Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކީރިތި ޤުރުއާންގެ މުޞްޙަފުތައް

ކީރިތި ޤުރުއާންގެ މުޞްޙަފުތައް އާ ކުރުމަށް ޔަމަނުގައި ކުރާ ބުރަ މަސައްކަތް، ބަލާލަން ހިތްގައިމު

ޑިމާންޑާ އެއްވަރަށް މުޞްޙަފު ތައްޔާރުކޮށްދިނުމުގެ ޢަޒުމުގައި އަތުކުރި އޮޅާލައިގެން ތިބި އެއް ބަޔަކީ، ޔަމަނުގައި، އެންމެ އިހުގެ ގޮތަށް ފޮތް ހަދާ މީހުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 28 މާރިޗު 2023 | އަންގާރަ 07:22
ހަލާކުވެފައިވާ މުޞްޙަފުތައް އާ ކުރުމަށްޓަކައި އިބްރާހީމް އަލް-ޒައީދީ ކުރީ 115 ކިލޯމީޓަރުގެ ދިގު ދަތުރެއް

ހަލާކުވެފައިވާ މުޞްޙަފުތައް އާ ކުރުމަށްޓަކައި އިބްރާހީމް އަލް-ޒައީދީ ކުރީ 115 ކިލޯމީޓަރުގެ ދިގު ދަތުރެއް

އެ މަހެއްގައި ޤުރުޢާން ބާއްވާލެވުނު، ބަރަކާތްތެރި ރަމަޟާން މަހަކީ، އެ މަސައްރެއްގައި ވީހާވެސް ގިނައެއްކޮށް ޤުރުއާން ކިޔެވޭތޯ، އެތައް ބަޔަކު ގަދަ އަޅާ މަސައްކަތްކުރާ މައްސަރެކެވެ. ކީރިތި ޤުރުއާންގެ މުޞްޙަފުތަކަށް އޮންނަ ޑިމާންޑްވެސް، ރަމަޟާން މަހާ ދިމާކޮށް އިތުރުވެގެންދެއެވެ.

ޑިމާންޑާ އެއްވަރަށް މުޞްޙަފު ތައްޔާރުކޮށްދިނުމުގެ ޢަޒުމުގައި އަތުކުރި އޮޅާލައިގެން ތިބި އެއް ބަޔަކީ، ޔަމަނުގައި، އެންމެ އިހުގެ ގޮތަށް ފޮތް ހަދާ މީހުންނެވެ. ދުވާލާ ރޭގަނޑު، އެމީހުންގެ މަސައްކަތަށް ވެފައި އޮންނަނީ، އެކި ގޮތް ގޮތުން ހަލާކުވެފައިވާ، ކީރިތި ޤުރުއާންގެ މުޞްޙަފުތައް އާ ކުރުމެވެ.

ހަލާކުވެފައިވާ މުޞްޙަފުތައް އާ ކުރުމަކީ ކަވި މަސައްކަތެކެވެ. އެ މަސައްކަތް ކުރިއަށް ދާ ގޮތް، މީޑިއާއާ ހިއްސާކުރި އެކަކީ ހާޝިމް އަލް-ސިރާޖީއެވެ. ހަލާކުވެފައިވާ މުޞްޙަފުތައް އާ ކުރަނީ، ވަކި ކަހަލަ ކަރުދާހަކާއި ފޮއްޗެއް ބޭނުންކޮށް، ތެރަސްލާ، އެ ތަތްކޮށްގެންނެވެ. އެއަށްފަހު މުޞްޙަފުގެ ބަނޑޭރިގަނޑާއި، ކިއަމުންދާ ހިސާބު ދެނެގަތުމަށް ބޭނުންކުރާ ފާހަގަތައް ލައްވާ، ފޮތް އާ ކޮށް ނިންމާލައެވެ. މަސައްކަތް މުޅިން ނިމިގެން ދަނީ، 24 ގަޑިއިރު ވަންދެން މުޞްޙަފު އަވީލެވުނީމައެވެ.

ހަލާކުވެފައިވާ މުޞްޙަފުތައް އާ ކުރުމަށްޓަކައި އިބްރާހީމް އަލް-ޒައީދީ ކުރީ 115 ކިލޯމީޓަރުގެ ދިގު ދަތުރެކެވެ. އޭނާ ގެންނަ މުޞްޙަފުތަކަކީ، އެ ކި މިސްކިތްތަކުން އެއްކުރާ މުޞްޙަފުތަކެވެ. އެ މުޞްޙަފުތައް އާ ކުރުމަށް ހިނގާ ޚަރަދުތައް ކުރަނީ އަމިއްލަ ޖީބުންނެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައި އޮތެއް ކަމަކު، ރަމަޟާން މަހާ ދިމާކޮށް ޔަމަނުންވެސް އިސްލާމީ ޝިޢާރު ފެނިގެންދެއެވެ. ނަމާދުކޮށް ޤުރުއާން ކިއެވުމުގެ އަޅުކަން އަދާ ކުރުމުގައި މިސްކިތްތަކުގައި އެތައް ބަޔަކު، ވަގުތުތައް ހޭދަ ކުރާ މަންޒަރަކީ، ބަލާލަން ހިތްގައިމު މަންޒަރެކެވެ.

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2024

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

17 ފެބުރުއަރީ 2024
މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
14 ފެބުރުއަރީ 2024

އަގު ނުކުރެވޭ ޚަޒާނާއެއް ރައްކާކުރަން އަސްމާ ވަމުންދާ ޤުރުބާނީ: އެތައް ބަޔަކަށް ޢިބުރަތްތެރި ފިލާވަޅެއް!

14 ފެބުރުއަރީ 2024
އަގު ނުކުރެވޭ ޚަޒާނާއެއް ރައްކާކުރަން އަސްމާ ވަމުންދާ ޤުރުބާނީ: އެތައް ބަޔަކަށް ޢިބުރަތްތެރި ފިލާވަޅެއް!
03 އޮކްޓޯބަރު 2023

އަފްޣާން އަންހެނުންނަށް މިނިވަން ދިރިއުޅުމެއް ހޯދައި ދިނުމަށް މަހްރާ ކުރަމުންދާ ބުރަ މަސައްކަތަށް ސެލިއުޓް!

03 އޮކްޓޯބަރު 2023
އަފްޣާން އަންހެނުންނަށް މިނިވަން ދިރިއުޅުމެއް ހޯދައި ދިނުމަށް މަހްރާ ކުރަމުންދާ ބުރަ މަސައްކަތަށް ސެލިއުޓް!
31 ޖެނުއަރީ 2023

އަލްޖަޒާއިރުގެ ސަހަރާތަކުން ޚިނާއޫއީ ވިޔަފާރި ކޮޅަށް ޖެހީ ކީރިތި ޤުރުއާންގެ އަލީގައި!

31 ޖެނުއަރީ 2023
އަލްޖަޒާއިރުގެ ސަހަރާތަކުން ޚިނާއޫއީ ވިޔަފާރި ކޮޅަށް ޖެހީ ކީރިތި ޤުރުއާންގެ އަލީގައި!
22 ޖެނުއަރީ 2019

ކައިލީ މި އަނބުރަނީ ކޮން ގޭސް ގަނޑެއްބާ!

22 ޖެނުއަރީ 2019
ކައިލީ މި އަނބުރަނީ ކޮން ގޭސް ގަނޑެއްބާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު