Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާނޭއަށް އަނިޔާވުން

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

މާނޭ ނެތްތައް ވަރަށް ބޮޑަށް ދައްކާނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 4 އެޕްރީލު 2017 | އަންގާރަ 15:21
އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށްދާން ޖެހުނު ލިވަޕޫލްގެ ފޯވާޑް މާނޭ

އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށްދާން ޖެހުނު ލިވަޕޫލްގެ ފޯވާޑް މާނޭ

ލިވަޕޫލްގެ ކުރިއަށް ކުޅެމުން އަންނަ ސެނެގަލްގެ ސެޑިއޯ މާނޭއަށް އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރިމަތިވި އަނިޔާގެ މައްސަލަ ސީރިއަސްވެ އެކުލަބުގެ ކޯޗު ޔާގެން ކްލޮޕް އަށް ނުތަނަވަސްކަން ގެނެސްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި މާނޭއަށް އަނިޔާވި ނަމަވެސް މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނެފައި ވަނީ މާނޭގެ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށެވެ.

ކޯޗްގެ އެވާހަކަތަކާއި ގުޅިގެން ބޯންމައުތާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގައި ފިޔަވައި އެހެން މެޗުތަކުގައި މާނޭ ފެންނާނެ ކަމަށް އޮތީ ބެލެވިފައެވެ.

އެވަޓަން އަތުން 3-1 ގެ ނަތީޖާ އަކުން، ލިވަޕޫލް މޮޅުވި މެޗުގައި މާނޭއަށް އަނިޔާވެފައިވަނީ އޭނާގެ ކަކުލަށެވެ. އަދި ފަރުވާ ހޯދުމަށް ސްކޭނެއް ހެނދިނަމަވެސް ކަކުލުގައި ދުޅަ ހުރުމުގެ ސަބަބުން ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ނޭނގެއެވެ.

އެވަޓަންގެ ލައިޓަން ބެއިންސް ކުރި ފައުލަ ގުޅިގެން މާނޭ ބޭލުމަށްފަހު ކުޅެން އަރުވާފައިވަނީ ޑިވޯކް އޮރީގީ އެވެ.

ލިވަޕޫލަށް ބާކީ 8 މެޗު އޮތްއިރު، މާނޭ ނެތި އެންމެ މެޗަކަށް ނުކުތުމަކީ ވެސް އެކުލަބަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.

ލިވަޕޫލްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މާނޭ ނެތްތައް ފޫބެއްދުމަށް ކުރިއަށް ހުރި މެޗުތަކުގައި ކޯޗް ކްލޮޕް ބޭނުންކުރަނީ އޮރީގީ ކަމަށް ބެލެވެއެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންގައި، ސެނާގޯލް ޓީމާއެކު މާނޭ ދިޔުމުންވެސް ލިވަޕޫލްއަށް ވަނީ އެތަން ދައްކާފައެވެ. އަދި މި އަނިޔާގެ ސަބަބުން ދިގުމުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން މާނޭއަށް ޖެހިދާނެއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

26 މާރިޗު 2017
ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު