Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަދުރު އޮށުން ތެޔޮ ހޭނުން

އަލްޖަޒާއިރުގެ ސަހަރާތަކުން ޚިނާއޫއީ ވިޔަފާރި ކޮޅަށް ޖެހީ ކީރިތި ޤުރުއާންގެ އަލީގައި!

މިއީ 100 ޕަސެންޓް ޤުދުރަތީ ތެލެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 31 ޖެނުއަރީ 2023 | އަންގާރަ 03:17
ޚިނާއޫއީގެ މަޝްރޫއަކީ ތިމާވެއްޓާ ރައްޓެހި މަޝްރޫއެއް

ޚިނާއޫއީގެ މަޝްރޫއަކީ ތިމާވެއްޓާ ރައްޓެހި މަޝްރޫއެއް

އަލްޖަޒާއިރަށް އުފަން އައްމާރު ޚިނާއޫއީއަކީ ކަދުރު ތެލުގެ ވިޔަފާރި، ދާދި ފަހުން ފެށި މީހެކެވެ. ދޭސީ ފެންވަރެއްގައި ކުރިއަށް ގެންދާ ވިޔަފާރި، ބައިނަލްއަޤުވާމީ ބާޒާރުތަކަށް ފުޅާ ކުރުމަކީ މިއަދު އޭނާ ދެކެމުންދާ ހުވަފެނެކެވެ.

ޚިނާއޫއީގެ ވިޔަފާރި ފެށިގެން އައި ގޮތުގެ ވާހަކައަކީ، ކޮންމެ މުސްލިމަކަށްވެސް ޢިބްރަތުން ފުރިގެންވާނެ ވާހަކައެއް ކަން ޔަޤީނެވެ. ޚިނާއޫއީއަކީ، މާތް ﷲގެ ކަލާމްފުޅު ނުވަތަ ކީރިތި ޤުރުއާން ކިއެވުމުގައި ޤަވައިދުން ވަޤުތު ހޭދަ ކުރާ މީހެކެވެ. އެ ގޮތަށް ޤުރުއާން ކިޔަވަމުން ދިޔަ ދިއުމުގެ ތެރޭގައި ޚިނާއޫއީގެ ސަމާލުކަން ހޯދި އެއް ކަމަކީ، ކީރިތި ޤުރުއާނުގައި ކަދުރު ރުކު ވާހަކަ ބަޔާންވެގެންވާވުމެވެ.

އެހާ ހިސާބުން، ކަދުރު ރުކާ ބެހޭ އިތުރު މަޢުލޫމާތުތައް އުނގެނުމަށް ޚިނާއޫއީގެ ހިތުގައި ޝަޢުޤު އުފެދުނެވެ. ކަދުރު ރުކާ ބެހޭ ދިރާސާތައް ފަށާ، ކަންކަން ދަސް ކުރަން ފެށިއެވެ. އިސާހިތަކު، ކަދުރު އޮށުން ހާނާ ތެލުގައި ހުރި ފައިދާތަކުގެ ބޮޑުކަން އޭނާއަށް އެނގުނެވެ.

11 އަހަރު ފަހެވެ. "އިނޯވާޕާމް"ގެ ނަމުގައި، ޚިނާއޫއީ، އޭނާގެ އަމިއްލަ ކުންފުންޏެއް އުފެއްދިއެވެ. އެ ކުންފުނީގެ މަސައްކަތަކީ ކަދުރު އޮށުން ތެޔޮ ހޭނުމެވެ.

މީގެ 4 ވަރަކަށް މަސްދުވަސް ކުރިން ހުޅުވި އިނޯވާޕާމްއިން ކަދުރު ތެޔޮ އުފައްދަނީ ކޯލްޑް ޕްރެސް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. 1 ލީޓަރުގެ ތެޔޮ ނެގުމަށް، ދެތިން ޓަނުގެ ކަދުރު އޮށުން ތެޔޮ ހާނަންޖެހެއެވެ.

ޚިނާއޫއީގެ މަޝްރޫއަކީ ތިމާވެއްޓާ ރައްޓެހި މަޝްރޫއެކެވެ. ޚިނާއޫއީގެ ކާރުޚާނާއިން އުފައްދާ ކަދުރު ތެލަކީ ޒީނަތްތެރިވުމަށް ބޭނުން ކުރާ ސާމާނުގެ އިތުރުން، ބޭސް އުފެއްދުމާއި ކާބޯތަކެތި ތައްޔާރު ކުރަންވެސް ބޭނުން ކުރެވިދާނެ ތެލެއް ކަމަށް އޭނާ ބުނެއެވެ.

ކާރުހާނާގެ އުފެއްދުންތެރިކަމާ މެދު ޚިނާއޫއީ ފަޚްރުވެރިއެވެ.

އިސްލާމް ދީނުގެ އަލީގައި، ނަފްސަށް ފަރުވާދޭނެ ގޮތްތައް ބަޔާންކޮށްދެއްވަމުން، މުސައްނިފު އާމިރު އަޔާދު، އޭނާގެ ފޮތް، "ހީލިންގް ބޮޑީ އެންޑް ސޯލް"ގައި ލިޔުއްވާފައި ވާ ގޮތުގައި، ކީރިތި ޤުރުއާނުގައި، ކާތަކެތީގެ މަސްދަރުތަކުގެ ތެރެއިން، އެންމެ ގިނަ އަދަދަކަށް ނަންގަނެވިފައިވަނީ ކަދުރުގެ ވާހަކައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2018

މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

25 މާރިޗު 2018
މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް
26 ޖެނުއަރީ 2018

ޖިންސީ ފުރައްސާރައާ ދެކޮޅަށް ގްރެމީ އެވޯޑްސްގައި މިފަހަރު ހުދުފިނިފެންމާ

26 ޖެނުއަރީ 2018
ޖިންސީ ފުރައްސާރައާ ދެކޮޅަށް ގްރެމީ އެވޯޑްސްގައި މިފަހަރު ހުދުފިނިފެންމާ
07 ޖެނުއަރީ 2018

ގޯލްޑަން ގްލޯބްސް އެވޯޑްސް 2018ގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ސުލްހަވެރި މުޒާހަރާއެއް!

07 ޖެނުއަރީ 2018
ގޯލްޑަން ގްލޯބްސް އެވޯޑްސް 2018ގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ސުލްހަވެރި މުޒާހަރާއެއް!
20 ސެޕްޓެމްބަރު 2017

"ހަސީނާ" ގެ ޓީމާ ދެކޮޅަށް ކޯޓަށް

20 ސެޕްޓެމްބަރު 2017
"ހަސީނާ" ގެ ޓީމާ ދެކޮޅަށް ކޯޓަށް
25 ޖުލައި 2017

އިންޑިއާގެ ދިދަ އެކޮޅުކޮޅަށް ބޭނުން ކުރެވުމުން އަކްޝޭ މާފަށް އެދެފި

25 ޖުލައި 2017
އިންޑިއާގެ ދިދަ އެކޮޅުކޮޅަށް ބޭނުން ކުރެވުމުން އަކްޝޭ މާފަށް އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު