Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޔުކްރެއިން އިން ރަޝިޔާ އަށް ހުށަހަޅައިފި

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ ޔުކްރެއިންގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ވަނީ އަންނަ ހަފުތާގެ ތެރޭގައި ރަޝިޔާ އާއެކު ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖުލައި 2025 | އާދީއްތަ 04:41
ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި ރަޝިޔާގެ ރައީސް ޕުޓިން

ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި ރަޝިޔާގެ ރައީސް ޕުޓިން

ރަޝިޔާ އާއި ޔުކްރެއިންއާ ދެެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްޙަވެރިކަން ޤާއިމު ކުރުމުގެ މަޝްވަރާތަަކަށް ޔުކްރެއިން އިން ރަޝިޔާ އަށް ހުށަހަޅައިފި އެވެ. 

އެކަން ހާމަ ކުރައްވާފައި ވަނީ ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ އެވެ. ޒެލެެންސްކީ ވިދާޅުވެފައި ވަނީ ސުލްޙައިގެ އައު މަޝްވަރާތަކެއް ފެށުމަށް އެ ޤައުމުން ރަޝިޔާ އަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ދެ ޤައުމުގެ ދެ މެދުގައި ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. ތުރުކީގެ ވެރި ރަށް އިސްތަންބީލުގައި މަޝްވަރާތަކުގެ ދެ ބުރެއް ކުރިއަށް ގެންދިޔަ އިރު، ހަނގުރާމައިގެ ރަހީނުން ދޫކޮށްލުމާއި، މަރުވެފައިވާ ސިފައިންގެ ހަށިގަނޑުތައް އަނބުރާ ގެންދިޔުމަށް ވަނީ އެއްބަސްވެފަ އެވެ. 

ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލު ނުވެވި، ދެ ޤައުމުގެ ދެ މެދުގައި ވަނީ އިތުރު ނުތަނަވަސްކަމެއް އުފެދިފަ އެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ އެ މަޝްވަރާތަކަށް ވެސް ހުއްޓުމެއް އައިސްފަ އެވެ. އެހެންކަމުން މިއީ މަޝްވަރާތައް ހުއްޓުނު ފަހުން، އަލުން މަޝްވަރާތައް ފެށުމަށް ހުށަހަޅާފައިވާ ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ ޔުކްރެއިންގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ވަނީ އަންނަ ހަފުތާގެ ތެރޭގައި ރަޝިޔާ އާއެކު ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައި ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ ދުވެލި އަވަސް ކުރަން ޖެހޭ ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ. 

ހަނގުރާާމަ ހުއްޓާލުމަށް ރަޝިޔާ އިން ވަނީ މި ފަހުން ހަރުކަށި އައު ޝަރުތު ތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ޔުކްރެއިންގެ އިތުރު ސަރަހައްދުތަކެއް ދޫކޮށްލުމާއި، އެ ޤައުމަށް ދެމުން އަންނަ ހުރިހާ ބާވަތެއްގެ އަސްކަރީ ހަތިޔާރުގެ އެހީތެރިކަން ދިނުން ހުއްޓާލުން ހިމެނެ އެވެ. ނަމަވެސް ޔުކްރެއިން އިން ވަނީ އެ ޝަރުތުތައް ބަލައި ނުގަންނާނެ ކަމަށް ބުނެފަ އެވެ. އަދި ހަނގުރާާމަ ހުއްޓާލަން ވާނީ އެއްްވެސް ޝަރުތެއް ނެތި ކަމަށް ބުނެފައިވެ އެވެ. 

ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިޔާ އަށް 50 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ހަނގުރާމަ ހުއްޓާ ނުލައިފި ނަމަ، ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފަ އެވެ. އެއާއެކު ރަޝިޔާ އިން ވަނީ، އެ ޤައުމުން މަޝްވަރާތަކަށް ތައްޔާރު ކަމަށް ހާމަކޮށްފަ އެވެ. 

ނޭޓޯގެ އެހީތެރިކަމާ އެކު ޔުކްރެއިން އަށް އިތުރު އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެމެރިކާ އިން ވެސް އަންނަނީ ކުރަމުންނެވެ. މި ދަނޑިވަޅުގައި ވެސް ރަޝިޔާ އިން އަންނަނީ ޔުކްރެއިން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު