Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރޭން ހަނގުރާމަ

ރަޝިޔާއިން ޖުލައި މަހު ބެލަރޫސްގައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބަހައްޓާނެ: ޕޫޓިން

ކުރު ރާސްތާގެ ނިއުކްލިއާ މިސައިލްތައް ބެހެއްޓުމުގެ ޕްލޭނަށް ދެބޭފުޅުން މީގެ ކުރިން ވަނީ އެއްބަސްވެވަޑައިގަންނަވާފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖޫން 2023 | ހުކުރު 13:23
ރަޝިޔާގެ ރައީސް ޕޫޓިން ބެލަރޫސްގެ ރައީސްއާއި ވާހަކަފުޅުދަައްކަވަނީ

ރަޝިޔާގެ ރައީސް ޕޫޓިން ބެލަރޫސްގެ ރައީސްއާއި ވާހަކަފުޅުދަައްކަވަނީ

ރަޝިޔާއިން ޖުލައި މަހު ބެލަރޫސްގައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބަހައްޓާނެ ކަމަށް ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާއިން ބެލަރޫސްގައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބަހައްޓަން ފަށާނީ ޖުލައި 7ން 8ށް ފެސިލިޓީތައް ތައްޔާރުކުރުމަށްފަހު ކަމަށް ރައީސް ވްލަޑިމިއާ ޕޫޓިން ހުކުރު ދުވަހު ސޯޗީގައި ބޭއްވެވި ބައްދަލުވުމެއްގައި ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯއާ ބައްދަލުކުރައްވާ ވިދާޅުވެފައިވެއެވެ.

ރަޝިއާގެ ބާރުގެ ދަށުގައި ދެމިއޮންނާނެ މޮސްކޯގެ އެންމެ ގާތް އެކުވެރިޔާގެ ސަރަހައްދުގައި ރަޝިއާގެ އެއްގަމުގައި އުފައްދާ ކުރު ރާސްތާގެ ނިއުކްލިއާ މިސައިލްތައް ބެހެއްޓުމުގެ ޕްލޭނަށް ދެބޭފުޅުން މީގެ ކުރިން ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ.

ޕޫޓިން މި ހަނގުރާމަ ސިފަކުރައްވަނީ ރަޝިޔާގެ އަމިއްލަ ދިރުމަށް ކުރާ ހަނގުރާމައެއްގެ ގޮތުގައެވެ. އޭނާ ވަނީ ރަޝިޔާ ފަހަތަށް ނުޖެހޭނެ ކަމުގެ އިންޒާރު ހުޅަނގަށް ދީފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ އެންމެ ފަހު ސިފައިންގެ މީހާ އެ ގައުމުން ނެރެގެން ނޫނީ ޔޫކްރެއިން އަށް އަރާމެއް ނޯންނާނެ ކަމަށެވެ.

ޕޫޓިންގެ ނިއުކްލިއާ ފިޔަވަޅަކީ އެމެރިކާއާއި ޔޫރަޕްގައި ހަރަކާތްތެރިވާ ނޭޓޯގެ ބައިވެރިންނާއި ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރުމަށް ތަކުރާރުކޮށް އިންޒާރުދެމުން އަންނަ ޗައިނާއިން ވެސް ވަރަށް ގާތުން ބަލަމުން އަންނަ ފިޔަވަޅެކެވެ.

1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ވެއްޓުމަށްފަހު އެމެރިކާ އާއި ރަޝިއާއިން ވަނީ ޔޫކްރެއިން، ކަޒަކިސްތާން އަދި ބެލަރޫސް ފަދަ އަލަށް މިނިވަންވި ޖުމްހޫރިއްޔަތްތަކުގައި ވެސް ބަހައްޓާފައި ހުރި ބޮޑު ސޯވިއެޓް ނިއުކްލިއާ ހަތިޔާރު ރަޝިއާއަށް އަނބުރާ ދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

1945 ވަނަ އަހަރު ޖަޕާނުގެ ސިޓީތައް ކަމަށްވާ ހިރޯޝީމާ އާއި ނާގަސާކީއަށް ދިން ހަމަލާތަކުގައި މިހާތަނަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފައިވަނީ އެމެރިކާއިން އެކަންޏެވެ.

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

މަހުޖަނު ރިޗަޑް ބްރޭންސަން ސައުދީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކޮށް 50 ރިސޯޓް ތަރައްގީ ކުރަނީ!

02 އޮކްޓޯބަރު 2017
 މަހުޖަނު ރިޗަޑް ބްރޭންސަން ސައުދީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކޮށް 50 ރިސޯޓް ތަރައްގީ ކުރަނީ!
30 ސެޕްޓެމްބަރު 2017

އެމެރިކާގެ ރައީސް ޓްރަމްޕް ނޮވެމްބަރު މަހު އޭޝިއާގެ ފަސް ޤައުމަކަށް ދަތުރު ކުރައްވާނެ

30 ސެޕްޓެމްބަރު 2017
އެމެރިކާގެ ރައީސް ޓްރަމްޕް ނޮވެމްބަރު މަހު އޭޝިއާގެ ފަސް ޤައުމަކަށް ދަތުރު ކުރައްވާނެ
28 ޖުލައި 2017

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް
21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
15 މެއި 2017

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު