Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޭން ރޫނީ

މެޑިކަލް ފުރިހަމަކުރުމަށް ވޭން ރޫނީ އެވަޓަން އަށް ގޮސްފި

ރޫނީ ވަނީ މީގެކުރިންވެސް ޔުނައިޓެޑަށް ކުޅެފައި

ލީވާން އަލީ
ލީވާން އަލީ | 9 ޖުލައި 2017 | އާދީއްތަ 03:21
ުޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީ

ުޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީ

މެޑިކަލް ފުރިހަމަކުރުމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އެވަޓަން އަށް ގޮސްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން މީގެކުރިން އެވަޓަން އަށް ކުޅުނު ރޫނީ އެ ކްލަބަށް ބަދަލުވުމަށް މެޑިކަލް ހެދުމަށް ގޮސްފައިވަނީ އެވަޓަންގެ ޓްރެއިނިން ގްރައުންޑަށެވެ.

ރޫނީ އެވަޓަން އަށް ސޮއިކުރުމާ ގާތަށް އައިސްފައިވާއިރު، އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ޔުނައިޓެޑަށް ސޮއިކުރުމާ ގާތަށް އައިސްފައެވެ. އެގޮތުން ލުކާކޫއާ އެކު ޔުނައިޓެޑަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެ ކްލަބުން ވަނީ ހޮނިހިރު ދުވަހު އިއުލާންކޮށްފައެވެ. އަދި ވަރަށް އަވަހަށް މެޑިކަލް ހެދުމަށްފަހު ލުކާކޫ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށްވެސް އެ ކްލަބުން ބުނެއެވެ.

އެވަޓަން ދޫކޮށްލުމަށްފަހު އުމުރުން 31 އަހަރުގެ ރޫނީ ޔުނައިޓެޑާ ގުޅުނީ 2004 ވަނަ އަހަރެވެ. އޭނާ އެ ކްލަބަށް ބަދަލުވީ 27 މިލިއަން ޕައުންޑަށެވެ. އެގޮތުން ރޫނީ ވަނީ މިހާތަނަށް އެ ކްލަބާ އެކު ގިނަ ކާމިޔާބީތައްވެސް ހޯދާފައެވެ.

ރޫނީ އެވަޓަން އަށް ބަދަލުވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. އޭނާ އެކި ފަހަރު މަތިން އެވަޓަންއާ އެކު މަޝްވަރާކޮށްފައިވާއިރު، މިފަހަރު އޭނާ އެ ކްލަބަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ.

ޔުނައިޓެޑަށް މިހާތަނަށް 253 ލަނޑު ކާމިޔާބުކޮށްފައިވާ ރޫނީ އަކީ އެ ކްލަބުގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ކްލަބާއެކު ފަސް ޕްރިމިއާ ލީގު، ތިން ފުޓުބޯޅަ ލީގް ކަޕް، ތިން އެފްއޭ ކޮމިއުނިޓީ ޝިލްޑް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު، އެއް ޔުއެފާ ޔޫރޮޕާ ލީގު އަދި އެއް ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ ރޫނީ ވަނީ ގައުމީ ޓީމަށް ކުޅުނު 119 މެޗުގައި 53 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

އެވަޓަންގެ ބާކްލީ ހޯދުމަށް ޔުނައިޓެޑް އަދި ޓޮޓެންހަމް ބޭނުންވޭ!

25 މެއި 2017
އެވަޓަންގެ ބާކްލީ ހޯދުމަށް ޔުނައިޓެޑް އަދި ޓޮޓެންހަމް ބޭނުންވޭ!
24 މެއި 2017

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
29 އެޕްރީލު 2017

ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

29 އެޕްރީލު 2017
ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ
01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު