Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކިރާ ނުލާ ބަޓަރު

ކިރު ފޮދަކާ ނުލާ، ފެނާއި ވައިގެ ތެރެއިން ބަޓަރު؟

ޒަމާނުއްސުރެ ކުރަމުން އަންނަ ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ބޭނުންވާ ފެނުގެ މިންވަރަށް ބަލާއިރު، އޭގެ 1000 ބައިކުޅަ 1 ބައި ހާ ފެނުން، ސޭވަރގެ އުފެއްދުންތައް ތައްޔާރުކޮށްލެވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 ޖުލައި 2024 | އާދީއްތަ 09:37
މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާއަށް ބަލާއިރު، ސޭވަރގެ މަސްނޫއީ ބަޓަރާއި، ޖަނަވާރު ކިރުން ތައްޔާރު ކުރާ ބަޓަރުގެ ރަހަ ވަކި ނުކުރެވޭހާ އެއްގޮތް

މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާއަށް ބަލާއިރު، ސޭވަރގެ މަސްނޫއީ ބަޓަރާއި، ޖަނަވާރު ކިރުން ތައްޔާރު ކުރާ ބަޓަރުގެ ރަހަ ވަކި ނުކުރެވޭހާ އެއްގޮތް

އީޖާދީ ޚިޔާލުތަކާއި އިންޤިލާބީ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހިގެންދާ ކޮންމެ ފަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ސަމާލުކަން އެކަމަކަށް ހުއްޓުވާލާ ކަމަކަށް އޮންނަނީ ވެފައެވެ. ދައްކަން މި އުޅެނީ އެކަހަލަ ކަމެއްގެ ވާހަކައެވެ. އެފަދަ، އިންޤިލާބީ ޚިޔާލެއްގައި ޙަޤީޤީ ކުލަޖެހިގެން ދިޔަ ގޮތުގެ ވާހަކައެވެ. މި އުފެއްދުމުގެ ބާނީއަކީ، މަޝްހޫރު ވިޔަފާރި މަހުޖަނު، ބިލް ގޭޓްސްގެ އެހީތެރިކަމާއެކު ހިންގާ އައު ވިޔަފާރިއެކެވެ. ކެލިފޯނިއާގައި މަރުކަޒުކޮށްގެން ހިންގާ ސޭވަރ ކުންފުނީގެ އާދަޔާ ޚިލާފު އުފެއްދުމަކީ ބަޓަރެވެ. މިހެން ބުންޏަސް، މި ދައްކަނީ އާދައިގެ ގޮތަކަށް އުފައްދާ ބަޓަރެއްގެ ވާހަކައެއް ނޫނެވެ.

އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްމެހެން، ބަޓަރަކީ ކިރުގެ އުފެއްދުމެއްކަން އެނގޭނެއެވެ. ނަމަވެސް ސޭވަރގެ ބަޓަރު ތަފާތެވެ. ސޭވަރގެ ބަޓަރު އުފައްދަނީ ފަހަރެއްގައި ކިރު ފޮދެއްގެ މިންވަރުވެސް ބޭނުން ކޮށްގެންނެއް ނޫނެވެ. މި ޚިޔާލު އުފެދި، ތަނަވަސްވެގެން ދިޔައީ ކާބަންޑައިއޮކްސައިޑްއާއި ހައިޑްރޮޖަން  ބޭނުންކޮށްގެން ބަޓަރު ޒާތުގެ އެއްޗެއް އުފެއްދިދާނެ ކަމަށް ޤަބޫލު ކުރެވެން ފެށި ހިސާބުންނެވެ. މިންހެޔޮ ކާނާގެ ބައިތަކުގެ ތެރޭގައި ފެޓްސްގެ ބަޔަކީ ހިއްސާ ކުޑަ ބައެއް ނޫނެވެ. ފެޓްސްގެ ގޮތުގައި ކެއިންބުއިމުގައި އެންމެ ގިނައިން ބޭނުން ކުރެވޭ އެކައްޗަކީ ބަޓަރު ކަމުގައި ވާ އިރު، ސޭވަރގެ އާދަޔާ ޚިލާފު ބަޓަރު އުފެއްދުމުގެ ޚިޔާލު ފައްކާވެގެން އައީ ކާބަންއާއި ހައިޑްރޮޖަން އެޓަމްތަކުގެ ޗޭނުތަކުން ފެޓްސްގެ މާއްދާ އުފެދޭ ނަޒަރިއްޔާގެ ތެރެއިންނެވެ.

ޒުވާން ކުންފުންޏެއް ކަމަކު، ސޭވަރއިން ވަނީ ފެޓް މޮލެކިއުލްތައް އުފައްދާނެ ތަރމޯކެމިކަލް ޕްރޮސެސްގެ ޕޭޓަންޓް ރައިޓްސް ހޯދާފައެވެ. އެ ޕޭޓަންޓްގެ އެހީގައި ސޭވަރ އިން ދަނީ ޖަނަވާރުގެ ކިރު އެކުލެވިގެން ނުވާ ކިރާއި، ބަޓަރާއި، ޗީޒް އަދި އައިސްކްރީމް ފަދަ ކިރުގެ އުފެއްދުންތައް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޖަނަވާރުގެ ކިރު އެކުލެވިގެން ނުވާ މި އުފެއްދުންތަކަކީ ބަލާލާ ބެލުމަށް، އާންމު އުފެއްދުންތަކާ އެއްގޮތް އުފެއްދުންތަކެކެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. ރަހަވެސް ހަމަ އެފަދައެވެ. ސޭވަރގެ އީޖާދީ މަރުހަލާގެ ތެރެއިން ޖައްވު ހޫނުކުރާ ވިހަ ގޭސްތަކެއް ބޭރުވެގެންނެއް ނުދެއެވެ. މި އުފެއްދުންތައް އުފެއްދުމަށްޓަކައި ނަޢަމްސޫފި ގެންގުޅޭނެ ދަނޑުބިންތަކެއް ބޭނުމެއް ނުވެއެވެ. ޒަމާނުއްސުރެ ކުރަމުން އަންނަ ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ބޭނުންވާ ފެނުގެ މިންވަރަށް ބަލާއިރު، އޭގެ 1000 ބައިކުޅަ 1 ބައި ހާ ފެނުން، ސޭވަރގެ އުފެއްދުންތައް ތައްޔާރުކޮށްލެވެއެވެ. ޖަނަވާރުތަކުން ނަގާ ފެޓްސްގެ މާއްދާއިން ތައްޔާރު ކުރާ އުފެއްދުންތަކުން ބޭރުވާ ކާބަން ފުޓްޕްރިންޓަށް ވުރެ، މަސްނޫއީ ފެޓްސްގެ އުފެއްދުންތަކުގެ ކާބަން ފުޓްޕްރިންޓް، ނިސްބަތުން މާ މަދެވެ.

މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާއަށް ބަލާއިރު، ސޭވަރގެ މަސްނޫއީ ބަޓަރާއި، ޖަނަވާރު ކިރުން ތައްޔާރު ކުރާ ބަޓަރުގެ ރަހަ ވަކި ނުކުރެވޭހާ އެއްގޮތެވެ. ނަމަވެސް އަހަރެމެންގެ ކާމޭޒު މައްޗަށް އެއިން ބަޓަރުކޮޅެއް އަރާވަރު ވާނީ އަދި ދުވަސްތަކެއް ފަހުން ކަމަށް ބެލެވެއެވެ. ސޭވަރ ކުންފުނިން ބުނާ ގޮތުގައި، އާންމު އުސޫލުން މި ބަޓަރު ވިއްކަން ފެށުމާ ދެމެދު އަދި ފުދޭވަރެއްގެ ރާސްތާއެއް އެބައޮތެވެ.

ސޭވަރގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކެތުލީން އެލެކްޒޭންޑަރ ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ، އާންމު އުސޫލުން ބަޓަރު ވިއްކުމަށް ރެގިއުލޭޓަރުންގެ އަތުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތެވެ. 2025 ވަނަ އަހަރުގެ ކުރިން، ސޭވަރގެ ބަޓަރުކޮޅެއްގެ ރަހަ ބަލައިލަން ލިބުން ނާދިރުކަން، ކެތުލީންގެ ވާހަކަތަކުން އެނގެއެވެ.

މައިކްރޮސޮފްޓްގެ ބާނީ އަދި އެކި ދާއިރާތަކުން މަޝްރޫޢުތައް ހިންގުމަށް ގިނަ ޚަރަދުތަކެއް ކުރަމުން އަންނަ މަހުޖަނު، ބިލް ގޭޓްސްވެސް ދާދި ފަހުން ވަނީ ސޭވަރ ކުންފުނީގެ ބަޓަރުގެ ވާހަކަ، އޭނާގެ ބްލޮގްގައި ހިއްސާކޮށްފައެވެ. ލެބްތަކުގައި އުފައްދާ ނަކަލީ ނުވަތަ މަސްނޫއީ އުފެއްދުންތައް ތަޖުރިބާކުރުމަށް އިންސާނީ ޙަޟާރާތުން ހިސާބަކަށް ފަސްޖެހިފައި އޮތް އަދުގެ ދުނިޔޭގައި، އަސްލު ބަޓަރުގެ ރަހައާ ތަފާތެއް ނެތް ސިންތެޓިކް ބަޓަރެއް ސޭވަރއިން ގެނެސްދޭ ކަމީ ކޮންމެކޮންމެ ކުންފުންޏަކަށް ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަންވެސް އެ ޕޯސްޓްގައި ގޭޓްސް ވަނީ ފާހަގަކޮށްފައެވެ.

ގޭޓްސް ވަނީ ސޭވަރ ކުންފުނިން ބަޓަރު އުފައްދާ ގޮތްވެސް ކޮންމެވެސް ވަރަކަށް ތިލަކޮށްދީފައެވެ. ޖަނަވާރާއި ގަސްގަހާގެހީގެ އެއްވެސް މިންވަރެއް ބޭނުން ކުރުމެއް ނެތި، ސޭވަރއިން ބަޓަރު އުފައްދަނީ ވައިގެ ތެރޭގައި ދައުރުވަމުންދާ ކާބަންޑައިއޮކްސައިޑް އަދި ފެނުގައި ދައުރުވާ ހައިޑްރޮޖަން "އަތުލައިގަނެގެން"ނެވެ. އެ މާއްދާތައް ހޫނު ކުރުމަށްފަހު އޮކްސިޑައިޒް ކުރެއެވެ. އެހާ ހިސާބުން، އޭގައި އެކުލެވީ ފެޓީ  އެސިޑްގެ ބައިތައް ވަކިވަކިވާން ފަށައެވެ. އެއަށްފަހު ފެޓްސްގެ މާއްދާއަށް އެ ބަދަލުކޮށްލައެވެ.

އިތުރުވަމުން އަންނަ އިންސާނީ ޙަޟާރާތުގެ އަހުލުވެރިން ބަނޑުފުރާ މުއްތި ކުރުމަށްޓަކައި ޖަނަވާރާއި ގަސްގަހާގެހީގެ މަސްދަރުން ބޭރުން ވަސީލަތްތަކެއް ހޯދަންޖެހޭކަން ގޭޓްސް ވަނީ ފާހަގަކޮށްފައެވެ. އެއީ ކާބަން ފުޓްޕްރިންޓް ކުޑަ ކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަން އޭނާ ފާހަގަ ކުރެއެވެ. ނަޢަމްސޫފި ގެންގުޅުމުގެ ސިނާޢަތަކީ ދުނިޔެތެރެއަށް ބޭރުވެގެންދާ ޖައްވު ހޫނުކުރާ ވިހަ ގޭސްތަކުގެ 14.5 ޕަސެންޓް ހިއްސާ ކުރާ ސިނާޢަތެކެވެ. އިޚްތިޔާރެއް ނުހޯދައިފިނަމަ، އެ ޢަދަދު އަދިވެސް ދާނީ އިތުރުވަމުންނެވެ.

ސޭވަރގެ މި އާދަޔާ ޚިލާފު އުފެއްދުން، އާންމު ފިހާރަތަކުގެ ހަރުގަނޑުތަކާ ހިސާބަށް ގެނެސްދިނުމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، އަތްފޯރާ އަގަކަށް އެ ބަޓަރުގެ އަގު ތިރިކުރުން ކަމަށް ގޭޓްސް ވަނީ ބުނެފައެވެ. ވީހާވެސް ގިނަ ބަޔަކަށް ސޭވަރގެ އުފެއްދުން ލިބޭނެ ގޮތް ހެދުމަކީ ގިރާކުރަންޖެހޭނެ ބޮޑު ގޮންޖެހުމެކެވެ. އަމާޒަކީ ޖަނަވާރުގެ ކިރުން އުފައްދާފައި ހުންނަ ބަޓަރާ އެއް އަގެއްގައި ނުވަތަ އެއަށްވުރެވެސް ހެޔޮ އަގެއްގައި، ސޭވަރގެ ބަޓަރު ގަންނަން ލިބޭވަރު ކުރުމެވެ.

ކާބަންޑައިއޮކްސައިޑްއާއި ހައިޑްރޮޖަން ބޭނުންކޮށް އުފައްދާފައިވާ ސިންތަޒައިޑް ބަޓަރަކީ ހަމަ ފެށުމެކެވެ. މާ ދުރުނޫން މުސްތަޤުބަލެއްގައި، ކިރާއި، ޗީޒް އަދި އައިސްކްރީމް އުފައްދަންވެސް ސޭވަރ ކުންފުނިން ވަނީ އާމާޒު ހިފާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީދޭވީގެ މަރަކީ ރާވައިގެން ހިންގި މަރެއްކަމަށް ބެލެވޭ: ކުރީގެ އޭސީޕީ

ސްރީދޭވީގެ މަރަކީ ރާވައިގެން ހިންގި މަރެއްކަމަށް ބެލެވޭ: ކުރީގެ އޭސީޕީ

20 މެއި 2018
ރިއްފަތުގެ އާ ވީޑިއޯ ލަވައިގެ ޓްރެއިލާ ނެރެފި

ރިއްފަތުގެ އާ ވީޑިއޯ ލަވައިގެ ޓްރެއިލާ ނެރެފި

08 މާރިޗު 2018
ޔުނިވާސަލް ގޮވައިގެން އެންރީކޭ ކޯޓަށް

ޔުނިވާސަލް ގޮވައިގެން އެންރީކޭ ކޯޓަށް

29 ޖެނުއަރީ 2018
ފޭނުން ގެއްލުނުކަމުގައި ވިއަސް ޓްރަމްޕަށް ފާޑުކިޔުން ހުއްޓައެއް ނުލާނަން: އެމިނެމް

ފޭނުން ގެއްލުނުކަމުގައި ވިއަސް ޓްރަމްޕަށް ފާޑުކިޔުން ހުއްޓައެއް ނުލާނަން: އެމިނެމް

27 ޖެނުއަރީ 2018
 އެޑިލްގެ ލަވައާ އެކު ދިވެހި ލަވައިގެ އިންޑަސްޓްރީއަށް އިންޒާރެއް

 އެޑިލްގެ ލަވައާ އެކު ދިވެހި ލަވައިގެ އިންޑަސްޓްރީއަށް އިންޒާރެއް

22 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު