Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތަރުޖަމާނު ސީރީސް

ރާއްޖެޓީވީގެ އެނިމޭޓެޑް ސިޔާސީ ސީރީސް "ތަރުޖަމާނު" އަށް އާންމުންގެ ބޮޑު ތަރުހީބެއް

"ތަރުޖަމާނު" ސީރީސް އަކީ އެއިރެއްގައި އެންމެ ހިނގާ ސިޔާސީ ކަންކަމާއި ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު އަރާ ނޫސްވެރިންގެ ސުވާލަށް ޖަވާބުދޭގޮތަށް ހަދާފައިވާ އެނިމޭޓެޑް ސީރީސްއެކެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޖުލައި 2024 | އާދީއްތަ 14:10
ތަރުޖަމާނު ސީރީސްގެ ތެރެއިން އަތަމަނަ ހުރާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ތަރުޖަމާނު ސީރީސްގެ ތެރެއިން އަތަމަނަ ހުރާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެއިރެއްގައި އޮންނަ ސަރުކާރުގެ ކަންކަން އާންމުންނާ ހަމައަށް ޝައުގުވެރިކަމާއެކު ގެނެވޭނެ އެއްގޮތަކީ އެނިމޭޓް ކޮށްފައި ދެއްކުމެވެ. މީގެ ކުރިންވެސް ބައެއް ކަންކަން މި ބީދައިން ގެނެސްފައިވެއެވެ. ނަމަވެސް މިފަހަރު ރާއްޖެޓީވީގެ ޓީމުން އާންމުންނާ ހަމައަށް ދޫކޮށްލީ ތަފާތު އެނިމޭޓެޑް ސީރީސްގެ ބައެކެވެ. "ތަރުޖަމާނު" ސީރީސްއަކީ ސަރުކާރަކުން ރައްޔިތުން އެންގެން ބޭނުންވާ ކަންކަން ބެލުންތެރިން ޝައުގުވެރިވާނެ ގޮތަކަށް ގެނެސްދޭ ސީރީސްއެކެވެ.

މިއީ ރާއްޖެޓީވީގެ އަމިއްލަ އުފެއްދުމެކެވެ. މި ސީރީސްގެ ފުރަތަަމް އެޕިސޯޑް ދައްކާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 10:30ގައެވެ. މި އެޕިސޯޑުގައި ރައްޔިތުން އެންމެ ބޮޑަށް އެނގެން ބޭނުންވެފައިވާ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ.

މި ޕްރޮގްރާމް ރާއްޖެ ޓީވީން ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ ރޭ 10:30 ގައެވެ. ނަމަވެސް މިދިޔަ ހަފްތާގެ ޕްރޮގްރާމު ހޮނިހިރު ދުވަހު ދެއްކީ ހުކުރު ދުވަހުގެ ރޭ މިނިވަންދުވަހުގެ ޖަލްސާ ލައިވްކުރުމުންނެވެ.

30 މިނެޓުގެ މި ސީރީސްގެ އެޕިސޯޑުގެ ތެރެއިން ހޮނިހިރު ދުވަހުގެ "ތަރުޖަމާނު" އެޕިސޯޑުގައި ދައްކާފައިވަނީ އަތަމަނަ ހުރާގެ ނޫސްވެރިންގެ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ނޫސްވެރިންގެ މައިގަނޑު ސުވާލުތައް އަމާޒުކޮށްފައިވަނީ ސަރުކާރުން ނިންމާފައިވާ ނިންމުންތަކާއި، ގަރުދިޔައާއި ބަތް ކާންޖެހޭނެކަމަށް ސަރުކާރުން ދެއްކި ވާހަކައާއި އަދިވެސް އިތުރު ކަންކަމުގެ މައްޗަށެވެ.

"ތަރުޖަމާނު" ސީރީސްއަށް އާންމުން ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ފާހަގަކުރެވުނެވެ. ފުރަތަމަ އެޕިސޯޑްވެސް ލައިވްކުރި ގަޑީގައި އެކަނިވެސް 2000ށް ވުރެ ގިނަ މީހުން ބެލިއެވެ. އަދި މިހާތަނަށް 5000ށް ވުރެ ގިނަ މީހުން ވަނީ ފުރަތަމަ އެޕިސޯޑް ބަލާފައެވެ.

"ތަރުޖަމާނު" ސީރީސްގެ ފުރަތަމަ އެޕިސޯޑް ބެލި ގާތްގަނޑަކަށް ހުރިހާ ބެލުންތެރިން ވަނި ރާއްޖެޓީވީގެ ޓީމަށް ހިތްވަރުދީ މިއީ ބަލާހިތްވާ ކަހަލަ އަދި ކަމުދާ ސީރީއެސްއެއްގެ ގޮތުގައި ބުނެފައެވެ. "ވަރަށް ސަޅި" "ރާއްޖެޓީވީ ވަރެއް ހަމަ ނެތް" "ރާއްޖެޓީވީގައި އޮތީ ފިސާރި ޓީމެއް" ފަދަ ކޮމެންޓްތައް ބެލުންތެރިން ދީފައިވާއިރު، މި ސީރީސްގެ ދެވަނަ އެޕިސޯޑަށް ގިނަ ބެލުންތެރިން ދަނީ އިންތިޒާރުކުރަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންފަރެންސްތަކުގައި މުގާބޭ އަވަހާރަފުޅެއް ނުލައްޕަވާ. ލޯފުޅު ރައްކާތެރި ކުރައްވަނީ: ތަރުޖަމާނު

ކޮންފަރެންސްތަކުގައި މުގާބޭ އަވަހާރަފުޅެއް ނުލައްޕަވާ. ލޯފުޅު ރައްކާތެރި ކުރައްވަނީ: ތަރުޖަމާނު

12 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު