Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މީހުން ރަހީނުކޮށް ފޭރުން

މާލޭގައި މީހުން ރަހީނުކޮށްގެން ފޭރެން ބޭނުންކުރާ ގެއެއް، އިސްކޮށް އުޅޭކަމަށް ތުހުމަތު ކުރެވެނީ ދެމައިންނަށް

އެމީހުން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، ކޯޓު އަމުރުން އެނގޭ ގޮތުގައި މި ކަމުގައި އިސްކޮށް ޙަރަކާތްތެރިވަނީ ދެމައިންނަށެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 ޖުލައި 2024 | އާދީއްތަ 07:58
ރާއްޖޭގައި ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި

ރާއްޖޭގައި ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި

ފޭރުމާއި ރަހީނު ކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، މާލޭގައިވެސް މީހަކު ރަހީނުކޮށް އެމީހާގެ އަތުން ފޭރުނުކަމަށް ތުހުމަތު ކުރެވޭ ބަޔަކު މިވަނީ ހައްޔަރުކޮށްފައެވެ. އެ ބިރުވެރި ޙާދިސާ ދިމާވީ ހއ.އަތޮޅު އިހަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ރިޟްވާނަށެވެ.  

މއ މަސްފަން ގެއަށް މީހަކު ވައްދައި ފޭރުނު މައްސަލައިގައި 35 އަހަރާއި، 37 އަހަރާއި އަދި 26 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އެމީހުންނަކީ މއ މަސްފަން ގައި ދިރިއުޅޭ މީހުންނެވެ.

އޭގެ އިތުރުން، މި މައްސަލައިގައި އޮޅުވާލައިގެން މީހުން ގެއަށް ވެއްދުމުގައި ޙަރަކާތްތެރިވާ 43 އަހަރުގެ އަންހެން މިހާ މިހާރު ހުރީ ތަހުޤީގު ނިމެންދެން ބަންދުކޮށްފައެވެ. އެކަން ފުލުހުން ކަށަވަރު ކޮށްދެއެވެ. އޭނާއަކީ މީގެ ކުރިންވެސް ހަމަ މި ބާވަތުގެ ކުށްތަކުގައި ހައްޔަރު ކޮށްފައިވާ މީހެކެވެ.

ރިޟްވާން ބުނީ، އޭނާ ދިލްބަހާރު މަގުގައި ހުރި ގެއެއްގެ ކައިރީގައި ހުއްޓައި ދެބައި އުމުރުގެ އަންހެނަކު ގޮވާލާފައި، ގޭގައި އިން ބޮތްކެއް ބަދަލު ކޮށްލުމަށް އޭނާއަށް އެހީތެރިވެ ދިނުމަށް އެދުނު ކަމަށެވެ.

އެހެންކަމުން އޭނާ އެ ގެއަށް ދިޔައެވެ. ނަމަވެސް ގެއަށް ވަދެވުމާއެކު އަންހެން މީހާ ވަނީ ގޭގެ ދޮރު ތަންޑު އަޅުވާފައެވެ. އެހިސާބުން ދެ ފިރިހެނުން ނުކުމެ، އޭނާ ބިންމައްޗަށް ވައްޓާލުމަށްފަހު އަނިޔާ ކުރަން ފެށިއެވެ. އަދި އޭނާއަށް ބިރު ދައްކައި ފޭރުމަށް މަސައްކަތް ކުރިއެވެ.

އެއަށްފަހު ފޯނާއި ވޮލެޓު އަތުލައި، އޭނާގެ އެކައުންޓުން 20،000 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފަރ ކޮށްފައިވެއެވެ.

އެއަށްފަހު އެމީހުން އެންގީ އޭނާގެ ކޭޝްކާޑުގެ ޕާސްވޯޑު މިކަމުގައި ހިމެނޭ އަންހެން މީހާއަށް ދިނުމަށެވެ.

ދޮޅު ގަޑިއެއްހާއިރު އޭނާ އެމީހުންގެ ބާރުގެ ދަށުގައި ހުންނަން ޖެހުނެވެ. އޭނާ އެތަނުން ނުކުމެވޭތޯ ކުރިހާ މަސައްކަތް ވީ ނާކާމިޔާބެވެ. އޭގެ ބަދަލުގައި އޭނާއަށް ލިބުނީ ބޮޑެތި އަނިޔާތަކެކެވެ. އެގޮތުން އެމީހުން ވަނީ އޭނާއަށް ވަޅިން ބިރު ދައްކައި، ބަރަހަނާކޮށް، ކަރުގެ މައްޗަށް ފައިންވެސް އަރާފައެވެ.

ރާއްޖެއެމްވީއަށް އޭނާ ކިޔާދިން ގޮތުގައި އެ އަންހެން މީހާ ލާރި ނަގަން އޭޓީއެމްއަށް ދިޔައީވެސް މޫނު ބުރުގާ އަޅައިގެންނެވެ.

އޭނާ ބުނީ އެ ތަނުގައި ހަމަ އެމީހުންގެ ބައިވެރިވުމާއެކު އެފަދަ އިތުރު ޙާދިސާތައް ހިނގާފައިވާކަމަށް ފަހުން މައުލޫމާތު ލިބުނުކަމަށެވެ.  

އޭނާ ވަނީ އެތަނުން ސަލާމަތް ވެވޭތޯ އަނިޔާކުރި މީހުންނާ "ޑީލެއް ހެދޭތޯ" ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާއަށް އެތަނުން ނުކުމެވޭ ވަރުވީ އެމީހުން އޭނާގެ ކާޑު ބޭނުންކޮށްގެން ފައިސާ ނަގައި، ޖުމުލަ 40،000ށް ވުރެ ގިނަ ރުފިޔާ އޭނާ އަތުން ފޭރުމަށްފަހުއެވެ.

އޭނާ ދޫކޮށްލުމަށްފަހު އެމީހުން އޭނާއަށް ދިނީ އިންޒާރެކެވެ. އޭރު އޭނާއަށް އެތައް އަނިޔާތަކެއްވެސް ހުރީ ކޮށްފައެވެ.

އެތަނުގެ އެތެރޭގައި ކެމެރާއެއްވެސް ހުއްޓެވެ. އެމީހުން ވަނީ އެއްވެސް ހިސާބަކުން އެމީހުންގެ ވާހަކަ ދައްކައިފިނަމަ އޭނާގެ ބަރަހަނާ މަންޒަރުތައް ލީކު ކޮށްލާނެކަމުގެ އިންޒާރު ދީފައެވެ.

އެމީހުން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، ކޯޓު އަމުރުން އެނގޭ ގޮތުގައި މި ކަމުގައި އިސްކޮށް ޙަރަކާތްތެރިވަނީ ދެމައިންނެވެ.

"މައްސަލައިގައި ހިމެނޭ ކުށް ކުރުމުގައި ޝާމިލް ވަނީ މަންމައަކާއި ދަރިއެއްކަމަށް ގިނަ ހައްޔަރު/ބަންދު ލޮގްތަކުން ސާފުވޭ"ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އަދި އެ ގެއަކީވެސް އެފަދަ ކުށް ކުރުމަށް ތަކުރާރުކޮށް ބޭނުން ކުރާ ތަނެއްގެ ގޮތުގައި ފާހަގަވެފައިވާކަންވެސް ކޯޓު އަމުރުން އެނގެއެވެ.

"މި މައްސަލައިގައި ހިމެނޭ މއ މަސްފަން ގެޔަކީ ތަކުރާރުކޮށް، މީހުން އެކި ބޭނުންތަކުގައި އެ ގެއަށް ވެއްދުމަށްފަހު އެ ފަރާތްތަކަށް ބިރު ދައްކާ ފޭރުމުގެ ރެކޯޑު އޮތް ތަނެއް"،ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތުވާ ފަރާތްތަކުން މއ މަސްފަން ގެ ކައިރީގައި ޙަރަކާތްތެރިވާކަން ސީސީޓީވީ ފުޓޭޖުތަކުން އެނގޭ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުންވެސް މިހާރު ވަނީ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ފޮޓޯ އައިޑެންޓިފިކޭޝަން ހަދާފައެވެ.  

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގެފުޅާއި މަސްޖިދުލްހަރާމްގައި ހުވަނދުލުމަށް ދުވާލަކު 60 ކިލޯގެ އަތަރު ބޭނުންކުރާކަން އެނގޭތަ؟

ގެފުޅާއި މަސްޖިދުލްހަރާމްގައި ހުވަނދުލުމަށް ދުވާލަކު 60 ކިލޯގެ އަތަރު ބޭނުންކުރާކަން އެނގޭތަ؟

05 މެއި 2021
ތަރައްގީއަކީ ވޯޓު ހޯދަން ބޭނުންކުރާ ހަތިޔާރަކަށް ނުހަދަމާ!

ތަރައްގީއަކީ ވޯޓު ހޯދަން ބޭނުންކުރާ ހަތިޔާރަކަށް ނުހަދަމާ!

16 އެޕްރީލު 2021
ޑީއެންއޭ އަކީ ތަންތަނަށް އަރަން ބޭނުންކުރާ ހަރުގަނޑެއް ނޫނެވެ.

ޑީއެންއޭ އަކީ ތަންތަނަށް އަރަން ބޭނުންކުރާ ހަރުގަނޑެއް ނޫނެވެ.

09 މާރިޗު 2021
ޓްރަމްޕް މަގާމަށް ކުފޫ ހަމަނުވާކަން ސާބިތުކުރުމަށް ބޭނުންކުރާ އެމެންޑްމަންޓް 25 އަކީ ކޮބާ؟

ޓްރަމްޕް މަގާމަށް ކުފޫ ހަމަނުވާކަން ސާބިތުކުރުމަށް ބޭނުންކުރާ އެމެންޑްމަންޓް 25 އަކީ ކޮބާ؟

07 ޖެނުއަރީ 2021
ރާއްޖޭގެ އާބާދީ ފަސް ލައްކައިން މައްޗަށް، 40 އިންސައްތަ ދިރިއުޅެނީ މާލޭގައި!

ރާއްޖޭގެ އާބާދީ ފަސް ލައްކައިން މައްޗަށް، 40 އިންސައްތަ ދިރިއުޅެނީ މާލޭގައި!

13 އޮކްޓޯބަރު 2020

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު