Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޣައްޒާގެ ބެޓެރި ފަރުބަދަ

ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!

ތަކުލީފު ބޮޑުވި ކަމުގައި ވީ ނަމަވެސް، މި ބެޓެރިތަކަކީ ޣައްޒާގައި ގޮނޑުހޮވާ މީހުންނަށް ހަޒާނާއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2022 | އާދީއްތަ 13:38
ޣައްޒާގައި ބެޓެރި ފުނިޖެހެމުންދާތާ 15 ވަރަކަށް އަހަރު ވެފައި ވާއިރު، އެތައް ހާސް ޓަނެއްގެ ބެޓެރި، އެ ސަރަޙައްދުގައި އެބަ ހުރި

ޣައްޒާގައި ބެޓެރި ފުނިޖެހެމުންދާތާ 15 ވަރަކަށް އަހަރު ވެފައި ވާއިރު، އެތައް ހާސް ޓަނެއްގެ ބެޓެރި، އެ ސަރަޙައްދުގައި އެބަ ހުރި

ސަމާލުކަން ހުއްޓުނީ އިޒްރޭލާއި ޣައްޒާ ހިއްސާ ކުރާ އިމުގައި ޖަހާފައިވާ ފެންސުތައް ކައިރީގައި ފުނިޖެހިފައިވާ ބާ ބެޓެރިތަކަށެވެ. އެ ބެޓެރި ފުންޏަކީ، ކޮންމެ ދުވަހަކުމެހެން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ޣައްޒާގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ބެޓެރި ފުންޏެކެވެ. އެފަދަ އެތައް ސަރަޙައްދެއް، ޣައްޒާގައި ހުރެއެވެ. އޭގެ ތެރެއިން ކޮންމެ ބެޓެރި ފުންޏެއްގައި، އެތައް ހާސް ބެޓެރި ބުރިއެއް ހިމެނެއެވެ. ތިމާވެއްޓާއި ސިއްހީ ނަޒަރަކުން ބަލާއިރު، އެތަނުން ނުރައްކަލުގެ ރަނގަބީލުގެ އަޑު ނޫން އަޑެއް ނީވޭ ފަދައެވެ.

ބާ ދަގަނޑު ފަދަ ސާމާނު އުކާލާ ސަރަޙައްދެއްގެ ބޭރުގައި ފުނި ޖަހާފައިވާ ބެޓެރިތައް މިހާރުވެސް އެ ދަނީ ހަލާކުވެ، ވީރާނާ ވަމުންނެވެ. އެ ބެޓެރިތަކަކީ މިހާރު ބޭނުން ނުކުރާ ސޯލަރ ޕްލާންޓްތަކާއި، ކުއްލި ހާލަތުގައި ކަރަންޓް ފޯރުކޮށްދޭ ސިސްޓަމްތަކުގައި ބޭނުން ކުރުމަށްފަހު އުކާލާފައިވާ ބެޓެރިތަކެކެވެ. ޣައްޒާއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ދާ ވަގުތު، ހަކަތަ ހޯދުމަށް ރައްޔިތުން ބަރޯސާވާ ނިޒާމްގެ ރަމްޒެކެވެ.

ހުރިހާ ކޮޅަކުން ފިތިފައި އޮންނަ ޣައްޒާގައި ބެޓެރި ފުނިޖެހެމުންދާތާ 15 ވަރަކަށް އަހަރު ވެފައި ވާއިރު، އެތައް ހާސް ޓަނެއްގެ ބެޓެރި، އެ ސަރަޙައްދުގައި އެބަ ހުއްޓެވެ. އެ ބެޓެރިތަކުން ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް، ތިމާވެއްޓާ ބެހޭ އޮފިޝަލުން ވަނީ، އާންމުން އެންމެ ބޮޑަށް ތޮއްޖެހިފައި ވާ ސަރަޙައްދުތަކުގައި ދުރުގައި، 5 ސްޓޯރޭޖު ޔުނިޓެއް އަޅާފައެވެ.

ކަން މިހެން އޮތް ނަމަވެސް، ބައެއް ކަހަލަ ވިހަ މާއްދާތައް ލީކުވުން، މުޅިއަކުން ނުހުއްޓުވެއެވެ. އިޒްރޭލާއި މިޞްރުން 2007 ވަނަ އަހަރުން ފަށައިގެން ބޯޑަރު ކޮންޓްރޯލް ކުރަމުންދާ ޣައްޒާގެ ކުޑަ ބިންކޮޅުގައި، 2.3 މިލިއަނެއްހާ ދިރިއުޅެމުންދާ އިރު، މި ބެޓެރިތަކުގެ ސަބަބުން، އެމީހުންނަށް އުފުލަންޖެހޭ ތަކުލީފުތަކުގެ ލިސްޓު ދިގުވެއެވެ.

ތަކުލީފު ބޮޑުވި ކަމުގައި ވީ ނަމަވެސް، މި ބެޓެރިތަކަކީ ޣައްޒާގައި ގޮނޑުހޮވާ މީހުންނަށް ހަޒާނާއެކެވެ. ހިމާރު ގާޑިއާތަކުގައި ކޮޅުކޮޅުމައްޗަށް ދުއްވައިގެން ބާ ބެޓެރި އެއްކޮށް، އެ ވިއްކައިގެން އާމްދަނީ ހޯދާ މީހުންގެ ޢަދަދު މަދެއް ނޫނެވެ.

ހަތިޔާރު އުފައްދަން ބޭނުން ކުރެވިދާނެ އެއްވެސް ޒާތެއްގެ ކެމިކަލް، ޣައްޒާއަށް އެތެރެ ކުރުމަށް އިޒްރޭލުން ވަނީ މަނާ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، ޣައްޒާގައި ރީސައިކަލް ފެސިލިޓީއެއް ހިންގޭ ގޮތް ވަނީ ނުވެފައެވެ. މި ހާލަތުގައި ބެޓެރި ވިއްކަނީ ބޭރަށް އެ ތަކެތި އެކްސްޕޯޓް ކުރަން ތައްޔާރު ކުރާ މީހުންނަށެވެ.

ޣައްޒާގައި އުކާލަން ހުރި ބެޓެރިތައް އެކްސްޕޯޓް ކުރުމަށް މިޞްރުން މި އަހަރު ބޯޑަރު ހުޅުވާލި ފަހުން އެކަނިވެސް 4000 ޓަނުގެ ބެޓެރި ވަނީ ބޭރު ކޮށްފައެވެ. ނަމަވެސް އަދިވެސް 10000 އެއްހާ ޓަނުގެ ބެޓެރި ޣައްޒާގައި އެބަހުއްޓެވެ. ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާއިރު، ބެޓެރި ކުނީގެ މައްސަލައަށްވެސް ހައްލެއް ނެތެވެ.

ޣައްޒާގައި ހުންނަ ހަމައެކަނި އިންޖީނު ގެއިން އުފައްދަނީ ދުވާލެއްގެ މައްޗަށް 60 މެގަވޮޓްގެ ހަކަތައެވެ. 120 މެގަވޮޓްގެ ހަކަތަ ގެންނަނީ އިޒްރޭލުންނެވެ. ނަމަވެސް ޣައްޒާއަށް ބޭނުންވާ ހަކަތައިގެ މިންވަރަކީ ދުވާލެއްގެ މައްޗަށް 500 މެގަވޮޓް ކަމަށް ވާ އިރު، ހަކަތައިގެ ސަޕްލައި އިންތިހާއަށް ދަށެވެ.

އެ އުނިކަން ފޫބައްދަނީ 165 ޑީސަލް ޖަނަރޭޓަރުންނެވެ. އެ ޖަނަރޭޓަރުތަކުން ފޯރުކޮށްދޭ އަގުބޮޑު ކަރަންޓުގެ ޚިދުމަތް ހޯދެނީ ތަނަވަސްކަން ހުރި މީހުންނަށެވެ. ކުދިކުދި، އަމިއްލަ ޖަނަރޭޓަރުތައް ގެންގުޅޭ މީހުންގެ ޢަދަދުވެސް ޣައްޒާގައި މަދެއް ނޫނެވެ. ވައިގެ ތަޣައްޔަރު ކަމުގެ މައްސަލައަށް އިތުރުވަމުން ދަނީ ބޮޅަކަށް ފަހު ބޮޅެކެވެ.

ހަކަތައިގެ މައްސަލައަށް ހައްލު ހޯދުމަށް 2006 ވަނަ އަހަރުން ފަށައިގެން ޣައްޒާގެ ރައްޔިތުން 2 ބިލިއަން ޑޮލަރު ޚަރަދު ކޮށްފައި ވާ ކަމަށް، ސަރަޙައްދީ ޕަވަރ ޑިސްޓްރިބިއުޝަން ކުންފުނީގެ މުޙައްމަދު ޘާބިތު ވިދާޅުވިއެވެ.

މިޞްރުގެ ގޭސް ފީލްޑްއެއްގެ ބޭނުން ހިފުމަށް ދާދި ފަހުން ވީ އެއްބަސްވުމާއެކު، ޣައްޒާއަށް އުއްމީދު އާވި ނަމަވެސް، ގިނަ މީހުންނަށް އަދި އޮތީ އެހެން ގޮތް ގޮތުން ހަކަތަ ހޯދުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ގަނެވިއްކޭ ފައިސާ ފޮއްޗެއް ޣައްޒާގެ ފަޤީރުންނަށް!

ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ގަނެވިއްކޭ ފައިސާ ފޮއްޗެއް ޣައްޒާގެ ފަޤީރުންނަށް!

10 ސެޕްޓެމްބަރު 2023
"ފައިމަގުގައި ޓައިވާން ވަށާ ހިނގަނީ އާއްމުން ހޭލައްވާ އިންޒާރުގެ މެސެޖު ދިނުމަށް"

"ފައިމަގުގައި ޓައިވާން ވަށާ ހިނގަނީ އާއްމުން ހޭލައްވާ އިންޒާރުގެ މެސެޖު ދިނުމަށް"

29 އޯގަސްޓު 2023
ހުޅަނގުގައި ޤުރުއާން އެންދުން: ޣައްޒާގެ ޒުވާނުން ޙިފްޡު ކުރުމުގެ ރޭހުގައި ކުރިއަށް!

ހުޅަނގުގައި ޤުރުއާން އެންދުން: ޣައްޒާގެ ޒުވާނުން ޙިފްޡު ކުރުމުގެ ރޭހުގައި ކުރިއަށް!

27 ޖުލައި 2023
ޣައްޒާގެ ފެހި ސްކޫލާއެކު ކިޔެވުމަށް އާ ޖޯޝެއް

ޣައްޒާގެ ފެހި ސްކޫލާއެކު ކިޔެވުމަށް އާ ޖޯޝެއް

25 އެޕްރީލު 2023
ކާބޯތަކެތި ބޭނުންކޮށްގެން އުފެއްދި ބެޓެރިއަކާއެކު ބޭސްފަރުވާއަށް ބޮޑު އިންގިލާބެއް!

ކާބޯތަކެތި ބޭނުންކޮށްގެން އުފެއްދި ބެޓެރިއަކާއެކު ބޭސްފަރުވާއަށް ބޮޑު އިންގިލާބެއް!

18 އެޕްރީލު 2023

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު