Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިން

ފްރާންސްއަށް ހާސްކަމެއް ނެތް، ނަަމަވެސް ފޭވަރިޓުންގެ ގޮތުގައި ނުދެކޭނެ

ގްރީސް ޓީމުން ދައްކާފައިވާ ކުޅުމާއި، ނެރެފައިވާ ނަތީޖާ އަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖޫން 2023 | ހޯމަ 03:08
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ޔޯރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފައިންގައި ގްރީސްއާ ދެކޮޅަށް ނުކުންނައިރު ފްރާންސް އަށް އެއްވެސް ހާސްކަމެއް ނެތް ކަމަށާއި، އެހެން ނަމަވެސް ފޭވަރިޓުންނަކީ ފްރާންސް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ޑެޝޯމްޕްސް މިހެން ބުނީ، ހޯމަ ދުވަހުގެ ރޭ ގްރީސްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ގްރީސްއާ ދެކޮޅަށް ފްރާންސް އަކީ ފޭވަރިޓުންގެ ގޮތުގައި ނުބެލުމަށް އޭނާ އެދޭ ކަމަށެވެ. އެއީ އޭނާ އަށް ވެސް ޔަގީން ނުވާ ކަމެއް ކަމަށާއި، އަބަދު ވެސް އޮންނާނީ ވިސްނުންތެރި ކަމާއެކު ކުރިއަށް ދިޔުން ކަމަށެވެ. ގްރީސް ޓީމާ ގުޅޭ ގޮތުން އޭނާ ބުނީ މިހާތަނަށް އެ ޓީމުން ދައްކާފައިވާ ކުޅުމާއި، ނެރެފައިވާ ނަތީޖާ އަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށެވެ. އެހެންކަމުން ގްރީސްއާ ދެކޮޅަށް ފްރާންސް އިން ކުޅޭ މެޗަކީ މަތީ ފަންތީގެ މެޗަކަށްވާނެ ކަމަށާއި، އެ ނޫން ގޮތަކަށް ވެއްޖެ ނަމަ ކަންބޮޑުވުން އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަކީ ހަގީގަތުގައި ވެސް ކެޕްޓަންގެ ޒިންމާ ހައްގުވާ ކުޅުންތެރިޔާ ކަމަށެވެ. އެމްބާޕޭ އަށް ކެޕްޓަންކަން ދިނުމަށް ނިންމީ ހަމައެކަނި އޭނާ ނޫން ކަމަށް ފާހަގަކޮށް ޑެޝޯމްޕްސް ބުނީ، އެއީ މުޅި ޓީމުގެ ނިންމުމެއް ކަމަށެވެ. އެމްބާޕޭ އަކީ އެންމެން ވެސް ބަލައިގަންނަ ކުޅުންތެރިޔެއްގެ ގޮތުގައި ޑެޝޯމްޕްސް ވަނީ ފާހަގަކޮށްފަ އެވެ. ކުރިއަށް އޮތް ތަނުގައި ޤައުމީ ޓީމަށް އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ވެސް ޑެޝޯމްޕްސް ދެކެ އެވެ.

ގްރީސް މެޗަށް ކުރިމަތިލާއިރު ފްރާންސް އޮތީ ކޮލިފައިން ގްރޫޕް ބީގެ އެއް ވަނައިގަ އެވެ. އެއީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެވެ. ދެ މެޗުން ހަ ޕޮއިންޓާއެކު ދެ ވަަނައިގައި އޮތީ ގްރީސް އެވެ. ތިން ވަނައިގައި އޮތް ނެދަލެންޑްސް އަށް ލިބެނީ ތިން ޕޮއިންޓެވެ. އެހެންކަމުން ގްރީސް މެޗަކީ ފްރާންސް އަށް ވަރަށް މުހިންމު މެޗަކަށް ވާނެ އެވެ. ފްރާންސް ބަލިކޮށް، ގްރީސް އަށް ޕޮއިންޓުގެ ގޮތުން އެ ޓީމާ އަރާ ހަމަކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ފްރާންސް އާއި ގްރީސް ބައްދަލު ކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ އިން 23:45 ގައެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
17 އެޕްރީލު 2017

ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

17 އެޕްރީލު 2017
ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު