Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

ބަލިވިނަމަވެސް ބަނގްލަދޭޝް މޮޅަށް ކުޅެ، ރަނގަޅު ހަމަލާތަކެއް އުފެއްދި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 1 ޖުލައި 2023 | ހޮނިހިރު 12:31
ކުވޭތުގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ފައިނަލަށް ދިޔައީ ބަނގްލަދޭޝް ބަލިކޮށްގެން

ކުވޭތުގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ފައިނަލަށް ދިޔައީ ބަނގްލަދޭޝް ބަލިކޮށްގެން

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ނަތީޖާ ނެރެން ކުޅުނު 15 މިނިޓްގެ ދެ ހާފުގެ ތެރޭގައި ޖެހި ހަމައެކަނި ލަނޑުން ބަނގްލަދޭޝް ބަލިކޮށް، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކުވޭތު ދަތުރުކޮށްފިއެވެ.

މުބާރާތުގެ ތާރީޚުގައި، ސާކް ސަރަހައްދުން ބޭރުން މި މުބާރާތުގައި ކުޅޭ ދެ ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ ކުވޭތު ފައިނަލަށް ދިޔަ ލަނޑު ޖަހައިދިނީ 115 ވަނަ މިނިޓްގައި އަބްދުﷲ އަލްބައުސީއެވެ.

މި މެޗުން ބަނގްލަދޭޝް ބަލިވި ނަމަވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހަން ވެސް ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. މިގޮތުން ބަނގްލަދޭޝްއިން ފޮނުވާލި ބައެއް ބޯޅަތައް ކުވޭތުގެ ކީޕަރު އަބްދުއްރަހުމާން ދިފާއުކުރިއިރު، އަނެއްބައި ބޯޅަތައް އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ނަމަވެސް މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް ގިނަ ހަމަލާތައް އުފެއްދީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ކުވޭތެވެ. މީގެ ތެރެއިން ވަރަށް ގިނަ ބޯޅަތައް ބަނގްލަދޭޝްގެ ކީޕަރު އަނީސުއްރަހުމާން ހުޝިހާރު ކަމާއެކު ދިފާއުކުރިއެވެ. މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި ހިނގި އަރައިރުންތަކުގެ ތެރޭގައި ބަނގްލަދޭޝްގެ މެނޭޖަރަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ. އަދި މެޗު ހިނގަމުންދަނިކޮށް ބަނގްލަދޭޝްގެ ފިޒިކަލް ޓްރޭނަރުވެސް ރަތްކާޑު ދައްކައި ބެންޗުން ފޮނުވާލިއެވެ.

ރާއްޖެ އާއި ބޫޓާން ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި ބަނގްލަދޭޝްއަށް ފައިނަލުގެ ފުރުސަތު ގެއްލުނުއިރު، މިފަހަރުގެ މުބާރާތުގައި އެ ގައުމުގެ އަމާޒަކީވެސް ސެމީ ފައިނަލަށް ދަތުރުކުރުމެވެ. އެއީ ފާއިތުވެދިޔަ ފަސް މުބާރާތުގެ ސެމީ ފައިނަލަށް ނުގޮސް އެ ގައުމު ކަޓާފައިވާތީއެވެ.

މުބާރާތުގެ ފައިނަލުގައި ކުވޭތު ކުޅޭނީ، ދިފާއީ ޗެމްޕިއަން އިންޑިޔާއާއި ލެބަނަން ކުޅެގެން މޮޅުވާ ޓީމަކާއެވެ. މިދިޔަ މަހުގެ 21ން ފެށިގެން އިންޑިޔާގައި ކުޅޭ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. މި މުބާރާތުން ރާއްޖެ ކެޓީ ކުޅުނު ތިން މެޗުންގެ ތެރެއިން ދެ މެޗުން ބަލިވެގެންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ނުގޮސް ރާއްޖެ ކެޓި ފުރަތަމަ ފަހަރެވެ. މިއާއެކު އެފްއޭއެމަށް ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައެވެ.

ސާފް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު