Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

އޭނާ ސަސްޕެންޑްކުރީ ދެ ފަހަރެއްގެ މަތީން ރަތްކާޑު ދައްކަން ޖެހިފައިވަނިކޮށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 1 ޖުލައި 2023 | ހޮނިހިރު 04:56
އިންޑިޔާ ޓީމުގެ ކޯޗު އިއަގޯ ސްޓިމަކް (މ) ނޭޕާލާއި ކުވޭތުގެ ކޯޗާއެކު

އިންޑިޔާ ޓީމުގެ ކޯޗު އިއަގޯ ސްޓިމަކް (މ) ނޭޕާލާއި ކުވޭތުގެ ކޯޗާއެކު

އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިއަގޯ ސްޓިމަކް ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލާއި ފައިނަލް މެޗަށް ސަސްޕެންޑްކޮށްފި އެވެ.

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) އިން މި ގޮތަށް ނިންމީ މުބާރާތުގައި ދެ ވަނަ ފަހަރަށް ރަތްކާޑު ދައްކަން ޖެހުމުންނެވެ. މިއާއެކު 500 ޑޮލަރުން ކޯޗު ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

އިންޑިޔާގައި މިދިޔަ މަހުގެ 21ން އަންނަ އަންގާޜަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ފައިނަލަށް އިންޑިޔާ އަށް ދެވުނަސް މި އަދަބުގެ ސަބަބުން ކޯޗަށް ޓީމަށް އިރުޝާދުދޭން ޖެހޭނީ ހަމައެކަނި ޓްރޭނިންތަކުގަ އެވެ.

ކްރޮއޭޝިއާގެ ކުރީގެ ކުޅުންތެރިޔާ ސްޓިމަކް އަށް ފުރަތަމަ ރަތްކާޑު ދެއްކީ ޕާކިސްތާނާ ދެކޮޅަށް އިންޑިޔާ ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގަ އެވެ. އެ މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ޖެހިގެން އައި ނޭޕާލް މެޗަށް އޭނާ ސަސްޕެންޑްވި އެވެ. ދެ ވަނަ ފަހަރަށް ރަތްކާޑު ދެއްކީ މުބާރާތުގައި އިންޑިޔާ ކުޅުނު ތިން ވަނަ މެޗުކަމަށްވާ ކުވޭތު މެޗުގަ އެވެ. ސެމީ އާއި ފައިނަލަށް އޭނާ ސަސްޕެންޑްކުރީ ތަކުރާރުކޮށް ރަތްކާޑު ދައްކައި ބެންޗުން ފޮނުވާލަން ޖެހުމުންނެވެ.

ކޯޗު ސަސްޕެންޑްކުރިއިރު އިންޑިޔާ ފެޑަރޭޝަނުން ވެސް ވަނީ އޭނާ އަށް މިއަމަލުތަކާ ދުރުހެލިވުމަށް ނަސޭހަތްތެރި ވެފަ އެވެ. އިންޑިޔާ ފެޑަރޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ ވާހަކަތައް ހުރި ގޮތަށް ބަލާއިރު ކޯޗު މިގޮތަށް ބެންޗުން ފޮނުވާލަން ޖެހޭނަމަ އޭނާ އަށް ވަޒީފާ ގެއްލުމުގެ ބިރު އޮތްކަން ދޭހަވެ އެވެ.

ކޯޗު ބެންޗުން ފޮނުވާލުމުން އިންޑިޔާގެ އެސިސްޓެންޓް ކޯޗު ވަނީ ކުވޭތު މެޗަށް ފަހު ރެފްރީންނަށް ފާޑުކިޔާފަ އެވެ.

ސާފް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
30 ޖޫން 2023

ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!

30 ޖޫން 2023
ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!
28 ޖޫން 2023

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

28 ޖޫން 2023
ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް
28 ޖޫން 2023

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

28 ޖޫން 2023
ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!
28 ޖޫން 2023

ރާއްޖެ ބަލިކޮށްގެން ބަންގްލަދޭޝް އަށް އުފަލާއި އިތުބާރު

28 ޖޫން 2023
ރާއްޖެ ބަލިކޮށްގެން ބަންގްލަދޭޝް އަށް އުފަލާއި އިތުބާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު