Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުގެ ޑިއުޓީ

ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން އާމްދަނީ އިތުރުވެ، މަސްވެރިކަމަށް އިތުރު އިންވެސްޓްމަންޓްތައް އަންނާނެ: މިފްކޯ

މަހުގެ އެކި އުފެއްދުންތައް އެކްސްޕޯޓްކޮށްގެން ލިބޭ މަންފާ އިތުރުވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 8 ޖޫން 2023 | ބުރާސްފަތި 13:54
މަސްވެރިން

މަސްވެރިން

ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް އާންމުކޮށް އިއުލާންކޮށްފައިވާއިރު، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ ޑިއުޓީއަށް އިނާޔަތް ލިބި، މަހުގެ އެކި އުފެއްދުންތައް އެކްސްޕޯޓްކޮށްގެން ލިބޭ މަންފާ އިތުރުވެގެންދާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ފެށިގެންދާ މަސައްކަތްތަކަކީ ރާއްޖޭގެ މަސްވެރިކަމާއި މަސްވެރިކަމުން ލިބޭ މަންފާ އިތުރު ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލުތަކެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް މިފްކޯއިން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުންޏަށް ވާއިރު، ރައީސްގެ ހާއްސަ އިސްނެންގެވުމުގެ ދަށުން، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށާއި މަސް ޕްރޮސެސްކުރުން އިތުރުކުރުމަށްޓަކައި ފަހުގެ ތާރީހެއްގައި ހިންގޭ އެންމެ ބޮޑެތި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ދިވެހިރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއިކޮށްފައި ނުވާ، އަދި ޕްރިފަރެންޝަލް މާރކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، އުފެއްދުންތެރިކަން އިތުރުކޮށް، ފަސޭހަކަމާއެކު، އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާރކެޓްތަކަށް ފޮނުވޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

03 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި
02 އެޕްރީލު 2017

ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި

02 އެޕްރީލު 2017
ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު