ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 07:25
ރެހެނާ ބޭގަމް އޭނާގެ ދަރިފުޅާއި އެކު
ރެހެނާ ބޭގަމް އޭނާގެ ދަރިފުޅާއި އެކު
ގޫގުލް
ރޮހިންޖާ މުސްލިމުން
ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި
 
ކުޑަ މިނިޓް ކޮޅެއް ތެރޭގައި އަހަރެން އާއިލާގެ ހުރިހާ ފިރިހެނުން އަހަރެންނާ ވަކިވި
 
އަހަރެން ޝުކުރުވެރިވަން ބައެއް ޤައުމުތަކުން އަހަރުމެންނަށް ކާބޯތަކެތި ފޯރުކޮށްދޭތީ
 
މިޔަންމާ ސިފައިން ތިން ޓްރަކެއްގައި އައިސް އަހަރެމެންނާއި ދިމާލަށް ބަޑިޖަހާ އަހަރެމެން ދިރިއުޅޭ ގެ އަންދާލި

އުމުރުން 25 އަހަރުގެ ރެހެނާ ބޭގަމް އަކީ ރޮހިންޖާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ފެށުމުގެ ކުރިން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި އަންހެނެކެވެ. ދިރިއުޅުން އާރާސްތު ކުރަމުން ގެންދިޔައީ ދަނޑުވެރިކަމާއި ފިރިމީހާގެ އޮނުގެ ވިޔަފާރިން ލިބެމުންދިޔަ އާންދަނީގެ މައްޗަށް ބިނާކޮށެވެ.

"އެއްދުވަހަކު މެންދުރު މިޔަންމާ ސިފައިން ތިން ޓްރަކެއްގަ އައިސް އަހަރުންނާއި ދިމާލަށް ބަޑިޖަހާ އަހަރެމެން ދިރިއުޅޭ ގެ އަންދާލި. ބަނޑި ޖަހަން ފެށުމުން އެކި މީހުންތައް ދުއްވައިގަތީ އެކި ދިމަ ދިމާލަށް. ކޮންމެ މީހަކުވެސް އުޅުނީ އެ މީހެއްގެ ފުރާނަ ސަލާމަތް ކުރެވޭ ތޯ. އެހެންވެގެން އަނެއް މީހާގެ ހާލާއި މެދު ވިސްނާނެ ފުރުސަތެއް އެކަކަށްވެސް ނުލިބުނު" ރެހެނާ ބުންޏެވެ.

ބަނޑިތައް އެކި ދިމަ ދިމާލަށް ޖަހަމުން ދިޔައިރު އަޅުގަނޑުގެ ދެ ބޭބެ އާއި ފިރިމީހާގެ ގަޔަށްވެސް ވަޒަން އެރިއެވެ. ދެ ބޭބެ މި ދުނިޔެއާ އަލްވަދާޢު ކީ އިރު އެ ހިތްދަތި މަންޒަރު ބަލާކަށް އަހަންނަކަށް ކެތެއް ނުވިއެވެ. ފުރާނަ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައިވެސް ހޯސްލާފައި އަހަރެންގެ ލޮލުން ދިޔައީ ކަރުންނަތައް ފައިބަމުންނެވެ. ފިރިމީހާ ގަޔަށް ވަޒަން އެރި ނަމަވެސް އޭނާ ހިތްވަރާއި އެކު އޭރުވެސް ދިޔައީ ފުރާނަ ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

ކޮންމެވެސް ގޮތަކަށް އަހަންނާއި ފިރިމީހާ ފުރާނަ ސަލާމަތްކޮށްގެން ބަންގްލަދޭޝްއަށް ފައިމަގުގައި ހިޖުރަކުރީ ހަތަރު ދުވަސް ހޭދަކޮށްގެންނެވެ.  މިހާރު އަހަރެންގެ ފިރިމީހާ ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައެވެ. އެއީ އޭނާއަށް ލިބިފައިވާ ޒަޙަމްތައް ބޮޑުވުމުންނާއި އިންފެކްޓްވެފައި ހުރުމުން އޮޕްރޭޝަނެއް ކުރަން ޖެހޭތީ ކަމަށް ޑޮކްޓަރުން ބުންޏެވެ.

"އަހަރެން ޝުކުރުވެރިވަން ބައެއް ޤައުމުތަކުން އަހަރުމެންނަށް ކާބޯތަކެތި ފޯރުކޮށްދޭތީ، އަހަރެން ބޭނުމެއް ނުވޭ މިކަން ދާއިމަށް ދެމި އޮންނާކަށެއް. އަހަރުމެންގެ އަމިއްލަ ރަށެއް އޮތް ނަމަ މިހެނެއް ނުވާނެ" ރެހެނާ ބުންޏެވެ.

އުމުރުން 30 އަހަރުގެ ނޫރު އައީޝާގެ ފިރިމީހާ އަކީ މަސްވެރިކަން ކުރަމުން އައި މީހެކެވެ. އަދި ކޯރުތައް ކައިރީގައި އެމީހުންގެ ބޮޑު ގެއެއް ހުރިކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ ދިޔައީ އާއިލާއާ އެއްކޮށް ވަރަށް އުފާވެރި ދިރިއުޅުމެއް ވޭތު ކުރަމުންނެވެ. ދެ ކުދިން ލިބި ތިންވަނަ ކުއްޖާއަށް އޭނާ އިނީ ބަލިވެއެވެ.

ރޮހިންޖާ ހަމަނުޖެހުންތައް ފެށުމުގެ ދެ ހަފްތާ ކުރިން އޭނާ ދިރިއުޅެމުން ދިޔަ ރަށް ކައިރީގައި އޮތް ރަށުގައި ވަނީ މިޔަންމާ ސިފައިން ބޮމެއް ގޮއްވާލާފައެވެ. ސިފައިން މީހުންނަށް  އަނިޔާކޮށް ދަތި ހާލު ޖައްސާނެކަން އިނގޭތީ އެމީހުން ކޯރުގެ އެތަން މިތަނަށް ގޮސް ފިލީއެވެ. ފިލުމުގެ ތެރޭގައި އޭނާގެ ފިރިމީހާ ގެއްލުނެވެ.

"މިޔަންމާ ސިފައިން އައިސް އަހަރެން ދިރިއުޅޭ ގެ އަންދާލި. އަދި އަހަރުމެން ގެންގުޅެމުން އައި ދެ ގެރި ވެސް މަރާލި. އަހަރެން ފިރިމީހާ ވަނީ ގެއްލިފައި. އަހަންނަށް ބަންގްލަދޭޝް އަށް ހިޖުރަކުރުން ނޫން ގޮތެއް ނެތް" ނޫރު އައިޝާ ބުންޏެވެ.

މިޔަންމާގެ ބޯޑަރާއި ހިސާބަށް ގެންދިއުމަށްޓަކައި ނޫރު އައިޝާ އޭނާގެ ގަހަނާތައް ވިއްކާލި އެވެ. މީހަކަށް ލާރި ދިނުމުން އެމީހާ އޭނާ އާއި އޭނާގެ 2 ދަރިން މިޔަންމާގެ ބޯޑަރާއި ހިސާބަށް، ފޯރުކޮށްދިނުމުން 5 ދުވަސް ވަންދެން ހިނގާފައި އެމީހުން ބަންގްލަދޭޝްއަށް ހިޖުރަ ކުރިއެވެ.

" އަހަރެން މިތާ މިއުޅެނީ ބޯހިޔާވަހިކަމެއް ނެތި، ކާން ލިބޭނެ ގޮތެއް ނެތި ވަރަށް ހާލުގައި. އެއްވެސް މީހަކު އަހަރެން މާބަނޑު ވުމުން ވެސް އަހަންނަކަށް އެހީ އެއް ނުވި. އަހަރެން ކޮންކަހަލަ ދުނިޔެއަކަށް ބަނޑުގައި މިއޮތް ދަރިފުޅު އުފަން ކުރަން މި އުޅެނީ؟" ނޫރު އައިޝާ ބުންޏެވެ.

އުމުރުން 35 އަހަރުގެ ލައިލާ ބޭގަމް އަކީ ފިރިމީހާ އާއި ހަތަރު ކުދިންނާއި އެއްކޮށް ދިރިއުޅެމުން ދިޔަ މީހެކެވެ. އަދި އޭނާގެ ފިރިމީހާ އަކީ ކުދިކުދި މަސައްކަތް ކުރަމުން ލާރި ހޯދަމުން ދިޔަ މީހެކެވެ. އޭނާ ދިޔައީ ދެ ފިރިހެން ކުދިންނާއި ދެ އަންހެންކުދިންނަށް ރަގަޅު މުސްތަޤްބަލެއް ލިބި، އެމީހުން ކިޔަވައިގެން މޮޅު ކުދިންނަށްވާނެ ދުވަހުގެ ހުވަފެންތައް ދެކެމުންނެވެ.

އެހެންނަމަވެސް އޭނާގެ ހުވަފެންތަކުގެ ކުލަ ފަނޑުވެ، ހުވަފެންތައް ފުނޑު ފުނޑުވީ މިޔަންމާގެ ސިފައިން އެ ގެއަށް ވަދެ އެމީހުންނާއި ދިމާލަށް ބަނޑިޖަހަން ފެށުމުންނެވެ. އެކި މީހުން ދިޔައީ އެކި ދިމަ ދިމާލަށް ސަލާމަތް ވުމަށް ދުވަމުންނެވެ. މި ހާޖާނުގަނޑު ތެރޭގައި އޭނާގެ ދެ ފިރިހެންކުދިން އޭނާއާ ވަކިވިއެވެ.

"އަހަރެންގެ ފިރިމީހާ ހުރީ އަހަރެންގެ ފަހަތުގައި، ހުއްޓާ މިޔަންމާ ސިފައިން އައިސް އޭނާ ހިފައި، އޭނާގެ ގަޔަށް ވަޅި ޖެހި. އަހަރެންގެ ލޯ ކުރިމައްޗަށް އެ މަންޒަރު ފެނުނު. އަހަރެންގެ ދެ ފިރިހެން ކުދިންނަށް ވީ ނުވީ އެއް ނޭނގުނު. މިޔަންމާ ސިފައިން ދިޔުމުން ފަހުން ރަށަށް އައިސް ބެލިއިރު އަހަރެންގެ ދެ ފިރިހެން ކުދިންގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ. މިހާ ކުޑަ މިނިޓް ކޮޅެއް ތެރޭގައި އަހަރެން އާއިލާގެ ހުރިހާ ފިރިހެނުން އެ ވަކިވީ އަހަންނާ" ލައިލާ ބުންޏެވެ.

ލައިލާ އާއި އޭނާގެ ދެ އަންހެން ކުދިން ޖަންގަލީގައި 4 ދުވަސް ވަންދެން ނިދުމަށް ފަހު ފައިމަގުގައި ބަންގްލަދޭޝްއަށް ހިޖުރަކުރިއެވެ. ބައެއްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ އޭނާގެ ލޯބިވާ ފިރިމިހާއާ ދެ ކުދިން މި ދުނިޔެ އާއި ވަކިވުމުން، އޭނާ ދިޔައީ މުޅި ދަތުރު މަތީގައި ވެސް ރޮމުންނެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
14%
86%
0%
0%
ކޮމެންޓް