Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެމިއަ ލީގު

ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

މި މެޗުން ޗެލްސީ ބަލިވީ 0-2 ގެ ނަތީޖާއަކުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 17 އެޕްރީލު 2017 | ހޯމަ 08:26
ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެންޗެސްޓާ ޔުނައިޓެޑް އަތުން 0-2 ގެ ނަތީޖާއަކުން ބަލިވެ ތާވަލުގެ އެއް ވަނައިގައި އޮތް ޗެލްސީ އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި މެޗުން ބަލިވުމާއެކު ޗެލްސީ ވަނީ އެޓީމު ދަމަހައްޓަމުން އައި ލީޑު 4 ޕޮއިންޓަށް ކުޑަވެފަ އެވެ. އެހެން ނަމަވެސް 75 ޕޮއިންޓާއެކު އަދިވެސް އޮތީ ލީގުގެ އެއްވަނަ މަގާމުގަ އެވެ. ދެވަނައިގައި 71 ޕޮއިންޓާއެކީ ޓޮޓެންހަމް އޮތްއިރު، ތިންވަނައިގައި 66 ޕޮއިންޓާއެކީ އޮތީ ލިވަޕޫލެވެ. ހަތަރުވަނައިގައި 64 ޕޮއިންޓާއެކީ މެންޗެސްޓަރ ސިޓީ އޮތްއިރު، ޔުނައިޓެޑް އޮތީ 60 ޕޮއިންޓާއެކީ ލީގުގެ ފަސްވަނައިގައެވެ.

މެންޗެސްޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ 7 ވަނަ މިނެޓުގައި ލަނޑެއްޖަހާ ލީޑު ނަގާފަ އެވެ. އެންޑާ ހެރޭރާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޯޑެވެ.

މި ލަނޑަށްފަހު ވެސް ޔުނައިޓެޑުން ދިޔައީ ޗެލްސީގެ ހާފަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ޗެލްސީގެ މައްޗަށް ޔުނައިޓެޑް ކުރީގަ އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ވެސް ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކާ މިހާފްގެ ވަރަށް ކުރީ ކޮޅު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެންޑާ ހެރޭރާއެވެ. ހެރޭރާ ފޮނުވާލި ބޯޅަ ގޯލަށް ވަދެފައިވަނީ ޗެލްސީގެ ޒޫމާ އަދި ކާންޓޭގެ ފައިގައި ޖެހި ވަރަށް ބޮޑަށް ބޯޅައިގެ މިސްރާބު ބަދަލުވެންނެވެ.

މި ގޯލަށްފަހު ޔުނައިޓެޑުން ޑިފެންސިވް ގޭމެއް ކުޅެމުންދިޔައިރު، ޗެލްސީން ދިޔައީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންނެވެ. ނަމަވެސް ޔުނައިޓެޑްގެ ގޯލަށް ޗެލްސީއަށް މާ ނުރައްކާތެރި ހަމަލާއެއް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ.

މި މެޗުން ބަލިވުމާއެކު ޗެލްސީ ވަނީ ލީގުގެ ފަސް މެޗުން ބަލިވެފަ އެވެ. އަދި މިއީ ލީގުގައި ޔުނައިޓެޑް ބަލިނުވެ ހަމަކުރި، 22 ވަނަ މެޗެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު