Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް

ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް: ވޭންދެނިވި ތިން އޮޕަރޭޝަން، ނޫރު އަދިވެސް އޮތީ އައިސީޔޫގައި!

2 ޖުލައި 2023 | އާދީއްތަ 13:02

ގައިގެ އެކި ތަންތަނަށް ހުރީ ބިއްލޫރި ހެރިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ޖުލައި 2023 | އާދީއްތަ 13:02
ނޫރު އާއި އޭނާގެ ބައްޕަ

ނޫރު އާއި އޭނާގެ ބައްޕަ

ޖޫން މަހުގެ 15 ވަނަ ދުވަހު އާދައިގެ މަތިން މުހައްމަދު ނަދީމް ތައްޔާރުވީ އޮފީހަށް ދިޔުމަށެވެ. ގޭގެ ތިރީގައި މަޑުކޮށްލައިގެން ހުއްޓާ އައީ ފޯން ކޯލެކެވެ. ގުޅީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. ދަރިފުޅު އެކްސިޑެންޓް ވެގެން އުޅޭ ކަމަށް ބުންޏެވެ. އަދި ވަރަށް އަވަހަށް ހޮސްޕިޓަލަށް އައުމަށް އެދުނެވެ. އޭރު ވެސް ދަރިފުޅު ކުރިމަތިލާން ޖެހުނީ ކިހާވަރެއްގެ ނުރައްކާތެރި އެކްސިޑެންޓަކާ ކަމެއް ނަދީމަކަށް އިހުސާސެއް ނުކުރެވެއެވެ.

ނަދީމް ހޮސްޕިޓަލަށް ދިޔައިރު އޭނާގެ 19 އަހަރުގެ ދަރިފުޅު އަހްމަދު ނޫރު ނަދީމް އޮތީ ލެއިން ތަތްތެޅިފައެވެ. ދަރިފުޅުގެ ހެޔެއް ނެތެވެ. ގައިގެ އެކި ތަންތަނަށް ހުރީ ބިއްލޫރި ހެރިފައެވެ. އަތާ ފަޔާ އަރިކައްޓާއި މޫނަށް ވެސް ބިއްލޫރި އެތިކޮޅުތައް ހެރިފައި ހުއްޓެވެ.

ނުރޫގެ ފައިގެ ފަލަމަސްގަނޑުގެ ކަށިގަނޑު ބިންދައިގެންގޮސް އޮތީ ބޭރަށް ނިކުމެފައެވެ. ދަތް ދޮޅީގެ ދެފަރާތުން ބިންދައިގެން ގޮސް ދަތްދޮޅި ވެސް އޮތީ އެލިފައެވެ. ލޮލަށް ވެސް ހުރީ ލޭ އަރާފައެވެ. ފުއްޕާމޭ ޖެހުނު ގޮތަކުން ފިތި، ފުއްޕާމެއަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. ކަނދުރާގެ ޑިސްކްގައި ހުރީ ރެނދެއްލާފައެވެ. މިއީ ހައްތަހާވެސް އެކްސިޑެންޓުގައި ދަރިފުޅަށް ލިބުނު އަނިޔާތަކެވެ. ޑޮކްޓަރުން ހިއްސާކުރި މައުލޫމާތެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގުލްހަޒާރުމާ ހިންގުމާއި ދުނބުރިގަސް މަގު ގުޅުނު ކަންމަތިން މި އެކްސިޑެންޓް ހިނގީ އެމްޓީސީސީގެ ބަހަކާ ސައިލެއް ޖެހި ޖޫން 15 ވަނަ ދުވަހުގެ ހެނދުނު 8:51 އެހާއިރުއެވެ. ސައިކަލު ދުއްވަން އިނީ ނޫރެވެ. އޭނާ ގެއިން ދިޔައީ ސައިކަލުގެ ލޯގަނޑު ދޫވެފައި ހުރުމުން އެ ރަނގަޅުކުރުމަށެވެ. އެހެންނަމަވެސް އެ ދަތުރުވެގެންދިޔައީ ނޫރަށް ވޭންދެނިވި ދަތުރަކަށެވެ. ހުޅުމާލެ ހޮސްޕިޓަލުން ނޫރަށް އިމަރޖެންސީގައި ފަރުވާދިނުމަށްފަހު އައިޖީއެމްއެޗަށް ބަދަލުކުރިއެވެ. އޭރުވެސް ލިބުނު އަނިޔާތަކުގެ ސަބަބުން ނޫރު ހެޔެއް ނާރައެވެ. އައިޖީއެމްޗެއްގައި އޮތްތާ އެއްދުވަސް ފަހުން ނޫރު ހޭއެރިއެވެ. އެހެންނަމަވެސް ހާލު ރަނގަޅެއް ނޫނެވެ. އޮތީ ވެންޓިލޭޓަރުގައެވެ. ނޫރު ވެންޓިލޭޓަރަށް ލާން ޖެހުނީ ފުއްޕާމެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ.

ގަޔަށް ހެރިފައި ހުރި ބިއްލޫރި ކޮޅުތައް ނަގަން 6 ގަޑީއިރުގެ އޮޕަރޭޝަނެއް ކުރަންޖެހުނު ކަމަށް ނޫރުގެ ބައްޕަ ނަދީމް ބުންޏެވެ. އަދި ނޫރު ކުޑަކޮށް ސްޓޭބަލްވުމުން ޑޮކްޓަރުން ކޯ ކަށިގަނޑުގެ އޮޕަރޭޝަން ކުރިއެވެ. އެއީ ފަސް ގަޑީއިރުގެ އޮޕަރޭޝަނެކެވެ. އޭގެ ދެ ދުވަސްފަހުން ފައިގެ ފަލަ މަސްގަނޑުގެ އޮޕަރޭޝަން ކުރިއެވެ. އައިޖީއެމްއެޗުން އޮޕަރޭޝަންކޮށް ނިމުނުތަނާ ދެ ދުވަސް ފަހުން ނޫރު ވަރަށް ގަދައަށް ހުން އަންނަން ފެށިއެވެ. ހާލު ރަނގަޅެއް ނުވިއެވެ. ހުން ތިރި ނުވެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރިއެވެ.

ޓްރީޓޮޕްގައި ވެސް ނޫރު ބޭއްވީ ވެންޓިލޭޓަރުގައެވެ. ވެންޓިލޭޓަރުން ނެގިތާ މިހާރު ހަތަރު ދުވަސްވީއިރު ދަރިފުޅު އޮތީ އަދިވެސް އައިސީޔޫގައެވެ. ވެންޓިލޭޓަރުން ނެގިފަހުން ނޫރަށް ކުޑަކޮށް ވާހަކަ ދެއްކެވެއެވެ. އެހެންނަމަވެސް އަނގަ އޮޕަރޭޝަން ކޮށްފައި ހުރުމުން ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް އިހުސާސް ކުރެވެއެވެ. ދެހަފްތާ ފަހުން ނޫރަށް ބުނެވުނީ މައިންބަފައިން ކައިރީގައި އެންމެ ވާހަކައެކެވެ. އެއީ އިންތިހާއަށް ތަދު އިހުސާސް ކުރެވޭ ވާހަކައެވެ.

ނޫރަކީ އެ އާއިލާގައި ހުރި ހަމައެކަނި ބޮޑު ފިރިހެން ދަރިފުޅެވެ. ނޫރުގެ ދެން ތިބެނީ ދެ ކޮއްކޮއެވެ. އެއީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ 9 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. މިޒާޖުގެ ގޮތުން ނޫރަކީ އެންމެނާއި ވެސް ގުޅޭ އަހްލާޤް ރަނގަޅު ކުއްޖެކެވެ. ގްރޫޕު ހަދައިގެން މީހުންނާއެކު ބޭރުގައި އުޅޭ ކުއްޖެއް ނޫންކަމަށް ނަދީމް ބުންޏެވެ. އާއިލާއެކު ވަގުތު ހޭދަކުރާ މައިންބަފައިންނާއި ކަންތައްތައް ހިއްސާ ކުރާ ކުއްޖެއް ކަމަށް ވެސް ބުންޏެވެ.

ރާއްޖެއިން ނޫރަށް ދެވެން ހުރި ހުރިހާ ފަރުވާއެއް ދީނިމިފައިވާއިރު ޑޮކްޓަރުން ލަފާ ދެނީ ވީހާވެސް އަވަހަކަށް ނޫރު ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔުމަށެވެ. އެ މަސައްކަތް ކުރަމުން އަންނައިރު ނޫރުގެ ބޭސްފަރުވާއަށް އަދިވެސް އިތުރަށް ފައިސާ ބޭނުންވެއެވެ. ނޫރުގެ އާއިލާއިން އެދެނީ ހެޔޮއެދޭ ފޯރުންތެރިފަރާތްތަކުން ވެދެވެން އޮތް މިންވަރަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ނޫރުގެ އެކްސިޑެންޓާއެކު އާއިލާއަށް ކުރިމަތި މިވީ ހިތްދަތި ދުވަސްތަކެކެވެ. ނަދީމް ބުނީ ފުރަތަމަ ތިން ދުވަހު ނުވެސް ނިދޭ ކަމަށެވެ. ނިދަން އުޅުނަސް ލޯ މައްޗަށް ސިފަވަނީ ނޫރު ކަމަށެވެ. ނޫރުގެ މަންމަ އައިޝަތު ވަހީދާގެ ހާލަކީ ވެސް ހަމަ އެއީއެވެ. އެދެމަފިރިންގެ ހުރިހާ ވެސް އުންމީދަކީ "ލޮލުގެ ނޫރަށް" އަވަސް ޝީފާއެއް މާތްﷲ މިންވަރު ކުރެއްވުމެވެ. އަދި މި ހިތާމަވެރި ހާލަތުގައި ދެމަފިރިންނަށް މާތްﷲ ކެތްތެރިކަން މިންވަރުކޮށް ދެއްވުމެވެ.

ނޫރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:

ބީއެމްއެލް ޑޮލަރު އެކައުންޓް: 7770000105490 (މުޙައްމަދު ނާދިމް)

ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް: 7770000012859 (އައިޝަތު ވަހީދާ)

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2017

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި
12 ނޮވެމްބަރު 2017

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

12 ނޮވެމްބަރު 2017
ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު
11 އޮކްޓޯބަރު 2017

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!
21 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
26 ޖުލައި 2017

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
05 ޖޫން 2017

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!
09 މެއި 2017

ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

09 މެއި 2017
ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް
08 ޖެނުއަރީ 2017

ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!

08 ޖެނުއަރީ 2017
ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް