Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގަތަރު-ރާއްޖެ

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

އަރަބި ނޫން ގައުމަކަށް ގަތަރާ ގުޅުން ކަނޑާލީ ރާއްޖެއިން

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 5 ޖޫން 2017 | ހޯމަ 18:42
ގަތަރުގެ މިސްކިތަކަށް ބަޔަކު އަރަނީ

ގަތަރުގެ މިސްކިތަކަށް ބަޔަކު އަރަނީ

ސައުދީ އަރަބިއްޔާ އާއި އަރަބި ހަ ގައުމަކުން ކުއްލި ގޮތަކަށް ގަތަރާ ގުޅުން ކަނޑާލުމަކީ މެދުއިރުމަތީގައި އުފެދުނު އެންމެ ބޮޑު މައްސަލައެވެ. މިކަމުގެ ތެރެއަށް ދަލު ބޭރުންޖެހިގެން ރާއްޖެއިން ވަނުމަކީ ކިހާވަރެއްގެ ގެއްލުމެއްކަން ދިވެހި ސަރުކާރުން ވިސްނައެއް ނުލަ އެވެ.

ވިސްނުމާއި ބުއްދި ބޭނުންކުރުމެއް ނެތި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ. ގަތަރާ ގުޅުން ކަނޑާލި އަރަބި ހަ ގައުމަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. މި ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށާއި ސަރަހައްދުގެ ހަމަނުޖެހުން ނަގާލަން ގަތަރުން މަސައްކަތްކުރާ ކަމަށް ތުހްމަތުކޮށްފަ އެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކަށް ގަތަރުން އެހީވާ ކަމަށް ތުހްމަތުކުރެ އެވެ. މި ތުހްމަތަކީ ގަތަރުގެ މުޅި ދައުލަތް ނިކަމެތި ކޮށްލުމަށް ކުރި ތުހްމަތުތަކެއް ކަމަށް އެ ގައުމުން ބުނެ އެވެ. ސައުދީ އަދި ސައުދީއާ ގުޅިފައިވާ ގައުމުތަކުން ގުޅުން ކަނޑާލީ ހީތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ވެސް ގަތަރުން ބުނެ އެވެ.

ދުނިޔޭގެ އެއްވެސް ސަރުކާރަކުން ޓެރަރިޒަމަށް ހިތްވަރުދޭ ގައުމަކަށް ވާގިވެރިވާން ހަގީގަތުގައިވެސް ބޭނުމެއް ނުވާނެ އެވެ. އެފަދަ ބަދުނާމެއް ވެސް ބޮލުގައި އަޅަން ބޭނުމެއް ނުވާނެ އެވެ. ނަމަވެސް، މިހާތަނަށް ގަތަރާ ގުޅުން ކަނޑާލާފައިވަނީ ރާއްޖެއާއެކު އެންމެ ހަތް ގައުމެވެ. މުޅި ދުނިޔެ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރާއިރު، ސައުދީގެ ނިންމުމާ އެއްގޮތަށް އެހެން ގައުމުތަކުން އަމަލުނުކުރަނީ ކީއްވެ ހެއްޔެވެ؟ ޓެރަރިޒަމާ އެންމެ ބޮޑަށް ދެކޮޅަށް މަސައްކަތް ކުރާ ޔޫރަޕާއި އެމެރިކާއިން ގަތަރާއެކު އޮންނަ ގުޅުން ދަމަހައްޓަނީ ކީއްވެގެން ހެއްޔެވެ؟ ގަތަރާ ގުޅުން އޮތް އެހެން ގައުމުތަކުން ޓެރަރިޒަމަށް ހިތްވަރު ދެނީ ހެއްޔެވެ؟

ޓެރަރިޒަމާ ދެކޮޅަށް އެންމެ ބޮޑު ހޭދައެއްކުރާ އެމެރިކާ ކޮބައި ހެއްޔެވެ؟ މެދުއިރުމަތީގައި އެމެރިކާއިން ގާއިމުކޮށްފައިވާ އެންމެ ބޮޑު މިލްޓަރީ ބޭސް އޮތީ ވެސް ގަތަރުގަ އެވެ. މިހާތަނަށް އެމެރިކާއިން ގަތަރާ ގުޅުން ކަނޑައެއް ނުލައެވެ. ޗައިނާ، އިނގިރޭސި ވިލާތް، ރަޝިޔާ، ފްރާންސް ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ގަތަރާ ގުޅުން ކަނޑައެއް ނުލަ އެވެ. އަދި އަރަބި ހުރިހާ ގައުމަކުން ވެސް ގަތަރާ ގުޅުން ކަނޑައެއް ނުލަ އެވެ.

މި ސަބަބުތައް މިހެން ހުރުމާއެކު، ދުނިޔޭގައި އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުމަކީ ވަރަށް ގިނަ ބަޔަކު ހައިރާންވި ކަމެވެ. އެއްބަޔަކު މިކަން ދެކުނީ ޖޯކެއްގެ ގޮތުގަ އެވެ. ރާއްޖެ ގުޅުން ކަނޑާލައިގެން ގަތަރުން ކަހެރިވަކެކޭ ވެސް ހިއެއް ނުވާނެ އެވެ. ނަމަވެސް މިކަމުން ވަރަށް ބޮޑު އެއްޗެއް އެންގިގެން ހިނގެއްޖެ އެވެ. މި ސަރުކާރަކީ މައިބަދަ ނެތް ސަރުކާރެއް ކަމެވެ. ސައުދީ ތައްޕާހުން ކައުމާއި، ސައުދީގެ ޕަޕެޓް ސަރުކާރެއްކަން މުޅި ދުނިޔެއަށް ހާމަވެގެން ދިއުމެވެ. ހާރިޖީ ސިޔާސަތުގައި ދެއުޅިއެއް ނެތް ކަމެވެ. އެހެން ނޫންނަމަ، ގަތަރާ އެކު އޮންނަ ގުޅުން ބަދަހިކުރަން ވާހަކަ ދެއްކިތާ 13 ގަޑިއިރު ފަހުން އެ ގައުމާ އެކު އޮތް، 33 އަހަރުގެ ގުޅުން ކަނޑައެއް ނުލާނެ އެވެ. މިވީހާ ތަނަަށް ބައިނަލްއަގްވާމީ މައްސަލަތަކުގައި ދިވެހިރާއްޖެއިން ގެންގުޅުނީ، ވަކި އަތަކަށް ނުޖެހުމުގެ ސިޔާސަތެވެ. ހުރިހާ ގައުމަކާވެސް ގުޅިގެން އުޅުމުގެ ސިޔާސަތެވެ. ނަމަވެސް މިކަން ވެސް މި ސަރުކާރުން މި ވަނީ ދުއްވާލައިފަ އެވެ.

ގަތަރާ ގުޅުން ކަނޑާލުމަކީ ދިވެހިރައްޔިތުންނަށް ކޮޅުން ނުލާވަރުގެ ގެއްލުމެކެވެ. ގަތަރަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެކެވެ. ހުޅުމާލޭގައި ބިނާކޮށްފައިވާ މިސްކިތާއި، ލ. ގަމުގައި ހުރި ގަތަރު އަމީރު ސްކޫލް، އަދި ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ 61 މިލިއަން ރުފިޔާގެ ސްޓޭޑިއަމް ފާހަގަކޮށްލެ އެވެ. މީގެ އިތުރުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކަށް ވެސް ގަތަރުގެ އެހީ ލިބެ އެވެ.

ހާއްސަ ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގައި ވެސް ގަތަރުގެ ދައުރު ފާހަގަކޮށްލަންޖެހެ އެވެ. ޔޫރަޕާއި އަރަބި ގައުމުތަކާއި ދުނިޔޭގެ އެހެން ބައެއް ސަރަހައްދުތަކުން ފަތުރުވެރިން ގެނައުމުގައި ގަތަރު އެއާވޭސްގެ ދައުރު ބޮޑެވެ. އެހެންވެ، ގަތަރާ ގުޅުން ކަނޑާލުމުން ޓޫރިޒަމަށާއި އިގްތިސާދަށް ލޮޅުން އައުމުގެ ފުރުސަތު ބޮޑެވެ. އަދި ޒުވާނުންގެ ސަރުކާރެއް ކަމަށް ބުނާ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައިދުކަމުގައިވާ ހުޅުމާލޭ ޔޫތު ސިޓީގައި ބިނާކުރަން ޕްލޭންކޮށްފައިވާ ޒަމާނީ ސްޓޭޑިއަމް ވެސް ގެއްލިގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ ޒުވާނުންނަށް މި ސަރުކާރުން ވިސްނާ މިންވަރު އެނގިގެން ދިޔަ ކަމެކެވެ. ޒުވާނުންނާ މެދު ވިސްނާނަމަ ބުއްދި ބޭނުން ނުކޮށް، ގަތަރާ ގުޅުން ކަނޑައެއް ނުލާނެ އެވެ.

މުއާސަލާތީ ދާއިރާގެ އިތުރުން ކުޅިވަރާއި އެހެން ގިނަ ދާއިރާތަކަކުން ވެސް ދިވެހި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުންއަންނަ އުރީދޫއަކީ ގަތަރުގެ ކުންފުންޏެވެ. ގަތަރާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވެގެން ހިނގެއްޖެ ނަމަ، މި އިންވެސްޓްމެންޓަށް ވާނީ ކިހިނަކުންތޯ އެވެ. މި ސަރުކާރުން ކުރާ ދެއުޅިއެއްނުވާ ކަންކަމުން ހުރިހާ ގެއްލުމެއް ވެސް ދިވެހި ރައްޔިތުންނަށެވެ. ގަތަރާ ގުޅުން ކަނޑާލުމުން ދިވެހިރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް އަޑުއުފުލައި، ދިވެހިރައްޔިތުން ތިބީ ގަތަރާއެކުގައި ކަމަށް ބުނަމުންނެވެ.

ވިސްނުމެއް ނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގާ

ގިސްލަމުން ހިތިކަރުނަ އޮހޮރަންޖެހިދެއޭ އުމުރަށް މުޅީން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

21 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
ގއ ވިލިނގިލި ބަދަލުވެއްޖެ!

ގއ ވިލިނގިލި ބަދަލުވެއްޖެ!

20 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު