Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަހުފޫޒަށް ދިން ހަމަލާ

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒުގެ ބޮލަށް ވަޅި ހަރާފައި ހުރީ ލޮލުގެ ފަހަތުން ސިކުނޑީގެ ކުރިމައްޗަށްވާ ގޮތަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2017 | އަންގާރަ 05:23
މަހުފޫޒަށް ދިން ހަމަލާއާ ގުޅިގެން ކުރި އޮޕަރޭޝަނަށް ފަހު

މަހުފޫޒަށް ދިން ހަމަލާއާ ގުޅިގެން ކުރި އޮޕަރޭޝަނަށް ފަހު

ގާނޫނީ ވަކީލު މަހުފޫޒް ސައީދުގެ ބޮލަށް ވަޅިއެއް ޖަހައި، މަރުގެ ހަމަލާއެއް ދިންތާ ދެ އަހަރު ފުރުނީ އެވެ. މަހުފޫޒަށް ހަމަލާދިނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ހަވީރު އެވެ. ރޯމާ ދުވާލު ގަޑީގައި، ގިނަ ބައެއްގެ ލޯ ކުރިމަތީގަ އެވެ. މާވެޔޮމަގު ވާދީ ފްރެޝް ފިހާރަ ކައިރީ ހުންނަ މަންމަމެން ގެޔަށް ދިޔަ މަގުމަތީގައި މަހުފޫޒަށް އެ ހަމަލާދިންތާ ދެ އަހަރު ފުރުނު އިރު ވެސް އިންސާފެއް ނުލިބެ އެވެ. މައްސަލަ ނިމިފައެއް ނުވެ އެވެ. މައްސަލައިގައި ހިމެނޭ އެންމެން ހައްޔަރުކުރެވިފައެއް ވެސް ނުވެ އެވެ.

އައިޖީއެމްއެޗް އިން އެއިރު ބުނެފައިވާ ގޮތުގައި މަހުފޫޒުގެ ބޮލަށް ވަޅި ހަރާފައި ހުރީ ލޮލުގެ ފަހަތުން ސިކުނޑީގެ ކުރިމައްޗަށްވާ ގޮތަށެވެ. އަދި ވަޅި ހަރާފައި ހުރީ ވަރަށް ނުރައްކާތެރި ހިސާބަކަށް ކަމަށާއި ވަޅި ދެ އިންޗި ފުންމިނަށް ހެރިފައި ހުރި ކަމަށް ވެސް ބުންޏެވެ. މަހުފޫޒުގެ ބޮލުގެ ވައަތްފަރާތަށް ހަރާފައި ހުރި ވަޅި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އައިޖީއެމްއެޗްގެ ހަތަރު ޑޮކްޓަރުންގެ ޓީމަކުންނެވެ. އައިޖީއެމްއެޗްގެ މުހައްމަދު ޝިފާން އިސްކޮށް ހުންނަވައިގެން އޮޕަރޭޝަން ކުރިއިރު، ގާތްގަނޑަކަށް ތިން ގަޑިއިރު އެ އޮޕަރޭޝަނަށް ހޭދަވި އެވެ.

މަހުފޫޒަށް ހަމަލާދީފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. މަހުފޫޒަށް ދިން ހަމަލާ، ރައީސް ނަޝީދުގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ކުށްވެރި ކުރެއްވި އެވެ. އެ ހަމަލާގެ ސަބަބުން ރައީސް ޔާމީނުގެ ހިތްޕުޅަށް ހިތްދަތި އިހުސާސްތަކެއް ކުރެއްވެވުނު ކަމަށް ވިދާޅުވެފައިވެއެވެ. ރައީސް ޔާމީންގެ 2018 ކެމްޕޭން މަހާސިންތާގެ ފުރަތަމަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ސެޕްޓެމްބަރު، 5، 2015 ގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މީހަކު ދައްކާ ވާހަކައަކުން ކުރާ ކަމަކުން އެފަދަ ގޮތަކަށް މީހަކާ މެދު އަމަލު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެފަދަ ލާއިންސާނީ ކަންކަން ހުއްޓުވަން ސަރުކާރުން ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން އެ ހަމަލާ ކުށްވެރިކުރެ އެވެ. އެޗްއާރްސީއެމް ފަދަ ކޮމިޝަންތަކުން ކުށްވެރިކުރި އެވެ. އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އެ "ނާތަހުޒީބު، އަނިޔާވެރި" ހަމަލާ ކުށްވެރިކޮށްފަ އެވެ. އުމަރު ވިދާޅުވީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމަށެވެ.

ހަމަލާއަށް ފަހު އޮކްޓޯބަރު މަހު މަހުފޫޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ހަމަލާއަކީ އޭނާގެ ޒާތީ ކަމަކާ ގުޅިގެން ދެވިފައިވާ ހަމަލާއެއް ނޫންކަމަށާއި އަދި ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރާ އެއްވެސް މައްސަލައަކާ ގުޅިގެން އެފަދަ ހަމަލާއެއްގެ އިންޒާރު ލިބިފައިނުވާ ކަމަށެވެ. އެދިވަޑައިގަތީ އެ ހަމަލާދިން ސަބަބު ހޯދައި، އެކަމުގެ އަޑީގައި ތިބި ބަޔަކު އިންސާފުގެ ކުރި މައްޗަށް ގެނެސްދިނުމެވެ.

މަހުފޫޒަށް މަރުގެ ހަމަލާ ދިންތާ ދެ އަހަރު ވީ އެވެ. ހޯމް މިނިސްޓަރު ވެސް ބަދަލުވެއްޖެ އެވެ. ނަމަވެސް، މަހުފޫޒާއި އޭނާގެ އާއިލާއިން އޮހޮރި ކަރުނަތަކަށް އިންސާފެއް ނުލިބެ އެވެ. މަހުފޫޒް ތަހައްމަލުކުރަން ޖެހުނު ވޭނަށް އިންސާފެއް ނުލިބެ އެވެ.

މަހުފޫޒަށް ދިން ހަމަލާއާ ގުޅިގެން އޮކްޓޯބަރު 15 ވަނަ ދުވަހު ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކުރި އެވެ. ހަމަލާދިނުމަށް ފަހު ރާއްޖެއިން ބޭރަށް ދެ މީހުން ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. އެގޮތުން ހޯދަން އިއުލާނުކުރީ، ރ. އިނގުރައިދޫ، ކަރަންކާގޭ، ޝަފްރާޒާއި ހުޅުމާލެ ގޯތި ނަމްބަރު 11270، އަޙްމަދު ރާއިދު އެވެ. އޭގެ ފަސް ދުވަސް ފަހުން އެ ދެ މީހުންގެ ތެރެއިން ރާއީދު ހައްޔަރުކުރި އެވެ. ފުލުހުން އެއިރު ބުނެފައިވާ ގޮތުގައި ރާއިދު އާއި ޝަފްރާޒަކީ މަހުފޫޒަށް ހަމަލާ ދިން ދެ މީހުންނެވެ. މައްސަލައާ ގުޅިގެން ހ. ސެނާ، ޚާލިދު ނަފީއު އާއި، ހުޅުމާލެ ފްލެޓް 3-60 ފިރާޒް ޖައުފަރު ވެސް ހައްޔަރުކުރި އެވެ. 2016 ވަނަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހު އެމީހުންގެ މައްޗަށް ދައުވާ އުފުލި އެވެ. ރާއީދުގެ މައްޗަށް އުފުލީ ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ. އަނެއް ދެ މީހުންގެ މައްޗަށް އުފުލީ ގަސްތުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ޝަރީއަތް ފެށިގެން ކުރިއަށްދާއިރު، މިއަދާ ހަމައަށް ވެސް މި މައްސަލަ ނިމިފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން 2015 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ހޯދަން ފެށި ޝަފްރާޒް އިބްރާހިމް އަދިވެސް ހޯދަނީ އެވެ. ދެ އަހަރުވީއިރު ވެސް އޭނާ އުޅޭ ތަނެއް ފުލުހުންނަށް ހޯދައި ގަނެވިފައެއް ނުވެ އެވެ.

އިންސާފު ނުލިބި ފާއިތުވި ދެ އަހަރު ދުވަހާ ގުޅޭ ގޮތުން ވިދާޅުވާނެ އެއްޗެއް މަހުފޫޒަށް އެނގިވަޑައިނުގެންނެވި އެވެ. ރާއްޖެއެމްވީއިން ސުވާލުކުރުމުން ވިދާޅުވީ "ދެން ތިކަމަށް ކީކޭ ވަކި އަޅުގަނޑު ދަންނަވާނީ" އެވެ. މަހުފޫޒް ވިދާޅުވީ އޭނާއަށް ހަމަލާދިން މަގުސަދު މިއަދާ ހަަމައަށް ވެސް އެނގިފައިނުވާ ކަމަށާއި ކޮންމެހެން ވެސް އެކަން އެނގެން ބޭނުންވާ ކަމަށެވެ. ނަމަވެސް، ދެ އަހަރުވީއިރު ވެސް މައްސަލައިގައި ހިމެނޭ އެންމެން ހައްޔަރުނުކުރެވި އަދި މައްސަލަ ވެސް ނިމިފައިނުވާއިރު މަހުފޫޒް "ބުނާނީ ވަކި ކީކޭތޯ" އެވެ.

މި ހަމަލާ ދެވުނު ސަބަބު ނުވަތަ މަގުސަދު ހޯދުމަކީ މަހުފޫޒް ކޮންމެހެން ވެސް ބޭނުންވާ ކަމެއްކަން އޭނާގެ ލިޔުންތަކުން ވެސް ހާމަވެއެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހު "ކުށުގެ މަގުސަދު ދެނެގަނެ ހާމަކުރުން!" ގެ ނަމުގައި މަހުފޫޒް ލިޔުއްވި ލިޔުމެއްގެ ބައެއް ހިއްސާކޮށްލާނަމެވެ.

"ޖިނާއީ ކުށުގެ ޢަމަލު ހިންގީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު އަނިޔާ ލިބޭ ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އިތުރު ނުރައްކަލެއް އޮތްތޯއާއި، ނުރައްކަލެއް އޮތްނަމަ އެކަމެއް ޙައްލުކުރާނީ ކިހިނެއްކަން ދެނެގަނެވޭނީ އޭރުންނެވެ. އަނިޔާއެއްގެ ޝިކާރައަކަށްވެ މަރުވުމަކީ އަނިޔާގެ ސަބަބު ނޭނގި ދިރިއުޅުމަށްވުރެ ފަސޭހަ މަގެއްކަމަށް އަޅުގަނޑަށް ފެނެއެވެ. މި ދެންނެވި ވާހަކައިގެ ތެދުކަން މި ލިޔުން ވިދާޅުވާ ބޭފުޅުންނަށް އިޙްސާސް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމާ ޝަކުވާއެއް ނެތެވެ. އެކަން އެނގޭނީ އެފަދަ ކަމެއް ދިމާވެފައިވާ މީހަކަށެވެ."

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު