Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ މިއާމީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

އެމެރިކާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މިހާރު މިއާމީ އިން އަންނަނީ މެސީ އާއެކު އައު އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެހެން ނަމަވެސް، މިހާތަނަށް ވަކި ގޮތެއް ނިމިފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އެކަމަށް ގޮތެއް ނިމޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:32
މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މެސީ

މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މެސީ

އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށާއި، އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.'

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށް ފަހު، މެސީ މިއާމީ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ނިޔަލަށެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިއާމީ އިން އޮތީ މެސީގެ އެއްބަސްވުން އައު ކުރަން ބޭނުންވެފަ އެވެ. މީގެ ކުރިން އެ ކުލަބުގެ އިސްވެރިން ވެސް ވަނީ، މިއާމީ އިން މެސީގެ އެއްބަސްވުން އައު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މިހާރު މިއާމީ އިން އަންނަނީ މެސީ އާއެކު އައު އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެހެން ނަމަވެސް، މިހާތަނަށް ވަކި ގޮތެއް ނިމިފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އެކަމަށް ގޮތެއް ނިމޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެމެރިކާ ގައި އޮންނައިރު، މެސީ މިއާމީގެ އެއްބަސްވުން އައު ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެގޮތުން އެމެރިކާގައި ވޯލްޑް ކަޕް އޮންނާނީ، މެސީ ހުރީ އެ ޤައުމުގައި ކުޅެން ބޭނުންވެފައި ކަމަށް ވަނީ ބުނެފަ އެވެ.

މެސީ ވަނީ މިހާތަނަށް މިއާމީ އަށް ކުޅެދިން 75 މެޗުގައި 62 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ލީގްސް ކަޕްގެ އިތުރުން، ސަޕޯޓާސް ޝީލްޑް ވެސް ކާމިޔާބު ކޮށްފަ އެވެ. މެސީ ގެނައުމަށް ފަހު، މިއާމީ އިން ވަނީ ބައެއް މަޝްހޫރު ކުޅުންތެރިން ވެސް އެ ކުލަބަށް ގެނެސްފަ އެވެ.

މިއާމީ އިން މެސީގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، ބައެއް އެހެން ކުލަބު ތަކުން އޮތީ މެސީ ހޯދުމުގެ ޝައުޤުވެރިކަން ފާޅު ކޮށްފަ އެވެ. އެގޮތުން ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލް އިން މެސީ ގެންނަން ބޭނުންވާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އިންޓަ މިއާމީލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު