Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށާއި، ޔުކްރެއިންގެ ރައީސް ޒެލެންސްކީ އެކަން ކޮށްގެން ނުވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖުލައި 2025 | ބުދަ 08:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ޔުކްރެއިން އިން ރަޝިޔާގެ ވެރި ރަށް މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފައިނޭންޝަލް ޓައިމްސްގައި ބުނެފައި ވަނީ އެމެރިކާ އިން ޔުކްރެއިން އަށް ފޯރުކޮށްދޭ ދުރު ރޭންޖުގެ މިސައިލް ބޭނުން ކޮށްގެން ރަޝިޔާގެ މޮސްކޯ އަށް ހަމަލާ ދިނުމަށް ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ އަންގަވާފައިވާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށާއި، ޔުކްރެއިންގެ ރައީސް ޒެލެންސްކީ އެކަން ކޮށްގެން ނުވާނެ ކަމަށެވެ. ހަމަ އެހެންމެ، ޔުކްރެއިން އަަށް ދުރު ރޭންޖުގެ އެއްވެސް މިސައިލެއް ދިނުމުގެ ވިސްނުން ނުގެން ގުޅޭ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ފައިނޭންޝަލް ޓަައިމްސްގެ އެ ރިޕޯޓުގައި ބުނެފައި ވަނީ، ޖުލައި ހަތަރު ވަނަ ދުވަހު ޓްރަމްޕް އާއި ޒެލެންސްކީ ވާހަކަ ދައްކައި މަޝްވަރާ ކުރެއްވިއިރު، އެޓެކްއެމްއެސް މިސައިލްތައް ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ޒެލެންސްކީއާ ޓްރަމްޕް އެ ވާހަކަ ދައްކަވާފައި ވަނީ، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ވާހަކަ ދެއްކެވި ދުވަހުގެ ފަހު  ދުވަހު އެވެ. 

އެކަމާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލެވިޓް ވިދާޅުވީ، ފައިނޭންޝަލް ޓައިމްސްގެ އެ ރިޕޯޓަކީ ހަމައެކަނި ސަމާލުކަން ހޯދުމާއި، "ގިނަ ލައިކްސް" ހޯދުމަށް އާންމު ކޮށްފައިވާ ރިޕޯޓެއް ކަމަަށެވެ. އަދި ރައީސް ޓްރަމްޕް އެ ވާހަކަތައް ދަައްކަވާފައި ވަނީ ހަމައެކަނި ސުވާލެއްގެ ގޮތުގައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ ޓްރަމްޕް މަސައްކަތް ކުރައްވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށެވެ. 

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑަައިގެންނެވި ފަހުން ޓްރަމްޕް ގެންދަވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ. ދައުރުގެ ފުރަތަމަ ކޮޅުގައި ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ޓްރަމްޕްއާ ދެމެދު ނުތަނަވަސްކަން އުފެދުނު ނަމަވެސް، ފަހުން ވަނީ ދެ ބޭފުޅުން މަޝްވަރާ ކުރައްވައި ޚިޔާލު ބަދަލު ކޮށްފަ އެވެ.

ޑޮނަލްޑް ޓްރަމްޕްވުލެޑިމިއަރ ޒެލެންސްކީމޮސްކޯޔުކްރެއިންރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު