Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ރާއްޖެ ބަލިކޮށްގެން ބަންގްލަދޭޝް އަށް އުފަލާއި އިތުބާރު

28 ޖޫން 2023 | ބުދަ 09:20

އެސިސްޓެންޓް ކޯޗު ބުނަނީ މުބާރާތަށް އައީ ވެސް ރާއްޖެ ބަލިކުރުމުގެ ޕްލޭނަކާއެކު ކަމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 28 ޖޫން 2023 | ބުދަ 09:20
ބަންގްލަދޭޝް ކުޅުންތެރިން ރާއްޖެ ބަލިކޮށްފައި އުފާފާޅު ކުރަނީ

ބަންގްލަދޭޝް ކުޅުންތެރިން ރާއްޖެ ބަލިކޮށްފައި އުފާފާޅު ކުރަނީ

އެންމެ މޮޅަކާއެކު ޓީމަކަށް ފޯރި އާއި ޖޯޝް ގެނުވުމަކީ މަދުން ފެންނަ ކަމެކެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރަން މާދަމާ ބޫޓާނާ ދެކޮޅަށް ނުކުންނައިރު ބަންގްލަދޭޝަށް ވެރިވެފައިވަނީ އުފާވެރިކަމާއި ޔަގީންކަމެވެ. ސަބަބަކީ ދިވެހިރާއްޖެ އަތުން މުބާރާތުގައި ހޯދި ކާމިޔާބީ އެވެ.

މިދިޔަ އާދީއްތަ ދުވަހު މި ދެ ގައުމު ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވީ ފަހަތުން އަރައި 3-1އިންނެވެ. މިއީ ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ހޯދި ފުރަތަމަ މޮޅެވެ. 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ގްރޫޕް ސްޓޭޖުގަ އާއި މުބާރާތުގެ ފައިނަލްގަ އެވެ.

އެފަހަރުގެ ޓީމުގެ ވައިސް ކެޕްޓަންކަންކުރި އަދި މިހާރު ޓީމުގެ އެސިސްޓެންޓް ކޯޗު ހަސަން އަލް މާމުން ވަނީ އެ ހަނދާންތަކާއި މިދިޔަ އަހަރު ރާއްޖެ އަތުން ބަލިވުމުގެ ހިތްދަތި ވާހަކަތައް ކިޔައިދީފަ އެވެ.

އޭނާ ބުނީ މިފަހަރުގެ އެންމެ ފަހުގެ ފަސް މުބާރާތުގެ ސެމީ ފައިނަލަށް ނުގޮސް ކެޓި ނަމަވެސް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް މި ފަހަރު ބަންގްލަދޭޝް އައީ ބޫޓާނާއި ރާއްޖެ ބަލިކުރުމަށް ވަރަށް ހާއްސަ ޕްލޭނަކާއެކު ކަމަށެވެ.

އޭނާ ބުނީ ބަންގްލަދޭޝްގެ މިހާރުގެ ޓީމަކީ ވަރަށް ޒުވާން ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި އެ ކުޅުންތެރިން ރާއްޖެ ބަލިކުރުމުން ވަރަށް އުފާވި ކަމަށެވެ.

ބަންގްލަދޭޝް އަތުންވި ބައްޔާއެކު މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

މާމުން ބުނީ 2003ގައި ރާއްޖެ ބަލިކުރި ޓީމުގެ ގިނަ ކުޅުންތެރިން ފުޓްބޯޅައިގެ ތެރޭގައި ނޫޅޭ ކަމަށާއި ނަމަވެސް އޭނާ ކޯޗިންގައި އުޅެވޭތީވެ އުފާކުރާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްބަންގްލަދޭޝްގައުމީ ހޭންޑްބޯލް ޓީމު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
14 ނޮވެމްބަރު 2025

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް