Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ މިއާމީ

މިއާމީގެ ކޯޗު މާޓިނޯގެ ތައުރީފް މެސީ އަށް!

އޭނާ ބުނީ މެސީ އަކީ ވަރަށް ވިސްނުންތެރިކަމާއެކު، އެންމެ ހީނުކުރާ ދިމާލަށް ވެސް ބޯޅަ ޖައްސައިގެން ގޯލު ޖަހާނެ ކުޅުންތެރިޔެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2023 | ހޮނިހިރު 05:32
މިއާމީން ކުޅުނު މެޗެއްގައި ކޯޗު މާޓިނޯ އަދި މެސީ

މިއާމީން ކުޅުނު މެޗެއްގައި ކޯޗު މާޓިނޯ އަދި މެސީ

އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް އެ ޓީމުގެ ކޯޗު ޖެރާޑޯ މާޓިނޯ ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

އޭނާ މިގޮތަށް ވާހަކަ ދެއްކީ އެމެރިކާ ލީގްސް ކަޕްގެ ކުއާޓަރ ފައިނަލުން މޮޅުވެ، މިއާމީ ސެމީ ފައިނަލަށް ދަތުރު ކުރި މެޗަށްފަހު އެވެ. މާޓިނޯ ބުނީ ކުރިން ވެސް އޭނާ އަށް މެސީ އިނގޭ ކަމަށެވެ. އަދި މެސީ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިޔެއް ކަން ވެސް އިނގޭ ކަމަށާއި، މެސީގެ ހުނަރާއި، ދަނޑު މަތީގައި އޭނާ ދައްކަމުން އަންނަ ތަފާތު ކުޅުމަކީ އެންމެން ވެސް ހައިރާންވާ ކަމެއް ކަމަށެވެ. ސްޕެއިންގެ ބާސެލޯނާ ގެއިތުރުން އާޖެންޓީނާގެ ޤައުމީ ޓީމުގައި ވެސް މެސީ އަށް އިރުޝާދު ދީފައިވާ މާޓިނޯ ބުނީ، އިދިކޮޅު ޓީމުގެ ގޯލު ކުރިމަތިން ކޮންމެ ހިސާބަކުން ވެސް މެސީ އަކީ ނުރައްކާ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ މެސީ އަކީ ވަރަށް ވިސްނުންތެރިކަމާއެކު، އެންމެ ހީނުކުރާ ދިމާލަށް ވެސް ބޯޅަ ޖައްސައިގެން ގޯލު ޖަހާނެ ކުޅުންތެރިޔެއް ކަމަށެވެ. އެހެންކަމުން މިއާމީގައި މެސީ ހުރުމަކީ އެ ޓީމަށް ވެސް އަދި އޭނާ ކުރަން އޮތް މަސައްކަތަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ކަމަށް މާޓިނޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ މިއާމީން ދާދި ފަހުން ހޯދި ދެ ކުޅުންތެރިން ކަމަށްވާ، ފަކުންޑޯ ފާރިއާސް އަދި ތޯމަސް އެވައިލްސް ވެސް ކުރިއަށް ހުރި ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށެވެ. ކުރިއަށް އޮތް ސެމީ ފައިނަލް މެޗުގައި އެ ދެ ކުޅުންތެރިންނަށް ކުޅެވޭނެކަން ޔަގީން ނުވި ނަމަވެސް، ޓީމާއެކު ދަތުރު ކުރާނެ ކަމަށް ވެސް މާޓިނޯ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ޓީމެއްގެ ގޮތުގައި މިއާމީގެ ކުޅުންތެރިން ދައްކަމުން އަންނަ ރޫހާއި، ހިތްވަރަކީ އޭނާ އަށް އޮތް ހިތްހަމަ ޖެހުމެއް ކަމަށެވެ. އެހެންކަމުން މިއާމީ އަށް ލީގްސް ކަޕްގެ ސެމީ މެޗު ކާމިޔާބުކޮށް، ފައިނަލަށް ދެވޭނެ ކަމަށް އޭނާ ދެކެ އެވެ. ތަށީގެ ވާހަކަ ދައްކަން މާޓިނޯ ބޭނުންވަނީ ސެމީ މެޗަށްފަހު އެވެ.

އުމުރުން 60 އަހަރުގެ މާޓިނޯ މިއާމީގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ.

އިންޓަ މިއާމީޖެރާޑޯ މާޓިނޯލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު