Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުރީގެ ކީޕަރު އިފްރާހު ނިޔާވުން

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ގޯލްކީޕިންގގެ ޖަމާލެއް ކަމުގައިވާ އިބްރާހީމް އިފްރާހު އަރީފް، އުމުރުން 36 އަހަރުގައި ނިޔާވެއްޖެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ޤައުމީ ޓީމުގައި ހިމެނުނު މި ހުނަރުވެރި ކުޅުންތެރިޔާގެ ޚިދުމަތްތަކަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ދުވަހަކުވެސް ނުފިލާނެ ހަނދާނެއް.

ރާއްޖޭގެ ތަޖުރިބާކާރު ގޯލު ކީޕަރު އިބްރާހީމް އިފްރާހު އަރީފް 36 އަހަރުގެ އުމުރުގައި ނިޔާވެއްޖެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 18:06
ރާއްޖޭގެ ތަޖުރިބާކާރު ގޯލު ކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ)

ރާއްޖޭގެ ތަޖުރިބާކާރު ގޯލު ކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ)

ރާއްޖޭގެ ތަޖުރިބާކާރު ގޯލު ކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) ބުރާސްފަތި ދުވަހުގެ ރޭ ނިޔާވެއްޖެ އެވެ. އުމުރުން 36 އަހަރުގައި އިފްރާހު ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިދިޔަ ހޯމަ ދުވަހު ހެމޮރެޖިކް ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވުމާ ގުޅިގެން އިފްރާހު އަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ. އިފްރާހުގެ އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ސްޓްރޯކުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅުމާ ގުޅިގެން ހޯމަ ދުވަހުގެ ހަވީރު ސާޖަރީއެއް ހަދާފައިވެއެވެ. ނަމަވެސް ސިކުނޑިން ލޭތައް އެއްކޮށް ސާފުނުކުރެވުމާއެކު، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭގެ ފަހުން އޭނާ އޮތީ ކޯމާއެއްގައި ބޭއްވިފައެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ ޤާބިލު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ އިފްރާހު އަކީ ގައުމީ ޓީމަށާއި ރާއްޖޭގެ އެކި ކުލަބުތަކަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާގެ ކުލަބު ކެރިއަރުގައި ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، ވިކްޓްރީ، ޓީސީ ސްޕޯޓްސް ކުލަބު އަދި ބީޖީ ސްޕޯޓްސް ކުލަބަށް ކުޅެފައިވެއެވެ.

އިފްރާހުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމީ ޓީމުގައި ހިމެނުމެވެ. އޭނާގެ ހުނަރުވެރި ކުޅުމާއި ފުޓުބޯޅައަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކަންކަމެވެ.

އިފްރާހު ނިޔާވުމާ ގުޅިގެން ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ގިނަ ފަރާތްތަކުން ވަނީ އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ފާޅުކޮށްފައެވެ. އަދި އޭނާގެ ކުޅިވަރު ދާއިރާއަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެކަމަށް ޝުކުރުވެރިވެފައިވެއެވެ.

އިބްރާހިމް އިކްރާމް އޭޑީކޭ ހޮސްޕިޓަލްގައުމީ ޓީމްސާފް ޗެމްޕިއަންޝިޕްކީޕަރުހެމޮރެޖިކް ސްޓްރޯކް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި
14 މެއި 2025

ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ

14 މެއި 2025
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
13 މެއި 2024

ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ

13 މެއި 2024
ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު