Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

ނޭޓޯގެ އެންމެ މަތީ އަސްކަރީ ކޮމާންޑަރު އެލެކްސަސް ގްރިންކެވިޗް ވިދާޅުވީ ޖަރުމަނާ ގުޅިގެން އެ ސިސްޓަމްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވީ އެންމެ އަވަހަކަށް އެކަން ކުރުމަށް އިރުޝާދު ދެވިފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖުލައި 2025 | ހުކުރު 08:05
ޕެޓްރިއޮޓް އެއާ ޑިފެންސް ސިސްޓަމެއްގެ ލޯންޗަރެއްގެ ކައިރީގައި ޔުކްރެއިންގެ އަސްކަރިއްޔާގެ އޮފިސަރުންr

ޕެޓްރިއޮޓް އެއާ ޑިފެންސް ސިސްޓަމެއްގެ ލޯންޗަރެއްގެ ކައިރީގައި ޔުކްރެއިންގެ އަސްކަރިއްޔާގެ އޮފިސަރުންr

ރަޝިޔާ އާއި ޔުކްރެއިންއާ ދެެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް، ވީ އެންމެ އަވަހަަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޓޯގެ އެންމެ މަތީ އަސްކަރީ ކޮމާންޑަރު އެލެކްސަސް ގްރިންކެވިޗް ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އިން ޔުކްރެއިން އަށް ދެމުން އަންނަ ހަމަލާތައް އިތުރު ކޮށްފައިވާ މި ދަނޑިވަޅުގައި، ޔުކްރެއިން އަށް ބޭނުންވާ އިތުރު ޕެޓްރިއޮޓް މިސައިލް ދިފާއީ ސިސްޓަމްތައް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަރުމަނުގެ ވީސްބާޑެން ސިޓީ ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ، ޖަރުމަނާ ގުޅިގެން އެ ސިސްޓަމްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވީ އެންމެ އަވަހަކަށް އެކަން ކުރުމަށް އިރުޝާދު ދެވިފައިވާ ކަމަށެވެ.

ތިން އަހަރަށް ދެމިގެންދާ ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގައި، ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި ޔުކްރެއިން އަށް ބޭނުންވާ އިތުރު މިސައިލްތައް ފޯރުކޮށްދޭން ނިންމައި، އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ޓްރަމްޕް ދެއްވި އެވެ.

ޕެޓްރިއޮޓް މިސައިލްތައް ހުރި ޤައުމުތަކާއި، ޔުކްރެއިން އަށް އެހީ ދިނުމަށް ނިންމާފައިވާ ޤައުމުތަކުގެ ބައްދަލުވުމެއް އަންނަ ހަފުތާގެ ބުދަ ދުވަހު އޮންނާނެ ކަމަށް ވަނީ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފަ އެވެ. އަދި އެ ބައްދަލުވުން އޮންނާނީ ބެލްޖިއަމްގެ މޮންސް ގައި ހުންނަ ނޭޓޯގެ އަސްކަރީ މައި މަރުކަޒުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ޖަރުމަނުން ވަނީ މިހާތަނަށް ޔުކްރެއިން އަށް ޕެޓްރިއޮޓް މިސައިލްގެ ތިން ޔުނިޓު ހަދިޔާ ކޮށްފަ އެވެ. އަދި އެ ޤައުމުން އަންނަނީ ޔުކްރެއިން އަށް ބޭނުންވާ އިތުރު އެހީތެރިކަން ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޔުކްރެއިން އަށް ބޭނުންވާ މިސައިލް އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ނިންމަވާފައިވާއިރު، އެމެރިކާ ފިޔަވައި ޔުކްރެއިން އަށް އެންމެ ބޮޑަށް އެހީތެރިވާ ޤައުމަކީ ޖަރުމަނު އެވެ.

ޔުކްރެއިން އަށް އެހީ ދިނުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ނިންމަވާފައިވާއިރު، މިއީ ޓްރަމްޕް ނެންގެވި ޔޫ ޓާނެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފަ އެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަަކަށް ވަޑައިގެންނެވި ފަހުން، ފުރަތަމަ ޓްރަމްޕް ވަނީ ޔުކްރެއިން އަށް ދެމުން އައި އެހީތެރިކަން ހުއްޓާލައިފަ އެވެ.

އަދި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި ޔުކްރެއިން އަށް އެހީ ދީފައިވާތީ، ޓްރަމްޕް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، މި ފަހުން ރަޝިޔާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު، ޓްރަމްޕް ވަނީ އަލުން ޔުކްރެއިން އަށް އެހީ ދިނުމަށް ނިންމަވައިފަ އެވެ.

ޔުކްރެއިންރަޝިއާޕެޓްރިއަޓް މިސައިލްޑޮނަލްޑް ޓްރަމްޕްނޭޓޯޖަރުމަނުރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު