Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހި

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް އާއި އެކު ޚިދުމަތްދޭ ފަރާތްތަކުން އިންޓަރނެޓް ގަންނަ އަގު 50 އިންސައްތަ ކުޑަކުރެވިގެންދާނެ - ފައްޔާޒް

މިއީ ރާއްޖެ އަށް ގެނައި އިންގިލާބީ ބަދަލެއް ކަަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2023 | ހުކުރު 13:52
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލުން

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލުން

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލުމުން، އިންޓަރނެޓް ގަންނަ އަގު 50 އިންސައްތަ ކުޑަކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް އެފަދައިން ވިދާޅުވީ އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅައިލުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިއީ ރާއްޖެ އަށް ގެނައި އިންގިލާބީ ބަދަލެއް ކަަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އިގްތިޞާދީ، ސިއްހީ އަދި ތައުލީމީ ކަންކަން ވެސް ކުރިއަށް އޮތްތަނުގައި ގުޅޭނީ ޑިޗިޓަލް ދުނިޔެ އާއި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އަމާޒަކީ އިންޓަރނެޓްގެ ޚިދުމަތް ދޭ ފަރާތްތަކަށް ރާއްޖެއިން ބޭރުން އިންޓަރނެޓް ގަންނަ ގަތުން ހުއްޓުމަކަށް ގެނެސް އާއްމުންނަށް ލިބޭ ޚިދުމަތުގެ އަގު ދަށްކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންޓަރނެޓްގެ ޚިދުމަތް އިތުރަށް ކުރިއަރުވަން ޖެހޭ ކަމަށާއި އެ މަސައްކަތް މިއަދު ނުކޮށްފި ނަމަ ވަރަށް ފަހަތަށް ސޮއްސާލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ މަސައްކަތް ނުކޮށްފި ނަމަ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އެއް ސަފެއްގައި ފައިހަަމަކޮށް ނުލެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އިންޓަރނޭޝަނަލް ކޭބަލް އަކާއި ރާއްޖެ އާއި ރަސްމީކޮށް ގުޅާލާ ފުރަތަމަ ފަހަރުކަން ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

އިންޓަރނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން ވީ ވައުދު ވަރަށް ބޮޑުތަނުން ފުއްދާފައިވާ ކަަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެ އިންފްރާސްޓްރަކްޗަރގެ މިނިވަންކަން ސަރުކާރަށް އޮންނަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންޓަރނެޓަކީ ނުވަތަ ޑިޖިޓަލްކޮށް ގުޅާލުމަކީ ރާއްޖޭގެ ސަލާމަތީ ކަންކަމާއި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންޓަރނެޓްގެ ޚިދުމަތުގެ ކޮލިޓީ އާއި އަގު ކުރިއަށް އޮތްތަނުގައި ބޮޑުތަނުން ދަށް ކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ސަރުކާރުންވަނީ ރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހެޔޮ އަގެއްގައި އާންމުންނަށް ފޯރު ކޮށްދިނުމަށްތަކައި "ނެޓުހެޔޮ" ސިޔާސަތު ތަންފީޒުކޮށްފައެވެ. މިފަދަ ހުރިހާ ކަމަކުންވެސް ދިވެހި ރައްޔިތުން އާންމު ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ ޚާރަދާއި އުފުލަންޖެހޭ ބުރައަށް ލުޔެއް ލިބިގެންދެއެވެ. ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ހުރިހާ ދާއިރާއަކުންވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްއައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅާލުން

ކޮމެންޓް

އިތުރަށް ކިޔާލަން

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

18 ނޮވެމްބަރު 2024
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލައިފި

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލައިފި

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: މިނިސްޓަރު ފައްޔާޒު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: މިނިސްޓަރު ފައްޔާޒު

11 އޯގަސްޓު 2023
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޅިން އައު އައްޑޫއެއް ބިނާކުރުމަށް: މިނިސްޓަރު ފައްޔާޒު

މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޅިން އައު އައްޑޫއެއް ބިނާކުރުމަށް: މިނިސްޓަރު ފައްޔާޒު

04 ޖޫން 2023

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު