Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޣައްޒާގެ މަސްވެރިކަން

15 އަހަރަށްފަހު ޣައްޒާގެ މަސްވެރި ޢާއިލާތަކަށް އާ ދިރުމެއް

ހަމާސް ޖަމާޢަތުން 2007 ވަނަ އަހަރު ޣައްޒާގެ ކޮންޓްރޯލް ނެގި ފަހުން އިޒްރޭލާއި މިޞްރުން ދަނީ ހުރިހާ ގޮތަކުން ޣައްޒާއަށް ފިއްތުންތައް ކުރިމަތި ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 ޖެނުއަރީ 2023 | އާދީއްތަ 09:06
ޣައްޒާގައި މަރާމާތަށް ބޭނުންވެފައިވާ މަސްބޯޓުފަހަރުގެ ޢަދަދު 700 އަށް އަރާ

ޣައްޒާގައި މަރާމާތަށް ބޭނުންވެފައިވާ މަސްބޯޓުފަހަރުގެ ޢަދަދު 700 އަށް އަރާ

ޔަހޫދީ އިޒްރޭލުން، ފަލަސްޠީނަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެއް ގޮތުން ނުވިއްޔާ އަނެއް ގޮތަކުންވެސް ފަލަސްޠީނުގެ ވަސް، މި ދުނިޔެއިން ފޮހެލުމަށް އިޒްރޭލުން ކިތަންމެ މަސައްކަތެއް ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ހުރިހާ ދިމާއަކުން ފިއްތާލި ކަމުގައި ވީ ނަމަވެސް، ލިބޭ ކިތަންމެ ހަނި ފުރުޞަތެއްގެ ތެރެއިންވެސް ދެމިގަތުމުގެ ވަރުގަދަ ޢަޒުމު އޮވެއެވެ. އެ ހުރިހާ ކަމެއްހެން ގުޅިފައި އޮންނަނީ ހިތުގައި ބިންވަޅު ނެގިފައިވާ ވަރުގަދަ ޢަޒުމާއެވެ.

އިޒްރޭލުގެ މުށްބާރު ކުރުންތަކާއެކު ފަލާހް އަބޫ ރިޔާލާގެ ދިރިއުޅުން ހުއްޓިފައި އޮންނަތާވެސް 10 ވަރަކަށް އަހަރު ވެއްޖެއެވެ. އެއީ މަސްވެރިކަމުގެ މަސައްކަތުގައި އުޅުނު އަބޫ ރިޔާލާ ގެންގުޅުނު ބޯޓުގެ އިންޖީނު ފެއިލްވި ހިސާބުންނެވެ. "ނަހަމަ" ބޭނުމެއް ކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، ޣައްޒާއަށް ސްޕެއަރ ސަޕްލައި ކުރުމަށް އިޒްރޭލުން ހުރަސް އަޅައެވެ. ނަމަވެސް، އެއީ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމުގައި އަބޫ ރިޔާލާ ނުދެކެއެވެ. ނުގުޑާ ފަދަ ޢަޒުމުގައި ހުރި އަބޫ ރިޔާލާ، އޭނާގެ މަސައްކަތް ކާމިޔާބު ކުރިއެވެ. 10 އަހަރު ފަހުން، އައުޓްބޯޑް އިންޖީނު އަޅާ، މިއަދު އޭނާ ތައްޔާރުވެ ހުރީ މަސްކަނޑަށް ނުކުތުމަށެވެ.

ހަމާސް ޖަމާޢަތުން 2007 ވަނަ އަހަރު ޣައްޒާގެ ކޮންޓްރޯލް ނެގި ފަހުން އިޒްރޭލާއި މިޞްރުން ދަނީ ހުރިހާ ގޮތަކުން ޣައްޒާއަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ސަބަބެއް ކަމުގައި ބުނަނީ ސަލާމަތީ ގޮތުން ކަންބޮޑުވުންތަކެއް ހުރުމެވެ. ނަތީޖާގެ ހިތްދަތި ވޭން އުފުލަން ޖެހިފައި އޮތީ ޣައްޒާގެ އާންމުންނަށެވެ. ދުނިޔޭގެ އެންމެ ބޮޑު، އަނގަމަތި-ހާ ޖަލުގެ ގޮތުގައި އޮތް ޣައްޒާގައި ތޮއްޖެހިފައި ވާ އާބާދުގެ ދިރިއުޅުމުގެ ހާލަތު، އިންތިހާ ފަޤީރު ކަމުގެ ތެރެއަށް ވެއްޓުނެވެ. ޣައްޒާގެ އާބާދީގެ 3 ބައިކުޅަ 2 ބައި މީހުންނަކީ ބޭރުގެ އެހީއަށް ބަރޯސާވެގެން ނޫނީ ދިރި ނުއުޅެވޭ ބަޔަކަށް ވިއެވެ.

ޣައްޒާއާ ދެކޮޅަށް ތަންފީޒު ކުރަމުން ދާ ފިޔަވަޅުތައް މުރާޖާ ކުރަމުންދާތާ މަސްތަކެއްވެއްޖެއެވެ. ފިޔަވަޅުތަކަށް ލުޔެއް ދީފިނަމަ، އިޤްތިޞާދު ހެޔޮ ފާލަކަށް އެޅި، ޣައްޒާގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ލުއި ލިބިދޭނެ ކަމުގެ ޢުއްމީދު އޮވެއެވެ.

ޣައްޒާގައި ހަލާކުވެފައިވާ މަސްދޯނިތަކުގެ ތެރެއިން 10 ދޯންޏެއްގެ މަރާމާތަށް ފައިބަރގްލާސް އެތެރެ ކުރުމަށް އިޒްރޭލުން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި 12 އައުޓްބޯޑް އިންޖީނު އެތެރެ ކުރުމަށްވެސް ހުއްދަ ދޫކޮށްފައި ވާ ކަމަށް އދއިން ވަނީ ބުނެފައެވެ.

މި ހުރިހާ ތަކެއްޗަށްވެސް ޚަރަދު ކުރަނީ މަސްވެރިންގެ އަމިއްލަ ޖީބުންނެވެ. ނަމަވެސް، އިޒްރޭލުން އިމްޕޯޓަށް ހުރަސް އަޅަމުން ދިޔައީ، ހަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް، އެތަކެތިން ދެވަނަ ބޭނުމެއް ހިފާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ، ބަހަނާއެއް ދައްކައިގެންނެވެ.

ހަލާކުވެފައިވާ އޮޑިދޯނިފަހަރު މަރާމާރު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ގޮނޑުދޮށުގައި އަޅާފައިވާ ވޯކްޝޮޕެއްގައެވެ. އދގެ ބެލުމުގެ ދަށުންނެވެ. އެ ސަރަޙައްދަކީ "ބޯޓުފަހަރުގެ ޤަބުރުސްތާނު"ގެ ގޮތުގައި ނަންދެވިފައި ވާ ސަރަޙައްދެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ބާދަގަނޑަށްވެ، ދަބަރަށް ވެފައިވާ ބޯޓުފަހަރުން މުޅި ސަރަޙައްދު ވަނީ ފުރިފައެވެ.

އދގެ ފަރާތުން ޣައްޒާގައި ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަނާލް އަލް-ނަޖާރު ވިދާޅުވީ، ޣައްޒާގައި މަރާމާތަށް ބޭނުންވެފައިވާ މަސްބޯޓުފަހަރުގެ ޢަދަދު 700 އަށް އަރާ ކަމަށެވެ.

އިޒްރޭލުގެ ކޯޑިނޭޝަން ޔުނިޓް، ކޯގާޓުން ވަނީ 15 އަހަރު ދުވަހުގެ ކޮންޓްރޯލަށް ފަހު، އިޕޮކްސީ ތެރަހާއި ޕޮލީއެސްޓަރ އަދި ފައިބަރގްލާސްއާއި އިންޖީނު ފަދަ، ނާޖާއިޒު ދެވަނަ ބޭނުމެއް ހިފިދާނެ ކަހަލަ ސާމާނު އެތެރެ ކުރުމަށް ހުއްދަ ދީފައި ވާ ކަން ކަށަވަރު ކޮށްދީފައެވެ.

ޣައްޒާއަށް މިހާރު ލިބިފައި ހުރި ސްޕަލައިން މަރާމާތު ކުރެވޭނީ 35 ވަރަކަށް މަސްދޯންޏެވެ. ބޯޓުފަހަރު މަރާމާތުކޮށްގެން ކަނޑަށް ނެރުނު ކަމުގައި ވީ ނަމަވެސް، ދެން ހުރި ފިއްތުންތަކާއެކު، މަސްބާނަން ހަރަކާތްތެރިވެވެން އޮތީ އިންތިހާ ކުޑަ ސަރަޙައްދެއްގައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2023

ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!

21 ފެބުރުއަރީ 2023
ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!
29 ޑިސެމްބަރު 2022

އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް

29 ޑިސެމްބަރު 2022
އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް
30 އޮކްޓޯބަރު 2022

ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!

30 އޮކްޓޯބަރު 2022
ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!
23 އޮކްޓޯބަރު 2022

ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!

23 އޮކްޓޯބަރު 2022
ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!
29 ސެޕްޓެމްބަރު 2022

އަލްޒައިމާގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ޢާއިލާތަކަށް ޢުއްމީދީ މެސެޖެއް!

29 ސެޕްޓެމްބަރު 2022
އަލްޒައިމާގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ޢާއިލާތަކަށް ޢުއްމީދީ މެސެޖެއް!
21 ސެޕްޓެމްބަރު 2022

ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް

21 ސެޕްޓެމްބަރު 2022
ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް
12 ސެޕްޓެމްބަރު 2020

2 އަހަރަށްފަހު ޝާހްރުކް ހާންގެ ފުރަތަމަ ފެނިލުމަކަށް ޕަޓާން!

12 ސެޕްޓެމްބަރު 2020
2 އަހަރަށްފަހު ޝާހްރުކް ހާންގެ ފުރަތަމަ ފެނިލުމަކަށް ޕަޓާން!
19 ޖުލައި 2019

12 އަހަރަށްފަހު ޝިލްޕާ އެނބުރި ބޮލީވުޑަށް

19 ޖުލައި 2019
12 އަހަރަށްފަހު ޝިލްޕާ އެނބުރި ބޮލީވުޑަށް
23 ފެބުރުއަރީ 2019

ނަވާރަ އަހަރަށްފަހު ބަންސާލީއާ އެކު ސަލްމާން ފިލްމެއް ހަދަނީ

23 ފެބުރުއަރީ 2019
ނަވާރަ އަހަރަށްފަހު ބަންސާލީއާ އެކު ސަލްމާން ފިލްމެއް ހަދަނީ
09 އޯގަސްޓު 2018

18 އަހަރަށްފަހު ސަލްމާނާއި ރަވީނާ އެކުގައި ފެންނަނީ!

09 އޯގަސްޓު 2018
18 އަހަރަށްފަހު ސަލްމާނާއި ރަވީނާ އެކުގައި ފެންނަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު