Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންނަށް ދޭ ޚިދުމަތްތައް

ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަންޖެހޭ: މިނިސްޓަރު ފައްޔާޒު

10 ޖުލައި 2023 | ހޯމަ 09:29

އަމަލުކުރަމުންދަނީ މުއައްޒަފުންނަށް ފަސޭހަވާ ގޮތަށް ނަމަވެސް މި ވިސްނުން ބަދަލުކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖުލައި 2023 | ހޯމަ 09:29
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް

ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ވަންގަވް ލޯންޗުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިހާރު ސަރުކާރުގެ އިދާރާތަކުން އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލައި، އަމަލުކުރަމުންދަނީ މުއައްޒަފުންނަށް ފަސޭހަވާ ގޮތަށް ކަމަށެވެ. ނަމަވެސް މި ވިސްނުން ބަދަލުކުރަންޖެހޭ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޚިދުމަތް ހޯދުމުގައި ރައްޔިތުން ރިސްކް ނަގަން ނުޖެހޭ ގޮތަށް މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. މި ވިސްނުން ވަރަށް ބޮޑަށް ސަރުކާރުގެ ތެރެއަށް ގެންނަން ޖެހޭކަން މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ޚިދުމަތްތައް އަވަސްކޮށް ރަނގަޅުކުރަންޖެހޭ ވާހަކައަކީ ޒަމާނުއްސުރެ ރައްޔިތުން ދައްކަމުން އައި ވާހަކައެއް ކަމަށެވެ. އަދި މިސަރުކާރު އައުމުގެ ކުރިން ވެސް ސަރުކާރުގެ ޚިދުމަތްތައް ލަސްކަމުގެ ވާހަކަ ދައްކަމުންދިޔަ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ ޚިދުމަތްތައް ތަރައްގީވެ ކުރިއަރައިގެން ނުދިޔަ ނަމަވެސް ރާއްޖޭގެ ރައްޔިތުންނާއި، ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޚިދުމަތްތައް އަވަސްކުރުމުގެ ގޮތުން މުއައްޒަފުން އިތުރު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ސިވިލް ސަރވިސްގެ އުސޫލުތަކާއި، ގަވާއިދުތައް އޮންނަ ގޮތުން ވަރަށް ދުވަސް ނަގާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދަޅުވީ މާލިއްޔަތު ގާނޫނާއި، ސިވިލް ސަރވިސް ގާނޫނާއި މިހުރިހާ ކަމެއްގެ ސަބަބުން ރައްޔިތުން ބޭނުންވާ ސްޕީޑްގައި ރައްޔިތުން ބޭނުންވާ ވަގުތުގައި އެ ޚިދުމަތް ދެވޭނެ ގާނޫނީ ގޮތެއް ސަރުކާރަކަށް ނޯންނަ ކަމަށެވެ. އެހެންކަމުން މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރު ޑިޖިޓަލައިޒް ކުރުމުގެ ތެރެއިން މަސައްކަތްތައް ފެށި ކަަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ޓްރޭޑް ނެޓް ކޯޕަރޭޝަން މެދުވެރިކޮށް ކުރިއަށްގެންދާ "ވަންގަވް" ޚިދުމަތަކީ އެއް ވިއުގައެއްގެ ދަށުން ސަރުކާރުގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޚިދުމަތް ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށާއި، މިއީރާއްޖޭގެ ކުރިއަށް އޮތް ޖީލަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް