Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިގްތިސާދު

ރާއްޖެ ނުދަރާ، ކުރިއަށްވުރެ މާ ވަރުގަދަ އިގްތިސާދަކަށް މިހާރު މިއޮތީ ބަދަލުވެފައި: ފައްޔާޒު

ރާއްޖެ ދަރާފައިވާކަމަށް ބުނާ އިރު އެކަން ވިޔަ ނުދިނުމަށް އޮތް ސިޔާސަތުތަކެއް އިދިކޮޅު ފަރާތްތަކަށް ނުދެއްކޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އޯގަސްޓު 2023 | ހުކުރު 06:46
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް

ސަރުކާރާ ދެކޮޅު ފަރާތްތަކުން އަބަދު ދައްކާ ވާހަކައަކީ ރާއްޖެ ދަރަނިވެރިވެފައި އޮތް ވާހަކައާއި ބަނގުރޫޓުވެފައިވާ ވާހަކަ ކަމަށާއި ނަމަވެސް އަދިވެސް ރާއްޖެ ދަރާފައި ނުވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

"ޒަމާނަކުން އައި ޒަމާނެކޭ" ކެމްޕޭން ހަރަކާތުގައި ފައްޔާޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ކޮންމެ މަހަކުވެސް ރާއްޖެ ދަރާފައިވާ ކަމަށާއި ޤައުމު ބަނގުރޫޓުވާ ވާހަކަދައްކާ ކަމަށެވެ. އަދި މިހާރު 2026 ވަނަ އަހަރު ވެސް ރާއްޖެ ދަރަނިވެރިވާނެ ކަމުގެ ވާހަކަތައް ދައްކާ ކަމަށާއި ނަމަވެސް ދުނިޔޭގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރުވި ކޮވިޑުގެ ހާލަތުގައި ރާއްޖެ ދަރާފައިނުވާއިރު ކުރިއަށްވުރެ މާ ވަރުގަދަ އިގްތިސާދެއް މިއަދު ރާއްޖޭގައި އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖެ ދަރާފައިވާކަމަށް ބުނާ އިރު އެކަން ވިޔަ ނުދިނުމަށް އޮތް ސިޔާސަތުތަކެއް އިދިކޮޅު ފަރާތްތަކަށް ނުދެއްކޭކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ނުދަރައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުއަށް ޤައުމު ކުރިއަށްގެންދެވޭނެ ކަމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި މައިގަނޑު ފަސް ސިޔާސަތެއް ހުރިކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެ މެނިފެސްޓޯގައި ހިމެނޭ ސިޔަސާތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ދާއިރާކއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން، މި ސިޔާސަތުތައް އެކުލަވާލާފައިވަނީ ދިރާސާތަކާއި މަޝްވަރާގެމަތިން ކަމަށާއި ފާއިތުވި ފަސް އަހަރުގެ ތަޖުރިބާއަށް ވެސް ބަލާފައިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މި ފަސް އަހަރު ސަރުކާރަށް ޖެހުނީ ކުރީ ސަރުކާރުތަކުން "ހޭވި ހަޑި" ސާފުކުރާށެވެ. އެގޮތުން ޤައުމު 21 ވަނަ ގަރުނާ ހަމަކުރުމަށް މިހާތަނަށް ގިނަ މަަސައްކަތްތައް ކުރެވިއްޖެ ކަމަށާއި ދެންވެސް ޤައުމު ކުރިއަށްގެންދެވޭނީ ރައީސް ޞާލިހާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި ޤައުމު ހިންގުމާ، އެމްޑީޕީ ނޫން އެހެން ބަޔަކު ހަވާލުވެއްޖެނަމަ ޤައުމު އޮޔާދާނެ ކަމަށެވެ. އެހެންކަމުން މާޒީންނާއި މި ވެރިކަމުން މިސާލު ނަގައިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަނގަޅު ނިންމުމެއް ނިންމުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު