Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުޑް ކޯޓްތަކުގެ މަސައްކަތް

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

ފުޑް ކޯޓްތައް ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2017 | އާދީއްތަ 02:40
ފުޑް ކޯޓްތައް ތަރައްގީ ކުރާ ސަރަހައްދު

ފުޑް ކޯޓްތައް ތަރައްގީ ކުރާ ސަރަހައްދު

މާލޭގެ މަލަމަތި ރީތި ކުރުމާއި މާލެ ސިޓީ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެސްޓީއޯއާ ހަވާލުކޮށްގެން ފުޑް ކޯޓްތަކެއް އެޅުމުގެ މަސައްކަތެކެވެ.

ގާތްގަނޑަކަށް 18 އަހަރު ވަންދެން މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ހުރި ކެފޭތައް ނުވަތަ ކަޑަތަކަކީ ރައްޔިތުން އެންމެ އަގު ހެޔޮކޮށް ކެއުމުގެ ކަންކަން ހަމަޖެއްސުމަށް ބޭނުން ކުރި ތަންތަނެވެ. އެ ސަރަހައްދުގައި ހުރި ކެފޭތަކަކީ ދަތުރުވެރިން ވެސް އެންމެ ގިނައިން ކެއުމުގެ ކަންކަން ހަމަޖައްސަން ބޭނުންކުރި ކެފޭތަކެވެ.

އެހެން ނަމަވެސް އޭރުވެސް ދޭތެރެ ދޭތެރެއިން އެ ސަރަހައްދުގެ ފުޑް ސްޓޯލުތަކުގެ ސާފުތާހިރު ކަމުގެ މައްސަަލަ ފެންމަތިވެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ވުރެ ދަށުގައި ސާފުތާހިރުކަން ހުރުމުން ދޭތެރެ ދޭތެރެއިން ކަޑަތައް ބަންދުކުރާ ވާހަކަ ވެސް އަޑު އިވެއެވެ.

ސަރުކާރުން ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ތަރައްގީކުރުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި ކެފޭތައް ނެގީ ޑިވެލޮޕްޑް ސިޓީއެއްގެ މަލަމަތި ސިފަކޮށްދިނުމުގެ ބޭނުމުގައެވެ. އެތަނުގައި ޒަމާނީ ކެފޭތައް ތަރައްގީ ކުރުމުގެ ބޭނުމުގައެވެ. ތަސައްވުރެއްގެ ގޮތުން ދެއްކީ ވެސް ސިންގަޕޫރުގައި ހުންނަ ފަދަ ފުޑް ކޯޓްތަކެވެ.

މަސައްކަތް ހަވާލުކޮށްފައި ވަނީ ސަރުކާރު ކުންފުންޏެއް ކަމުގައިވާ އެސްޓީއޯއާ އެވެ. ބޮޑު ޕްލޭނެއް އެކުލަވާލައި މި މަސައްކަތް އޭރު ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށްޓަކައެވެ. މި މަޝްރޫއުގެ ތެރެއިން އެ ސަރަހައްދުގައި ދެ ޕާކިންގ ޒޯނެއް ގާއިމް ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާހާނާ ބަރިއެއް ވެސް އެޅުމަށް ހަމަޖެހިފައި ވެއެވެ.

ގާތްގަނޑަކަށް 30 ހާސް އަކަފޫޓުގެ އެ ސަރަހައްދުގައި 25 ނުވަތަ 27 ފުޑް ކޯޓް އެޅޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. ކުރިން އެ ސަރަހައްދުގައި ގާތްގަނޑަކަށް 40 ވަރަކަށް ކަޑަ ނުވަތަ ފުޑް ސްޓޯލް ހުއްޓެވެ.

ޒަމާނީ ފެންވަރަކަށް ތަރައްގީކުރާ މި ފުޑް ކޯޓްތަކުގެ މަސައްކަތް ލަސްވަމުން ގޮސް މިހާރު ދެ އަހަރުވުމާ ގާތްވެއްޖެއެވެ. އަދި ވެސް ފުޑް ކޯޓްތަކެއް ނުފެނެއެވެ. ކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުވުމަށް އެކި ފަހަރު މަތިން އެސްޓީއޯގެ އިސްވެރިންނަށް ވެސް ގުޅިއްޖެއެވެ.

މި އަހަރުގެ ޖޫން މަހު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ރާއްޖެއެމްވީއަށް ވިދާޅުވެފައި ވަނީ ފުޑް ކޯޓް އެޅުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި ޒަމާނީ ޓެންޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް އޭރު ކުރަން ފަށާފައިވާ ކަަމަށެވެ. އެ މަސައްކަތުގެ ތެރެއިން އޭރު ފައުންޑޭޝަންގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ބްލޮކް އެކެއް އަދި ދޭއްގެ މަސައްކަތް ޖުލައި މަހު ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ، ހަތަރު ބްލޮކަށް ބަހާލައިގެން، ފުޑް ކޯޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މަސައްކަތް ލަސްވެގެންދިޔައީ ބޭރުން ގެންނަންޖެހޭ ސާމާނުތައް ގެނައުމުގައި ލަސްވުމުގެ ސަބަބުން ކަމަށް ވެސް އޭރު ޝަހީރު ވިދާޅުވިއެވެ.

އެެހެން ނަމަވެސް އޮކްޓޫބަރު މަސް ނިމުނު އިރު ވެސް ޝަހީރު އެ ވިދާޅުވި ދެ ބްލޮކު، އަދި އޭގެ ތެރެއިން އެއް ބްލޮކުގެ މަސައްކަތް ވެސް ކުރެވިފައެއް ނުވެއެވެ. ޓެންޓްތައް އެޅި ނަމަވެސް މިހާރު ހުރީ ހަމައެކަނި އޮނިގަނޑެވެ. ސަތަރިތައް ވަނީ ނަގާފައެވެ.

އެކަން ވެގެންދިޔަ ގޮތް އޮޅުން ފިލުވުމަށް މަސައްކަތްކުރި ނަމަވެސް އެސްޓީއޯ އިން ޖަވާބުދާރީވާނެ ފަރާތެއް ނުވިއެވެ. އެތަށް ފަހަރު މެސެޖުކޮށް ގުޅުމުން ވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

އެހެން ނަމަވެސް އެ ސަރަހައްދުގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތަކުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި މިދިޔަ ޖުލައި މަހުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ފުޑް ކޯޓްތަކުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. އަދި މަސައްކަތް އެހާ ބޮޑަށް ލަސްވެފައި ވަނީ އެ ސަރަަހައްދުގައި ޒަމާނީ ޓެންޓްތައް ޖެހުމައްޓަކައި ގެނެސްފައިވާ ސަތަރިތައް ދެ ފަހަރެއްގެ މަތިން ބަދަލުކުރަން ޖެހުމުން ކަމަށް އޭނާ ބުންޏެވެ. އެގޮތުން ފުރަތަމަ ފަހަރު ސަތަރި ބަދަލު ކުރަންޖެހުނީ، ދަގަނޑު ތަނބުތަކުގައި ހަރުކުރުމުގެ ކުރިން ސަތަރިތައް ވަރަށް ބޮޑަށް ހަޑިވުމުން ކަމަށް އޭނާ ބުންޏެވެ. އަދި ދެވަނަ ފަހަރު ސަތަރި ބަދަލު ކުރީ ސަތަރިތައް ހަރުކުރި ފަހުން އެ ސަތަރިތައް ފަޅައިގެން ދިއުމުންނެވެ. އަނެއްކާވެސް އެ މަސައްކަތް ކުރުމަށް ގެނެސްފައި ހުރީ ހަމަ ކުރިން ދެ ފަހަރު ވެސް ބޭނުންކުރި ވައްތަރުގެ ސަތަރިއެވެ.

މި މަސައްކަތް ކުރަނީ އެސްޓީއޯގެ ހަރަދުގައި ނަމަވެސް، އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުންޏެވެ. މިކަމަށް ހިނގާ ހަރަދުތަކުގެ ތެރެއިން އެއްވެސް މިންވަރެއް އިސްރާފުވުމަކީ ހަމަ ސަރުކާރަށް ލިބޭނެ ގެއްލުމެވެ.

ފުޑް ކޯޓުތަކުގެ މަސައްކަތް ކޮށްމެވެސް ވަރަކަށް މިހާރު ކުރިއަށް ދިޔަ ނަމަވެސް އެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލެވޭނެ އިރެއް އަދި ނޭނގެއެވެ. އެކަމާ ބެހޭ ގޮތުން އެސްޓީއޯ އިން މައުލޫމާތެއް ނުދެއެވެ. ފުޑް ކޯޓްތަކުގެ އިތުރުން ވެސް ޓީޖެޓީއާ ގުޅިފައިވާ އެ ސަރަހައްދު ބަންދުކޮށް ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަދެއެވެ. މަގުހެދުމާއި އެނޫން ވެސް ތަންތަން ހެދުމުގެ މަސައްކަތްތަކެއް ކުރިއަށް އެބަދެއެވެ. ނަމަވެސް މުސްތަގުބަލުގައި އެތަން ފެނިގެންދާނެ ގޮތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. މާގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައެއް ވެސް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަހަރު ހަވާފަޓާސް ބަރިއެއްހެން ބޮޑު ދެފަނޑިޔާރާއި މައުމޫން

މިފަހަރު ހަވާފަޓާސް ބަރިއެއްހެން ބޮޑު ދެފަނޑިޔާރާއި މައުމޫން

06 މެއި 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

15 މާރިޗު 2018
ވަޓް ދަ ފުޑް؟

ވަޓް ދަ ފުޑް؟

23 ޑިސެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު