Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކީރިތި ޤުރުއާން ހިތުން ދަސްކުރުން

ހުޅަނގުގައި ޤުރުއާން އެންދުން: ޣައްޒާގެ ޒުވާނުން ޙިފްޡު ކުރުމުގެ ރޭހުގައި ކުރިއަށް!

މި ދުވަސްވަރަކީ ވިލާތުގެ ބައެއް ޤައުމުތަކުގައި ކީރިތި ޤުރުއާންގެ ކޮޕީތައް އެންދުމުގެ ޖަރީމާތައް ގިނަ ޢަދަދަކަށް ހިންގަމުންދާ ދުވަސްވަރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 27 ޖުލައި 2023 | ބުރާސްފަތި 11:43
ކީރިތި ޤުރުއާން ހިތު ދަސް ކުރުމަކީ އެކަމުގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ ކަމެއް

ކީރިތި ޤުރުއާން ހިތު ދަސް ކުރުމަކީ އެކަމުގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ ކަމެއް

ކީރިތި ޤުރުއާން ޙިފްޡު ކުރުން ނުވަތަ ހިތުން ދަސްކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރި ކުރުމަށް އެދޭ މީހާއަށް، އެކަމުގައި ވަޒަން ކުރަންވެސް ނޭނގޭ މިންވަރުގެ ހެޔޮ ދަރުމައާއި ޘަވާބު އެކުލެވިގެންވާ މަތިވެރި އަޅުކަމެކެވެ. މާތް ﷲއަށްޓަކައި ކީރިތި ޤުރުއާން ހިތުން ދަސްކޮށްފި މީހެއްގެ ދިރިއުޅުން ބާއްޖަވެރިވެދެއެވެ. ކިތަންމެ ދަތި ޙާލެއްގައި އުޅެން ޖެހުނު ކަމުގައި ވީނަމަވެސް، ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ކުރެވިދާނެ ކަމެއްކަން ޘާބިތުކޮށްދެމުންދާ އެއް ބަޔަކީ ޣައްޒާގެ ކުޑަކުދިންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ހުރިހާ ކޮޅަކުން ފިއްތާލާފައި އޮތް ޣައްޒާގެ ކުޑަ ކުދިންގެ ކިބާގައި އޮތް ނުގުޑާ، ވަރުގަދަ ޢަޒުމުގެ ނަތީޖާއަކަށް ވީ، ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ރޫޙު އާލާވެގެން ދިއުމެވެ. ކީރިތި ޤުރުއާން ހިތުދަސްކުރަން އެދޭ ކުދިންނަށް ޚާއްސަކޮށްގެން ޣައްޒާގައި ހިންގާ މަރުކަޒުތަކަށް ޙާޟިރުވާ ފުރާވަރު ޢުމުރުގެ ދަރިވަރުންގެ ޢަދަދު ދަނީ އިތުރު ވަމުންނެވެ. ހުރިހާ ކުދިންގެވެސް އުއްމީދަކީ މާތް ﷲގެ ކަލާމްފުޅު ހިތުން ދަސްކުރުމެވެ.  

ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމުގެ މަޤުޞަދުގައި މުޅި އަހަރު ދުވަހު ޣައްޒާގައި ޕްރޮގްރާމްތައް ހިންގިނަމަވެސް، ހޫނު މޫސުމުގެ ޗުއްޓީއާ ދިމާކޮށް ޤުރުއާން ހިތުދަސްކުރުމަށް އެދި ހުށަހަޅާ ދަރިވަރުންގެ ޢަދަދު އެތައް ގުނައެއް އިތުރުވެގެންދެއެވެ.

މި ދުވަސްވަރަކީ ވިލާތުގެ ބައެއް ޤައުމުތަކުގައި ކީރިތި ޤުރުއާންގެ ކޮޕީތައް އެންދުމުގެ ޖަރީމާތައް ގިނަ ޢަދަދަކަށް ހިންގަމުންދާ ދުވަސްވަރެއް ކަމުން، ދަރިންނަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށް މައިންބަފައިންގެ ހިތުގައި އޮންނަ ޝައުޤުވެރިކަންވެސް ބޮޑުވަމުން އަންނަ ކަމަށް މަރުކަޒުތަކުން ފާހަގަކުރެއެވެ.

ކީރިތި ޤުރުއާން ހިތުން ދަސްކުރުމުގެ ވަރުގަދަ ޢަޒުމުގައި ސާބިތުވެ ތިބި ދަރިވަރުންގެ ފަރާތުންވެސް އިވުނީ ހިތް ފުރިގެންދާ ފަދަ ބަސްތަކެކެވެ. އެ ކުދިން ކިޔައިދިން ގޮތުގައި، ކީރިތި ޤުރުއާން ދަސްކުރުމަށް ވަޤުތު ހުސްކޮށްލުމާއެކު، ނަފުސަށް ގެއްލުން ދޭ އޮންލައިން ގޭމްތަކާއި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި ވަޤުތު ބޭކާރުކުރާ ކުރުމަށް ހުއްޓުމެއް އާދެއެވެ.

ޤުރުއާން ހިތުދަސްކުރުމަށް، މައިންބަފައިންވެސް ދަރިންނަށް ބާރުއަޅައި އެކި ގޮތް ގޮތުން އެކަމަށް ހިތްވަރުދީހަދައެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ އެކަމުގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ ކަމެކެވެ. ކީރިތި ޤުރުއާން ދަސް ކުރުމަކީ ހިތާއި ނަފުސު ޠާހިރު ކޮށްދޭ ކަމެކެވެ. ތިމާ ދުނިޔެއަށް ފޮނުއްވުނު ސަބަބު ފަހުމްވުމަށް ފަސޭހަކޮށްދޭ ކަމެކެވެ. ހެޔޮ މަގަށް ވާޞިލުކޮށްދޭ ކަމެކެވެ. ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ﷲގެ ޙަޟްރަތުގައި އެމީހެއްގެ ޤަދަރު އުފުލިގެންދާ ކަމެކެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2023

ޖަޕާނުގެ ދޮށީ ޢުމުރުގެ އާބާދީ ބަލަހައްޓަން، އިންޑޮނޭޝިއާގެ ޒުވާނުން އަތުކުރި އޮޅާލައިފި

10 އެޕްރީލު 2023
ޖަޕާނުގެ ދޮށީ ޢުމުރުގެ އާބާދީ ބަލަހައްޓަން، އިންޑޮނޭޝިއާގެ ޒުވާނުން އަތުކުރި އޮޅާލައިފި
28 މާރިޗު 2023

ކީރިތި ޤުރުއާންގެ މުޞްޙަފުތައް އާ ކުރުމަށް ޔަމަނުގައި ކުރާ ބުރަ މަސައްކަތް، ބަލާލަން ހިތްގައިމު

28 މާރިޗު 2023
ކީރިތި ޤުރުއާންގެ މުޞްޙަފުތައް އާ ކުރުމަށް ޔަމަނުގައި ކުރާ ބުރަ މަސައްކަތް، ބަލާލަން ހިތްގައިމު
21 ފެބުރުއަރީ 2023

ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!

21 ފެބުރުއަރީ 2023
ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!
31 ޖެނުއަރީ 2023

އަލްޖަޒާއިރުގެ ސަހަރާތަކުން ޚިނާއޫއީ ވިޔަފާރި ކޮޅަށް ޖެހީ ކީރިތި ޤުރުއާންގެ އަލީގައި!

31 ޖެނުއަރީ 2023
އަލްޖަޒާއިރުގެ ސަހަރާތަކުން ޚިނާއޫއީ ވިޔަފާރި ކޮޅަށް ޖެހީ ކީރިތި ޤުރުއާންގެ އަލީގައި!
29 ޖެނުއަރީ 2023

15 އަހަރަށްފަހު ޣައްޒާގެ މަސްވެރި ޢާއިލާތަކަށް އާ ދިރުމެއް

29 ޖެނުއަރީ 2023
15 އަހަރަށްފަހު ޣައްޒާގެ މަސްވެރި ޢާއިލާތަކަށް އާ ދިރުމެއް
29 ޑިސެމްބަރު 2022

އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް

29 ޑިސެމްބަރު 2022
އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް
30 އޮކްޓޯބަރު 2022

ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!

30 އޮކްޓޯބަރު 2022
ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!
23 އޮކްޓޯބަރު 2022

ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!

23 އޮކްޓޯބަރު 2022
ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!
21 ސެޕްޓެމްބަރު 2022

ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް

21 ސެޕްޓެމްބަރު 2022
ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް
13 ޖުލައި 2022

ކުޅެންދާން ކިތަންމެ ބޭނުންވި ނަމަވެސް އަމާޒު ހިފީ ޤުރުއާން ހިތުދަސްކުރަން!

13 ޖުލައި 2022
ކުޅެންދާން ކިތަންމެ ބޭނުންވި ނަމަވެސް އަމާޒު ހިފީ ޤުރުއާން ހިތުދަސްކުރަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު