Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

މިއީ ސެމީއަށް ނުގޮސް ސާފްޗެމްޕިއަންޝިޕުން ރާއްޖެ ކެޓި ފަހަރު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 28 ޖޫން 2023 | ބުދަ 15:54
ލެބަނަންއާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ފުރަތަމަ 11: ރާއްޖެ ވަނީ ކަޓާފައި

ލެބަނަންއާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ފުރަތަމަ 11: ރާއްޖެ ވަނީ ކަޓާފައި

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ނުގޮސް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ ކަޓައިފިއެވެ.

ރާއްޖެ މުބާރާތުން ކެޓިކަން ޔަގީންވީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައ ބޫޓާން އަތުން ބަންގްލަދޭޝް މޮޅުވުމުންނެވެ. މިނަތީޖާއާއެކު ރާއްޖެއާއި ބޫޓާން ކަޓައި، ސެމީ ފައިނަލުގެ ފަހު ޖާގަ ލިބުނީ ބަންގްލަދޭޝްއަށެވެ. ސެމީގެ ފުރަތަމަ ޖާގަ މިއަދު ހަވީރު ރާއްޖެ ބަލިކޮށް ހޯދީ ލެބަނަންއެވެ.

ރާއްޖެއަށް ތާރީޚީ ނާކާމިޔާބީއެއް ކުރިމަތިމިވީ ދިވެހި ފުޓްބޯޅަ ވަރަށް ބޮޑަށް ދަށްވެފައިވާ ވަގުތެއްގައެވެ. މާލީ ގޮތުން އެފްއޭއެމާއި ކުލަބުތައް ވަރަށް ބޮޑަށް ނިކަމެތިވެ ދިވެހި ލީގުގެ ފެންވަރުވެސް ވަނީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. ބައެއް ކުލަބުތައް މުބާރާތްތަކުގައި ކުޅެމުންދަނީ ނަމެއްގައެވެ. އަދި އެފްއޭއެމް އޮތީ މާލީ ގޮތުންނާއި އިދާރީ ގޮތުންވެސް ވަރަށް ދެރަވަރުކޮށެވެ. އެފްއޭއެމުގެ ހިންގުން ދުވަހެއް ދުވަހަކަށް ދަށަށްދާއިރު، ކަންކަން ހަރުދަނާކުރުމަށް އެ އިދާރާއިން މާ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެއްނުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މި ފަހަރުގެ މުބާރާތަށް ރާއްޖެ ދިޔައީ އެންމެ މެޗެއް ވެސް ނުކުޅެއެވެ.

ރާއްޖެ ސެމީ ފައިނަލަށް ނުގޮސް ކެޓިއިރު މި ފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ސާކް ސަރަހައްދުގެ އެންމެ ބަލިގައުމު ކަމަށްވާ ބޫޓާން އަތުން އެކަންޏެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވިއިރު މިއީ ފާއިތުވެދިޔަ 20 އަހަރު ތެރޭގައި އެ ގައުމު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. އަދި ފަހު މެޗުގައި މިއަދު ލެބަނަން އަތުން ވެސް ބަލިވީ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ލެބަނަން ވާދަކުރާނީ ގްރޫޕް އޭގެ ދެ ވަނަ ޓީމު އަދި މުބާރާތް ބާއްވާ ގައުމު އިންޑިޔާއާ އެވެ. ބަންގްލަދޭޝް ނުކުންނާނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ކުވޭތާ ދެކޮޅަށެވެ.

ސާކް ސަރަހައްދުން ބޭރުގެ ދެ ގައުމަކަށް ދައުވަތުދީގެން ފުރަތަމަ ފަހަރަށް ކުޅުނު މުބާރާތުގައި ބަންގްލަދޭޝް ސެމީއަށް ދަތުރުކުރި އެންމެ ފަހުގެ ފަސް މުބާރާތުގައި ގްރޫޕް ސްޓޭޖުން ކަޓާފައިވަނިކޮށެވެ. އަދި ބޫޓާނަށް މި މުބާރާތުގެ ސެމީއަށް ދަތުރުކުރެވުނީ މީގެ 15 އަހަރުކުރިން، އެންމެ ފަހަރަކުއެވެ.

ސާފް ޗެމްޕިއަންޝިޕްގައުމީ ހޭންޑްބޯލް ޓީމުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު