Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ރަޝިޔާ

ޚާމަނާއީގެ އިސް އެޑްވައިޒަރަކާ ޕުޓިން ބައްދަލު ކުރައްވައިފި

21 ޖުލައި 2025 | ހޯމަ 07:33

ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް ވިދާޅުވެފައި ވަނީ، އެ ބައްދަލުވުމުގައި މެދު އިރުމަތީގެ ހަލަބޮލި ކަމާއި، އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2025 | ހޯމަ 07:33
އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި ރަޝިޔާގެ ރައީސް ޕުޓިން

އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި ރަޝިޔާގެ ރައީސް ޕުޓިން

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިސް އެޑްވައިޒަރަކާ، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ބައްދަލު ކުރައްވައިފި އެވެ.

މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޕުޓިން ބައްދަލު ކުރައްވާފައި ވަނީ، ޚާމަނާއީ އަށް ލަފާދޭ އިސް އެޑްވައިޒަރެއް ކަމަށްވާ އަލީ ލަރިޖާނީއާ އެވެ. އެ ބައްދަލުވުން އޮތީ އާދީއްތަ ދުވަހު ރަޝިޔާގެ ރިޔާސީ ގަނޑުވަރުގައި ކަމަށް ވެސް ބުނެފައިވެ އެވެ. 

އެ ބައްދަލުވުމުގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާާމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެެވެ. އެކަމާ ގުޅިގެން ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް ވިދާޅުވެފައި ވަނީ، އެ ބައްދަލުވުމުގައި މެދު އިރުމަތީގެ ހަލަބޮލި ކަމާއި، އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

މީގެ އިތުރުން ސަރަހަައްދުގެ ހަމަޖެހުމާއި، އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ރަޝިޔާގެ ސިޔާސަތުތައް ވެސް ހިއްސާ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ރަޝިޔާ އަކީ އީރާންއާ ގާތް ގުޅުމެއް އޮންނަ ޤައުމަކަށް ވީ ނަމަވެސް، ޖޫން މަހު އިސްރާއީލް އިން އީރާނަށް ދިން ހަމަލާތަކުގައި ރަޝިޔާގެ އެއްބާރުލުން ނުވަތަ އެހީތެރިކަން އީރާން އަށް ލިބިފައި ނުވާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް، އީރާނާއި ރަޝިޔާއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކަމަށް ބުނެފައިވެ އެވެ. ޕުޓިން އާއި ޚާމަނާއީގެ އެޑްވައިޒަރުގެ ބައްދަލުވުން ބާއްވާފައި ވަނީ އިނގިރޭސިވިލާތް، ފްރާންސ އަދި ޖަރުމަނުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންދަން ރާވަމުނ އަންނަ ދަނޑިވަޅެއްގަ އެވެ.

އީރާންގެ ތަަސްނީމް ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާން އިން ވަނީ އެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެއްބަސްވެފަ އެވެ. އީރާން އިން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަޤުސަދެއް ނެތް ކަމަށާއި، ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ހަކަތަ ބޭނުން ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް