Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ޗެމްޕިއަންޝިޕް

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

ރާއްޖެއަށް ފުރުސަތު އޮތީ ދެ ލަނޑުގެ ތަފާތަކުން ބޫޓާން މޮޅުވެގެން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 28 ޖޫން 2023 | ބުދަ 12:02
ރާއްޖޭ ކޮޅަށް ލަނޑު ޖެހުމަށްފަހު ލެބަނަން ކުޅުންތެރިން އުފާ ފާޅުކުރަނީ

ރާއްޖޭ ކޮޅަށް ލަނޑު ޖެހުމަށްފަހު ލެބަނަން ކުޅުންތެރިން އުފާ ފާޅުކުރަނީ

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ލެބަނަން ދަތުރުކޮށް, ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެއަށް ގެއްލިއްޖެއެވެ.

މި ގޮތަށް ދިމާވީ ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ފަހު މެޗުގައި މިއަދު ލެބަނަން އަތުން ރާއްޖެ 1-0ން ބަލިވުމުންނެވެ. ކުރީ ދެ މެޗާ ޚިލާފަށް ހުރިހާ ގޮތަކުންވެސް، ރާއްޖެ ރަނގަޅަށް ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ލެބަނަންގެ ކެޕްޓަން ހަސަން މާތޫކެވެ. މި ނަތީޖާގެ ސަބަބުން ބީ ގްރޫޕުން ސެމީއަށް ދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ ބަނގްލަދޭޝްއާއި ބޫޓާން މިރޭ ކުޅޭ މެޗަށްފަހުއެވެ.

ރާއްޖެއަށް މިހާރު ސެމީ ފައިނަލްގެ ފުރުސަތު އޮތީ ވަރަށް ހަނިކޮށެވެ. ހަމައެކަނި ފުރުސަތަކީ ދެ ލަނޑަށްވުރެ ބޮޑު ތަފާތަކުން ބޫޓާން މޮޅުވުމެވެ. އެނޫން ކޮންމެ ނަތީޖާއަކުން ވެސް ރާއްޖެ ކަޓާނެއެވެ. ބަނގްލަދޭޝްއާއި ރާއްޖެ ހުރިހާ ގޮތަކުން ހަމަހަމަ ވެއްޖެނަމަ ސެމީ އަށްދާނީ ބަނގްލަދޭޝްއެވެ. ސަބަބަކީ ރާއްޖެއާއި ބަނގްލަދޭޝް ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވާތީއެވެ.

ލެބަނަންއަށް ތިން މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ. ރާއްޖެއާއި ބަނގްލަދޭޝްއަށް ތިން ޕޮއިންޓެވެ. ބޫޓާނަށް ޕޮއިންޓެއް ނުލިބެއެވެ. މިހެންވެ މި ތިން ގައުމު ތިން ޕޮއިންޓުން ހަމަހަމަވެއްޖެނަމަ ސެމީއަށް ދާނެ ޓީމެއް ކަނޑައަޅަން ޖެހޭނީ ފައިދާ ގޯލާއި ހެޑް ޓު ހެޑްއަށް ބަލައިގެންނެވެ. ފައިދާ ގޯލަށް ބަލާއިރު ބަނގްލަދޭޝްއަށް، ފައިދާ އަދި ގެއްލުން ގޯލެއްވެސް ނެތެވެ. ރާއްޖެ އޮތީ ގެއްލުން އެއް ގޯލާއެކުގައެވެ. ބޫޓާން ގެއްލުން ފަސް ގޯލާއެކުގައެވެ.

މީގެ ކުރިން މި މުބާރާތުގައި ރާއްޖެ ދަތިގޮތަކަށް ސެމީ ފައިނަލަށް ދިޔައީ 2018 ވަނަ އަހަރުއެވެ. އެ ފަހަރު ރާއްޖެއާއި ލަންކާ ހުރިހާ ގޮތަކުން ހަމަހަމަވެ، ރާއްޖެ ސެމީއަށް ދިޔައީ ގުރު ނަގައިގެންނެވެ. ނަމަވެސް ސެމީއާއި ފައިނަލް ކާމިޔާބުކޮށް، ރާއްޖެ ތަށި ހޯދިއެވެ. ނަމަވެސް މި މުބާރާތުގައި ރާއްޖެ މުބާރާތުން ކަޓައިފިނަމަ އެކަން ވާނީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ސެމީ ފައިނަލަށް ނުގޮސް ކަޓާ ފުރަތަމަ ފަހަރަށެވެ.

ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ރާއްޖެ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން ބަލިކުރިނަމަވެސް، ޕްރެޝަރަށް ދިޔައީ ބަނގްލަދޭޝް އަތުން 3-1ން ބަލިވުމުންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ލެބަނަން ވާދަކުރާނީ އިންޑިޔާ ނުވަތަ ކުވޭތާއެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދީ ކުވޭތެވެ. ދެވަނަ ހޯދީ އިންޑިޔާއެވެ.

ސާފް ޗެމްޕިއަންޝިޕްގައުމީ ހޭންޑްބޯލް ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު