Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގަލްޓިއާ

ނަސްލީ ތަފާތުކުރުމުގެ ތުހުމަތުގައި ޕީއެސްޖީގެ ކޯޗު ގަލްޓިއާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރިޕޯޓުތައް ބުނާގޮތުން ގަލްޓިއާ ވަނީ ޓީމުގައި މާ ގިނަ ކަޅު ނަސްލުގެ މީހުނާއި މުސްލިމުން އުޅޭ ކަމަށް ބުނެފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 1 ޖުލައި 2023 | ހޮނިހިރު 04:12
ޕީއެސްޖީގެ ކޯޗު ގަލްޓިއާ

ޕީއެސްޖީގެ ކޯޗު ގަލްޓިއާ

ނަސްލީ ތަފާތުކުރިކަމުގެ ތުހުމަތުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ކްރިސްޓޮފް ގަލްޓިއާ އާއި އޭނާގެ ދަރިފުޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ގަލްޓިއާ ހިފަހައްޓާފައި ވަނީ އޭނާގެ ކުރީގެ ކުލަބެއްގައި ނަސްލީ ތަފާތުކުރުމުގެ ތުހުމަތުތަކެއް ކުރެވޭ މައްސަލައިގެ ތަހުގީގަށެވެ. އެކަމާ ގުޅިގެން ސުވާލުކުރުމަށް ގަލްޓިއާ އާއި އޭނާގެ ދަރިފުޅު ޖޯން ވަލޮވިޗް ގަލްޓިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޕީއެސްޖީއިން ނުކުންނަން ނިންމާފައިވީނަމަވެސް އަދިވެސް ކޮންޓްރެކްޓްގައި ހުރި ގަލްޓިއާ ވަނީ ނީސްގެ ކޯޗުކަމުގައި ހުރި އިރު ނަސްލީ އަދި މުސްލިމުންނާ ދެކޮޅު ވާހަކަތަކެއް ދެއްކި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

އާރްއެމްސީ ސްޕޯޓްސް އާއި ފްރާންސްގެ އެހެން މީޑިއާތަކުން ވަނީ ނީސްގެ ކުރީގެ ޑައިރެކްޓާ އޮފް ފުޓްބޯލް ޖޫލިއަން ފޯނިއާ އެ ކުލަބުގެ ވެރިންނަށް ލީކުކޮށްލި އީމެއިލްއާ ހަވާލާދީ ރިޕޯޓްތައް ޝާއިއުކޮށްފައެވެ. އެ ރިޕޯޓުތަކުގައި ބުނާގޮތުން ގަލްޓިއާ ވަނީ ޓީމުގައި މާ ގިނަ ކަޅު ނަސްލުގެ މީހުނާއި މުސްލިމުން އުޅޭ ކަމަށް ބުނެފައެވެ.

ފްރާންސްގެ މީޑިއާތަކަށް އޭނާގެ ގާނޫނީ ވަކީލު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިހާނެތިކޮށް އަބުރު ކަތިލާ ރިޕޯޓެއް ލިބުމުން ހައިރާންވާ ކަމަށެވެ.

ކްރިސްޓޮފް ގަލްޓިއޭޕީއެސްޖީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު