Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

އޭޝިއަން ކަޕުގައި ވެސް ކޯޗު މިފަދައިން އަމަލުކޮށްފާނެތީވެ އިންޑިޔާ ކަންބޮޑުވޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 1 ޖުލައި 2023 | ހޮނިހިރު 05:06
އިއަގޯ ސްޓިމަކް: އިންޑިޔާގެ ކޯޗު

އިއަގޯ ސްޓިމަކް: އިންޑިޔާގެ ކޯޗު

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗެއްގައި ކޯޗު އިއަގޯ ސްޓިމަކް އަށް ރެފްރީން ކާޑު ދައްކާފައިވާތީވެ، އޭނާގެ އަމަލުތައް އިމުން ބޭރުނުކުރުމަށް އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަނުން ނަސޭހަތްތެރިވެއްޖެ އެވެ.

ޕާކިސްތާނުގެ މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ކޯޗަށް ޖެހިގެން އައި ނޭޕާލް މެޗުގައި ބެންޗުގައި ނީނދެވުނެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުވޭތު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން މިއަދު ކުޅޭ ސެމީ ފައިނަލް މެޗާއި ފައިނަލް މެޗުގައި އޭނާ އަށް ބެންޗުގައި ނީނދެވޭނެ އެވެ. އެއީ ކުވޭތު މެޗަށް ފަހު ކުރިއަށް އޮތް ދެ މެޗަށް އޭނާ ސަސްޕެންޑްކޮށްފައިވާތީ އެވެ.

އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ސާޖީ ޕްރަބާކަރަން ބުނީ އެ ގައުމުން އެންމެ މުހިންމުކަމެއްގެ ގޮތުގައި ބަލަނީ އަންނަ އަހަރު އޮންނަ އޭޝިއަން ކަޕް ކަމަށެވެ. އަދި އެ މުބާރާތުގައި ކޯޗުގެ ފަރާތުން މިފަދަ ކަމެއް ދިމާވެދާނެތީ ކަންބޮޑުވާ ކަމަށެވެ. އަދި އެ މުބާރާތުގެ މެޗެއްގައި ކޯޗު ބެންޗުން ފޮނުވާލައިފިނަމަ އެކަންވާނީ ފޫނުބެއްދޭ ފަދަ ގެއްލުމަކަށް ކަމަށެވެ. މިހެންވެ ކޯޗުގެ އަމަލުތައް ރަނގަޅު ކުރުމަށް އޭނާ އަށް ނަސޭހަތްދީފައިވާ ކަމަށެވެ.

އިންޑިޔާ ފެޑަރޭޝަނުން ބުނީ ސާފް ޗެމްޕިއަންޝިޕުގެ ކުރިން ކުޅުނު ބައެއް މެޗުތަކުގައި ވެސް އޭޝިއަން ކަޕަށް ތައްޔާރުވާން ކުރާ މަސައްކަތުގައި ޓީމުގައި ރަނގަޅުކުރަންވީ އެއް ކަމަކީ ކޯޗުގެ އަމަލުތައްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭނާ އަދި ބުނީ 1998ގެ ވޯލްޑްކަޕުގެ ތިން ވަނަ ހޯދި ކްރޮއޭޝިޔާގެ ޓީމުގައި ކުޅުނު ސްޓިމަކް އަކީ މަތީ ފަންތީގައި ކުޅެފައިހުރި ކުޅުންތެރިއަކަށްވުމުން އިރުއިރުކޮޅާ ބެންޗުން ފޮނުވާލަން ޖެހުން ފަދަ ކަންކަން ނުކުރަން އެނގެންވާނެ ކަމަށެވެ.

އިންޑިޔާގެ އެހެން އޮފިޝަލަކު ނަން ހާމަނުކޮށް ބުނެފައިވަނީ ރަތްކާޑު ދެއްކުމުން ކޯޗު ޓުވިޓާގައި އޭނާގެ އަމަލުތައް ދިފާއުކޮށް ދެއްކި ވާހަކަތަކުން އިންޑިޔާ ފެޑަރޭޝަނުން ބަލައިނުގަންނަ ކަމަށެވެ. އަދި އޭޝިއަން ކަޕުގެ ކުރިން ކޯޗުގެ މިކަހަލަ ކަންކަން އެނގުމަކީ އެކަމަށް ފާރަވެރިވާން ލިބޭ ފުރުސަތެއް ކަމަށް ވެސް އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެ އެވެ.

ސާފް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު