Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރެމިއާ ލީގު

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

ރޫނީ ޗައިނާގެ ކުލަބަކަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެެއް ފެތުރުނު

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 11 މެއި 2017 | ބުރާސްފަތި 10:05
މެންޗެސްޓާ ޔުނައިޓެޑަށް ރޫނީ ކުޅެފައިވާ މެޗެެއްގެ ތެރެއިން

މެންޗެސްޓާ ޔުނައިޓެޑަށް ރޫނީ ކުޅެފައިވާ މެޗެެއްގެ ތެރެއިން

އަދިވެސް ފުޓުބޯޅަ ކުޅެން ބޭނުން ކަމަށާ، ޔުނައިޓެޑުގައި އިތުރަށް މަޑުކުރަން ބޭނުން ކަމަށް މެންޗެސްޓާ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމުގެވެސް ކެޕްޓަން ވޭން ރޫނީ ބުނެފިއެވެ.

ރޫނީ މިހެން ބުފައިވަނީ ޔޫރޮޕާ ލީގުގެ ސެމީފައިނަލުގައި ސެލްޓާ ވީގޯ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޕްރެސްގައި ވާހަކަ ދައްކަމުން ރޫނީ ބުނެފައިވަނީ، މެންޗެސްޓާ ޔުނައިޓެޑުގައި 13 އަހަރު އޭނާއަށް ހޭދަ ކުރެވިއްޖެ ކަމަށާ، އަދިވެސް އިތުރަށް ފުޓުބޯޅަ ކުޅެން ބޭނުން ވާކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ އޭނާ އަދިވެސް ފުޓުބޯޅަ ކުޅެން ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކަމަށެވެ.

ރޫނީ މިހެން ބުނެފައިވާއިރު، އަންނަ ޖޫން ޓްރާންސްފާގައި ރޫނީ އެހެން ކުލަބަކަށް ބަދަލުވެދާނެ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. އެގޮތުން ޗައިނާގެ ސުޕަލީގަށް ރޫނީ ބަދަލުވާން އުޅޭކަމުގެ ހަބަރުތަކެއްވެސް މިއަހަރުގެ ކުރީކޮޅުގައި ވަނީ ފެތުރިފައެވެ. ބޭރުގެ ބައެށް ބޮޑެތި މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ރޫނީގެ އޭޖެންޓް ވަނީ ޗައިނާގެ ކުލަބަކާ މަޝްވަރާ ކުރުމަށް ޗައިނާއަށްވެސް ގޮސްފައެވެ.

މިސީޒަނުގައި ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ރޫނީއަށް މާ ގިނަ މެޗުތަކަކުން ޖާގަ ލިބިފައެއް ނުވެއެވެ. ނަމަވެސް މި ސީޒަނުގައި ޔުނައިޓެޑްގެ ކީ ޕްލެއަރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޒްލަޓަން އިބްރަހިމޮވިޗްއަށް އަނިޔާވެ ސީޒަން ނިންމާލަން ޖެހިފައިވުމުން، ސީޒަނުގެ ބާކީއޮތް ބައިގައި ރޫނީއަށް ފުރަތަމަ އެގާރައިން ޖާގަ ލިބޭނެ ކަމަށްވެސް ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.

ރޫނީ ބުނެފައިވަނީ، ކޮންމެ ކުޅުންތެރިއަކުވެސް މެޗުގައި ކުޅެން ބޭނުންވާނެ ކަމަށާ، މެޗުގައި ކުޅެން ލިބޭ ފުރުސަތުގައި ތަފާތު ދައްކަން ވާނެ ކަމަށެވެ. އެގޮތުން އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ޓީމަށް ކާމިޔާބީ ހޯދައި ދިނުމަށް ކަމަށްވެސް ރޫނީ ބުނެފައިވެއެވެ.

އިތުރަށް ވާހަކަ ދައްކަމުން ރޫނީ ބުނެފައިވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ ޔުނައިޓެޑުން މިހާރު ކުރަން ޖެހިފައިވާ ވަރަށް މުހިންމު ކަމެށް ކަމަށާ، މެޗެސްޓާ ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގުގައި އޮންނަން ޖެހޭ، އެ ފެންވަރު ހުރި ޓީމެއް ކަމަށެވެ. ނަމަވެސްހަގީގަތަށް ބުނާނަމަ އިނގިރޭސި ޕްރެމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ އުނދަގޫ މަސައްކަތަކަށް ވާނެ ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ސީނިއާ ފުޓުބޯޅަ ކެރިއަރުގެ ކްލަބް ލެވެލްގައި މީގެ ކުރިން އެވަޓަން އަށްވެސް ކުޅެފައިވާ ރޫނީ މިހާތަނަށް 13 އަހަރު މެނެޗެސްޓާ ޔުނައިޓެޑްގައި ހޭދަކޮށްފައިވާއިރު އޭނާވަނީ ޔުނައިޓެޑަށް 390 މެޗު ކުޅެދީ 182 ގޯލު ޖަހައިދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

26 ފެބުރުއަރީ 2017
އަހަރެން ޔުނައިޓެޑްގައި މަޑުކުރާނަން: ރޫނީ

އަހަރެން ޔުނައިޓެޑްގައި މަޑުކުރާނަން: ރޫނީ

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު