Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޣައްޒާގެ ބަދުނަޞީބުކަން

އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް

އެ ވާހަކަތައް ކިޔައިދެނީ، ޑިޖިޓަލްވެފައި ވާ އަދުގެ ދުނިޔޭގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ސްޓޮޕް މޯޝަން އެނިމޭޝަން ފިލްމެއްގެ ގޮތުގަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2022 | ބުރާސްފަތި 07:26
އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް

އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް

ހުޅަނގުގެ ބާރުތަކުން ދިއްކުރި އައްޑަނައިގެ ނިވަލުގައި ތިބެގެން މުސްލިމުންގެ ބިންތައް ފޭރި، ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުންދާ ޔަހޫދީ އިޒްރޭލުގެ އަނިޔާވެރިކަން ތަހައްމަލު ކުރަމުން ދާ ފަލަސްޠީނުގެ ރައްޔިތުންގެ ވާހަކަތައް، އާ ގޮތަކަށް ދުނިޔެއަށް ތިލަ ކޮށްދިނުމުގެ ބުރަ މަސައްކަތް ކުރަމުން ދާ އެކަކީ އުލާ ބަރަކާތުއެވެ.

އުލާގެ މަސައްކަތަކީ، ފަލަސްޠީނުގެ ބިންތަކުގައި، އެ ބިމުގެ އަހުލުވެރިންނަށް ކުރިމަތިލާންޖެހޭ އިންސާފެއް ނެތް ތަފާތު ކުރުންތަކާއި، ތަހައްމަލު ކުރަން ޖެހޭ ވޭންދެނިވި އަނިޔާތަކުގެ ވާހަކަ، މުޅި ދުނިޔެއަށް ކިޔައިދިނުމެވެ. އޭނާ އެ ވާހަކަތައް ކިޔައިދެނީ، ޑިޖިޓަލްވެފައި ވާ އަދުގެ ދުނިޔޭގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ސްޓޮޕް މޯޝަން އެނިމޭޝަން ފިލްމެއްގެ ގޮތުގައެވެ. އެ މަޝްރޫއަށް ދީފައި ވާ ނަމަކީ، "ޕިކްޗަރ އެންޑް ސްޓޯރީ" ނުވަތަ "ތަސްވީރާއި ވާހަކަ"އެވެ.

"ތަސްވީރާއި ވާހަކަ" މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކާ އުލާ ދަނީ ފަލަސްޠީނުގެ ސަރަޙައްދީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ބައިނަލްއަޤުވާމީ ފިލްމު ފެސްޓިވަލުތަކުގައި އޭނާގެ މަސައްކަތްތައް ދައްކާވެސް ލައެވެ. އެފަދަ އެއް ފެސްޓިވަލަކީ ބޮލޯނިއާގައި ކުރިއަށް ގެންދާ އަހަރީ ފިލްމު ފެސްޓިވަލެއް ކަމަށް ވާ "ތެއްރާ ދި ތޫއްތީ"އެވެ.

"ތެއްރާ ދި ތޫއްތީ" ފިލްމް ފެސްޓިވަލުގައި އެޅުވި ފިލްމަށް ދީފައިވާ ނަމަކީ "ކަމް އެންޑް ގޯ"އެވެ. މި ފިލްމަކީ މިންތީގެ ދައުރާއި ޣައްޒާގައި ދެ ޖިންސުގެ ހަމަހަމަކަން އޮތް ހާލަތު ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ފެނިގެން ދަނީ ހުރިހާ ކޮޅަކުން ބައްދާލާފައި ވާ ޣައްޒާގައި ދިރިއުޅެމުންދާ އަންހެން ކުއްޖަކާއި އޭނާގެ ބޭބެއާ ދެމެދު ޖެހޭ މައްސަލަތަކެކެވެ.

ސްޓޮޕް މޯޝަން ކާޓޫން ފިލްމު އުފެއްދުމަކީ އިންތިހާ ކަވި، ބުރަ، އަދި އެ ކަމަކަށް އެތައް ވަގުތެއް ހުސް ކުރަން ޖެހޭ ކަމެކެވެ. ކެރެކްޓަރުތައް އުފެއްދުމާއި، މަންޒަރުތައް ނެގުމުގެ އިތުރުން، އެ މަންޒަރުތަކަށް އަޑު އެޅުމާއި ބެކް މިއުޒިކް އެޅުމާއި އެޑިޓް ކުރުން ފަދަ ފަންނީ މަސައްކަތްތަކަށް އެތައް ވަގުތެއް ހޭދަ ކުރަން ޖެހެއެވެ.

އުލާ ކިޔައިދިން ގޮތުގައި އޭނާގެ އެންމެ ފަހުގެ މަސައްކަތް މުޅިން ނިންމާލުމަށް މަހަކަށް ވުރެ ގިނަ ދުވަސް ނެގިއެވެ. އެންމެ ބޮޑު ހުރަހަކަށް ވީ، ޣައްޒާއަށް ކުރިމަތިލާން ޖެހިފައި ވާ އާންމު ދިރިއުޅުމުގެ ތަކުލީފުތަކާއި ގޮންޖެހުންތަކެވެ. ސިލްސިލާ ގޮތެއްގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ދާ ދިއުމަކީ މި ލިސްޓުގައި ހިމެނޭ އެއް ކަމެވެ.

އުލާގެ ސްޓޮޕް މޯޝާން ކާޓޫން ފިލްމުތައް އުފައްދާފައި ވަނީ، ބަލާ މީހުންނަށް މުހިންމު މެސެޖެއްވެސް ލިބޭ ފަދަ ގޮތަކަށެވެ.

އުލާގެ ޢުއްމީދަކީ، ވިހާވެސް ގިނަ ސްކްރީންތަކަކަށް އޭނާގެ ފިލްމުތައް ފުޅާވެގެން ދިއުމެވެ. އަދި ފަލަސްޠީނަށް ކުރިމަތިލާން ޖެހިފައި ވާ މައްސަލަތަކާ މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް އެހީވެދިނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބެންކޮކް އެއަރޕޯޓުގައި 2 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ތާށިވެފައި ތިބި އާއިލާ އެއްގެ ވާހަކަ ފެންމަތިވެއްޖެ!

ބެންކޮކް އެއަރޕޯޓުގައި 2 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ތާށިވެފައި ތިބި އާއިލާ އެއްގެ ވާހަކަ ފެންމަތިވެއްޖެ!

28 ޑިސެމްބަރު 2017
އެންޖެލީނާ ޖޯލީއަށް ވުމަށް ހެދި ސާޖަރީގެ ވާހަކައަކީ ފޭކެއް: ރިޕޯޓް

އެންޖެލީނާ ޖޯލީއަށް ވުމަށް ހެދި ސާޖަރީގެ ވާހަކައަކީ ފޭކެއް: ރިޕޯޓް

07 ޑިސެމްބަރު 2017
ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި

ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި

03 އޮކްޓޯބަރު 2017
އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި

އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި

03 އޯގަސްޓު 2017
"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

29 މެއި 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު