Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މުނައްވަރަށް ކުރެވޭ ތުހުމަތުތައް

އޭސީސީ އޮތީ ހިމޭނުން، ގިނަ ތުހުމަތުތަކެއް ކުރެވޭ މުނައްވަރު ގަވަރުނަރު ކަމަށް؟

ބައެއް ސިޔާސަތުތައް ތަންފީޒު ކުރަމުންދާ ކަމަށް މިސަރުކާރުން ބުނާއިރު، އެންމެ ފުރަތަމަ ވެސް ފެނިގެންދިޔައީ އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކޮށް، މުނައްވަރު އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މަންޒަރެވެ. މިހާރު މުނައްވަރު އެމްއެމްއޭ ގަވަރުނަރަށް އައްޔަން ކުރައްވަން މިސަރުކާރުން މަސައްކަތް ކުރާއިރު، އެބޭފުޅާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދެއެވެ.

މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 ޖުލައި 2024 | އާދީއްތަ 16:45
މިހާރު ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އަހުމަދު މުނައްވަރު

މިހާރު ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އަހުމަދު މުނައްވަރު

ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ބޮޑު އަނދަވަޅެއްގައި ކަމަށް މިސަރުކާރުން ބުނެއެވެ. ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ބުނެއެވެ. މިހާރު ވެސް ބައެއް ސިޔާސަތުތައް ތަންފީޒު ކުރަމުންދާ ކަމަށް މިސަރުކާރުން ބުނާއިރު، އެންމެ ފުރަތަމަ ވެސް ފެނިގެންދިޔައީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކޮށް، އަހުމަދު މުނައްވަރު އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މަންޒަރެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިތުބާރު ކުރައްވައި އެމަގާމަށް އައްޔަން ކުރައްވަން ބޭނުންފުޅު ވަނީ މިހާރު ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި މުނައްވަރެވެ. އޭނާ ވަނީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. މިހާރު މުނައްވަރު އެމްއެމްއޭ ގަވަރުނަރަށް އައްޔަން ކުރައްވަން މިސަރުކާރުން މަސައްކަތް ކުރާއިރު، އެބޭފުޅާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދެއެވެ.

އެއީ މުނައްވަރުގެ މައްޗަށް ތުހުމަތުކުރެވޭ ގިނަ މައްސަލަތަކެއް ހުރީމައެވެ. މުނައްވަރަށް ކުރެވޭ ތުހުމަތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި 2020 ވަނަ އަހަރުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވިއެވެ. ނަމަވެސް ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އެމައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލިއެވެ.

އޭސީސީން 21 ސެޕްޓެންބަރު 2020 ގައި ބުނެފައިވަނީ މުނައްވަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އޭގެފަހުން މިއަދާ ހަމައަށް މިމައްސަލާއާ ގުޅިގެން އޭސީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިމައްސަލާގައި ތަހުގީގު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ރާއްޖެއެމްވީއިން ތަކުރާރުކޮށް އޭސީސީގައި ސުވާލު ކުރި ނަމަވެސް އެކޮމިޝަނުން ރަސްމީ ޖަވާބު ދީފައެއްނުވެއެވެ.

ނަމަވެސް ނަން ނުޖެހުމަށް ޝަރުތުކޮށް އޭސީސީ އިސް ބޭފުޅެއް ވިދާޅުވީ އެމައްސަލަ އަދިވެސް އެކޮމިޝަންގައި އެބައޮތް ކަމަށާއި، މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށެވެ.

ގިނަ ތުހުމަތުތަކެއް ކުރެވޭ ބޭފުޅެއް ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ މަގާމަކަށް އައްޔަން ކުރައްވާނީ އިހުލާސްތެރި، ނަޒާހަތްތެރި، އެފަދަ ތުހުމަތުތަކެއް ނުކުރެވޭ ރައްޔިތުންގެ އިތުބާރު އޮތް ބޭފުޅެއް ކަމަށެވެ. ނަމަވެސް ގިނަ ތަހުމަތުތަކެއް ކުރެވޭ ބޭފުޅެއް ގަވަރުނަރުގެ މާގަމަށް އައްޔަން ކުރެއްވުމަކީ ދައުލަތަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

ނަމަވެސް 13 އޮގަސްޓް 2020 ގައި އޭސީސީން ބުނެފައިވަނީ ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަބްދުﷲ ޖިހާދުއާއި، ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރުގެ އިތުރުން ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރުގެ މައްޗަށް ކަމަށެވެ.

މި 3 ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުން އެދި ފޮނުވާފައިވަނީ ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމަކާ ގުޅޭ މައްސަލަތަކެއްގައެވެ. އެގޮތުން އެއީ އެ އެއްބަސްވުމުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް (ޕުޓް-އޮޕްޝަން ރައިޓް) ހިމަނާފައިވާކަމަށް ބުނެ ކޮމިޝަނަށް ހުށައެޅި ތަހުގީގު ކުރެވުނު މައްސަލައެކެވެ.

އޭސީސީން ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން 4 ދައުވާއެއް އުފުލުމަށް އެދިފައިވާނެ ކަމަށެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ހިމެނޭ 7 ރަށަކީ ބ ތިލަދޫ، ށ ހުރަސްފަރު، ށ ނާއިންފަރު، ރ ފަސްމެންދޫ، ކ އެނބޫދޫ ފިނޮޅު، ކ ކޮއްދިއްޕަރުފަޅު (ދިއްދޫ ފިނޮޅު)، އަދި ކ ކޮއްދިއްޕަރުފަޅު (އަމީންގިރި) ކަމަށެވެ. އެގޮތުން ބ ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއް ކަމާއި، ބ ތިލަދޫ ކުއްޔަށް ދޫކޮށްފައިވަނީ އެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު އައުމުގެ ފަހުންކަން ބަޔާން ކޮށްފައިވެއެވެ. ބ.ތިލަދޫ ކުއްޔަށް ދޫކޮށްފައިވާއިރު ޕުޓް-އޮޕްޝަން ރައިޓް މާއްދާ ހިމަނާފައި ވީނަމަވެސް، އެ އިސްލާހުގައިވާގޮތުން ސަރުކާރަށް ލިބެނީ ޖޮއިންޓް ވެންޗަރ އެގްރީމަންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިހުތިޔާރު ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި އެއީ އެއްވެސް އަގަކާ ނުލައި، ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިހުތިޔާރެއް ނޫންކަން ބަޔާން ކޮށްފައިވެއެވެ.

އޭސީސީން ބުނެފައިވަނީ، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މުނައްވަރު ކަމަށެވެ. އެހެންކަމުން މިފަދަ ގިނަ ތުހުމަތުތަކެއް ކުރެވޭ ބޭފުޅަކު ގަވަރުނަރުގެ މަގާމަށް އައްޔަން ކުރާނަމަ ގިނަ ރައްޔިތުންތަކެއް އެބޭފުޅާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދާނެ ކަމާމެދު ޝައްކަތްނެތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު