދާރާއިންނެވެ.

ކަން މިހެން އޮތް ނަމަވެސް، މި ހިނގާ 2023 ވަނަ އަހަރު ނިމެންދެން އެ އިދާރާގެ މުވައްޒަފުންގެ މުސާރައިގެ ކަންކަމާއި، އިދާރާގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާގެ މިންވަރުން، 200 މިލިއަނެއްހާ ޑޮލަރު އަދިވެސް އޮތީ ހަމަނުވެއެވެ. ޔޫއެންއާރްޑަބްލިއުއޭގެ ޣައްޒާ ޑައިރެކްޓަރ ޓޮމަސް ވައިޓް ވިދާޅުވީ، ފަންޑު ހޯދުމާ ބެހޭގޮތުން، އެހީ ދޭ ގައުމުތަކާއެކު، މި ސެޕްޓެމްބަރު މަހުގެ ތެރޭގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ފަންޑު ހަމަނުޖެހިއްޖެނަމަ، ޣައްޒާގެ އެތައް ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުން ފޯރާނެއެވެ.

ނުސީރާތު ރެފިއުޖީ ކޭމްޕުގައި 12 މެންބަރުންގެ އާއިލާއެއް ބަލަހައްޓަމުން އަންނަ ބައްޕައެއް ކަމަށްވާ ސާމީ އަބޫ މައްލޫހު ބުނިގޮތުގައި، އދ.ގެ އެހީއާނުލައި އެ އާއިލާއިން ކުރާނެ ހަމަ އެއްވެސް ކަމެއް ދެން ނޯންނާނެއެވެ.

ތައުލީމުގެ އިތުރުން، ބޭސްފަރުވާގެ ކަންކަމާއި ކާބޯތަކެތީގެ އެހީތެރިކަންވެސް ސާމީގެ އާއިލާއިން ހޯދަނީ ޔޫއެންއާރްޑަބްލިއުއޭއިންނެވެ.

ޔޫއެންއާރްޑަބްލިއުއޭގެ އޮޕަރޭޝަނަލް ބަޖެޓަށް ބޭނުންވާ 200 މިލިއަން ޑޮލަރުގެ އިތުރުން، ޣައްޒާއަށް ބޭނުންވާ ކާބޯތަކެތީގެ ސަޕްލައި ކަށަވަރު ކުރުމަށްޓަކައިވެސް އެ އިދާރާއަށް އިތުރު 75 މިލިއަން ޑޮލަރު ބޭނުންވެއެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ ގާތްގަނޑަކަށް 3 ބައިކުޅަ 2 ބައި މީހުންނަކީ ރެފިއުޖީންނެވެ. ގިނަ މީހުންނަކީ 1948 ވަނަ އަހަރުގެ ހަނގުރާމައިގެ ތެރޭގައި އަމިއްލަ ގެދޮރު ދޫކޮށްލި ނުވަތަ އަމިއްލަ ގެދޮރުތަކުން ނެރެފައިވާ މީހުންނެވެ. އެ ހަނގުރާމައަކީ ޔަހޫދީ އިޒްރޭލު އުފެދިގެން ދިޔަ ހަނގުރާމައެވެ.

ޣައްޒާގައި ތައުލީމު ހާސިލުކުރާ އުމުރުފުރާއަށް ބަލާއިރު، ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ކުދިން ތައުލީމު ފުރިހަމަކުރަމުން ދަނީ ޔޫއެންއާރްޑަބްލިއުއޭގެ އެހީތެރިކަމާ އެކުގައެވެ. 3 ލައްކައެއްހާ ކުދިން ސަރުކާރު ސްކޫލުތަކުގައި ތައުލީމު ފުރިހަމަކުރަމުން ދާއިރު، އަނެއް ބައި ކުދިން ކިޔަވަމުން ދަނީ އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯޔަލް ވެޑިން: ހެރީއާއި މޭގަން ބޭނުންވަނީ ޕާޓީގެ ހަދިޔާގެ ބަދަލުގައި ޗެރިޓީތަކަށް އެހީވާން

ރޯޔަލް ވެޑިން: ހެރީއާއި މޭގަން ބޭނުންވަނީ ޕާޓީގެ ހަދިޔާގެ ބަދަލުގައި ޗެރިޓީތަކަށް އެހީވާން

10 އެޕްރީލު 2018
އެއްވެސް ޗެނަލަކުން ބަލައިނުގަތުމުން އެހީވީ ބައްޕަ: އޭކްތާ ކަޕޫރު

އެއްވެސް ޗެނަލަކުން ބަލައިނުގަތުމުން އެހީވީ ބައްޕަ: އޭކްތާ ކަޕޫރު

10 ޖެނުއަރީ 2018
އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން

އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން

29 ނޮވެމްބަރު 2017
ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު

ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު

06 އޮކްޓޯބަރު 2017
އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕަ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލް ވެއްޖެ

އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕަ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލް ވެއްޖެ

17 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު