Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ޗެމްޕިއަންޝިޕް

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

އަންގާރަ ދުވަހު ކުޅޭ ފައިނަލް މެޗުގައި އިންޑިޔާއާ ދެކޮޅަށް ނުކުންނާނީ ކުވޭތު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 1 ޖުލައި 2023 | ހޮނިހިރު 17:12
އިންޑިޔާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ

އިންޑިޔާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުވޭތާ ބައްދަލުކުރާ ޓީމަކަށް، ދިފާއީ ޗެމްޕިއަން އިންޑިޔާ ހޮވިއްޖެއެވެ.

އިންޑިޔާގެ ބެންގަލޫރުގެ ޝްރީ ކަންޓީރަވާ ސްޓޭޑިއަމުގައި ކުޅިބަލަން ތިބި ގާތްގަނޑަކަށް 20000 މީހުންގެ ކުރިމަތީގައި އެ ގައުމު ފައިނަލަށް ދިޔައީ، ލަނޑެއް ނުޖެހި 90 މިނިޓާއި އިތުރު ވަގުތުގެ 30 މިނިޓް ވެސް ހަމަވުމުން ޕެނަލްޓީ ޖަހައިގެން 4-2ން ލެބަނަން ބަލިކޮށްގެންނެވެ. ލެބަނަންއަކީ މުބާރާތަށް ސާކް ސަރަހައްދުން ބޭރުން ދައުވަތު ދިން ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. އަނެއް ގައުމަކީ އިންޑިޔާއާ ދެކޮޅަށް އަންގާރަ ދުވަހު ފައިނަލްގައި ކުޅޭ ކުވޭތެވެ. އެ ގައުމު ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި ބަނގްލަދޭޝް ބަލިކޮށްގެންނެވެ.

ދެ ޓީމުން ވެސް މޮޅަށް ކުޅުނު މެޗުގައި އެންމެ ފާހަގަ ކުރެވުނީ ލެބަނަންއިން، އެއްވަނަ ކީޕަރުގެ ބަދަލުގައި މި މެޗުގައި ބެންޗުގައި އިން ކެޕްޓަން އަލީ ސަބާހް ޕެނަލްޓީ ޝޫޓް އައުޓަށް ކުޅެން އެރުވުމެވެ. ނަމަވެސް އޭނާއަށް އިންޑިޔާގެ އެއްވެސް ކުޅުންތެރިއެއްގެ ޕެނަލްޓީ ދިފާއެއް ނުކުރެވުނެވެ.

އިންޑިޔާއިން ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން ސުނިލް ޗެތުރީއާއި އަންވަރު އަލީއާއި މަހޭޝްއާއި އުދަންތާ ސިންގެވެ. ލެބަނަންއިން ޕެނަލްޓީ ކާމިޔާބުކުރީ ވާލިދު ސްރޯއާއި މުހައްމަދު ސަޑެކްއެވެ. ނާކާމިޔާބުވީ ކެޕްޓަން ހަސަން މާތޫރާއި ހަލީލް ބަދްރު ޖެހި ޕެނަލްޓީއެވެ. މީގެ ތެރެއިން މާތޫރު ޖެހި ޕެނަލްޓީ އިންޑިޔާގެ ކީޕަރު ގުޕްރީތު ސިންގް ދިފާއުކުރީއެވެ. ހަލީލް ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އިންޑިޔާގެ ކޯޗު އިއަގޯ ސްޓިމަކް މި މެޗާއި ފައިނަލް މެޗަށްވެސް ސަސްޕެންޑްކޮށްފައި ހުރުމުން، ރޮސްޓްރަމްގައި އިނދެ ފޯނުން މެސެޖްކޮށްގެން ޓީމަށް އިރުޝާދުދިން މެޗުގައި އެ ގައުމުން މޮޅު ކުޅުމެއް ދެއްކިއެވެ. އަދި މިއީ އެއް މަސް ދުވަހުގެ ތެރޭގައި ލެބަނަން ބަލިކުރި ދެވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ކުޅުނު މުބާރާތް ވެސް އިންޑިޔާ ކާމިޔާބުކުރީ ފައިނަލްގައި ލެބަނަން ބަލިކޮށްގެންނެވެ.

މިދިޔަ މަހުގެ 21ން ފެށިގެން އިންޑިޔާގައި ކުޅޭ މުބާރާތުން މި ފަހަރު ރާއްޖެ ކެޓީ ކުޅުނު ތިން މެޗުންގެ ތެރެއިން ދެ މެޗުން ބަލިވެގެންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ނުގޮސް ރާއްޖެ ކެޓި ފުރަތަމަ ފަހަރެވެ. މިއާއެކު އެފްއޭއެމަށް ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައެވެ.

ސާފް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު