Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމެރިކާ ލީގްސް ކަޕް

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

މެޗަށް ފަހު ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން މައާފަށް އެދޭކަން ހާމަކޮށް ސުއަރޭޒް ބުނީ، އެކަން ހިނގައި ދިޔައީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ހުރުމުން ކަމަށެވެ. އެކަމުގެ ސަބަބުން، ހިނގަން ނުޖެހޭ ކަންތައްތަކެއް ހިނގާފައިވާ ކަަމަށް ސުއަރޭޒް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2025 | ހޯމަ 05:18
ސުއަރޭޒް އާއި އިދިކޮޅު ޓީމުގެ އޮފިޝަލާ ދެމެދު ހިނގި ހަމަ ނުޖެހުމުގެ ތެރެއިން

ސުއަރޭޒް އާއި އިދިކޮޅު ޓީމުގެ އޮފިޝަލާ ދެމެދު ހިނގި ހަމަ ނުޖެހުމުގެ ތެރެއިން

ލީގްސް ކަޕްގެ ފައިނަލް މެޗުގައި ސީޓަލް ސައުންޑާސްއާ ދެކޮޅަށް ކުޅުނު މެޗުގައި، އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އުރުގުއޭގެ ލުއިސް ސުއަރޭޒް، އިދިކޮޅު ޓީމުގެ އޮފިޝަލެއްގެ ގަޔަށް ކުޅު ޖެހި މައްސަލައިގައި އޭނާ އަށް ފިޔަވަޅު އަޅައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ކުޅުނު ލީގްސް ކަޕްގެ ފައިނަލް މެޗުގައި މިއާމީ ވަނީ، ސީޓަލް ސައުންޑާސް އަތުން ބަލިވެފަ އެވެ. އެ މެޗަށް ފަހު ސުއަރޭޒް ވަނީ، އިދިކޮޅު ޓީމުގެ އޮފިޝަލެއްގެ ގަޔަށް ކުޅު ޖަހައިފަ އެވެ. އެކަމާ ގުޅިގެން ސުއަރޭޒްއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު، އޭނާ ވަނީ ހަ މެޗަށް ސަސްޕެންޑު ކޮށްފަ އެވެ.

ލީގްސް ކަޕްގެ ޑިސިޕްލިނަރީ ކޮމެޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސުއަރޭޒްގެ ސަސްޕެންޝަން އޮންނާނީ އަންނަ އަހަރުގެ މުބާރާތުގެ މެޗުތަކަށް ކަމަށެވެ. ނަމަވެސް، ސުއަރޭޒްގެ އަމަލާ ގުޅިގެން، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) އިން ބޭނުންވާ ނަމަ، ސުއަރޭޒް އަށް އިތުރު ފިޔަވަޅެއް އެޅިދާނެ ކަމަށެވެ.

ސުއަރޭޒްގެ އަމަލާ ގުޅިގެން އޭނާ ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެކަމަށް މައާފަށް ވެސް އެދިފަ އެވެ. މެޗަށް ފަހު ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން މައާފަށް އެދޭކަން ހާމަކޮށް ސުއަރޭޒް ބުނީ، އެކަން ހިނގައި ދިޔައީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ހުރުމުން ކަމަށެވެ. އެކަމުގެ ސަބަބުން، ހިނގަން ނުޖެހޭ ކަންތައްތަކެއް ހިނގާފައިވާ ކަަމަށް ސުއަރޭޒް ބުންޏެވެ.

އިތުރަށް ސުއަރޭޒް ބުނީ، އޭނާ އަށް ކުށެއް ކުރެވިފައިވާ ކަމަށާއި، އެކަމާ ނިހާޔަތަށް މައާފަށް އެދެން ބޭނުންވާ ކަމަށެވެ. ސުއަރޭޒް ބުނީ އޭނާ އަށް ކުރެވުނު ކަމެއްގެ ސަބަބުން، އޭނާގެ އާއިލާ އާއި ކުލަބަށް އެއްވެސް ކަމެއް ރައްދުވާން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން އޭނާ އަށް ކުރެވުނު ކަަންތަކާ މެދު ހިތާމަ ކުރާ ކަމަށާއި، އޭނާ އަށް ކުރެވުނު ކުށް ޤަބޫލު ކުރުމަށް ފަހު، މައާފަށް އެދުމުގެ ފުރުސަތު ގެއްލުވާލަން ބޭނުން ނުވާ ކަމަށެވެ.

ކުރީގެ ކުލަބު ގްރެމިއޯ ދޫކޮށްލުމަށް ފަހު، ސުއަރޭޒް މިއާމީ އަށް ބަދަލުވީ 2024 ވަނަ އަހަރު އެވެ. ސުއަރޭޒް ވަނީ މިހާތަނަށް މިއާމީ އަށް ކުޅެދިން 77 މެޗުގައި 38 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ސަޕޯޓާސް ޝީލްޑު ކާމިޔާބު ކޮށްފަ އެވެ.

ލީގްސް ކަޕް އިން އަންނަ އަހަރުގެ މުބާރާތަށް ސުއަރޭޒް ސަސްޕެންޑު ކޮށްފައިވާއިރު، މިއާމީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ސުއަރޭޒް މިއާމީގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާ ލީގްސް ކަޕްއިންޓަ މިއާމީލުއިސް ސުއަރޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު