Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

އިބްރަހަމޮވިޗް ދަނީ ކޮންޓްރެކްޓް އާކުރުމާ މެދު ވިސްނަމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 4 މާރިޗު 2017 | ހޮނިހިރު 08:42
ވޭން ރުނީ: އޭނާއަކީ މެންޔޫއަށް މުހިއްމު ކުޅުންތެރިއެއް ކަމަށް މޮރީނޯ ވަނީ ބުނެފަ

ވޭން ރުނީ: އޭނާއަކީ މެންޔޫއަށް މުހިއްމު ކުޅުންތެރިއެއް ކަމަށް މޮރީނޯ ވަނީ ބުނެފަ

މެންޗެސްޓަރ ޔުނައިޓެޑްގައި ވޭން ރޫނީ ބަހައްޓަން ބޭނުންވާކަމާ މެދު 100 އިންސައްތަ ޔަޤީން ކަމަށާއި، ލާޓާން އިބްރަހަމޮވިޗް ވެސް އޭނާގެ ކޮންޓްރެކްޓް އިތުރު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިފަދައިން ބުނެފައި މިވަނީ، ޗައިނާގެ ކްލަބަކަށް، ނުވަތަ ކުރީގެ ކްލަބް އެވަރޓަންއަށް ރޫނީ ބަދަލުވާން އުޅޭކަމުގެ ވާހަކަތަކެއް ފެތުރިފައިވަނިކޮށް، މެންޔޫގައި މަޑުކުރާނެ ކަމުގެ ޔަޤީންކަން ރޫނީ ދިނުމާ ގުޅިގެންނެވެ.

އުމުރުން 35 އަހަރުގެ އިބްރަހަމޮވިޗް ހިލޭ ޑީލެއްގެ ދަށުން ޕީއެސްޖީން މެންޔޫއަށް ދިޔައީ އެއް އަހަރަށް ނަމަވެސް، މި އެއްބަސްވުމަށް އަހަރެއްގެ މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މެންޔޫގައި އިބްރަހަމޮވިޗް ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، 38 މެޗުގައި އޭނާ ވަނީ މެންޔޫއަށް 26 ގޯލު ކާމިޔާބުކޮށްދީފައެވެ.

ނިމިގެން ދިޔަ ހަފްތާގެ އާދީއްތަ ދުވަހު އީއެފްއެލް ކަޕްގެ ފައިނަލްގައި ސައުތުހެމްޕްޓަންގެ މައްޗަށް ކާމިޔާބު ހޯދުމަށްފަހު، މީޑިއާގައި ވާހަކަދައްމުން އިބްރަހަމޮވިޗް ބުނީ، ކޮންޓްރެކްޓް އިތުރު ކުރުމުގެ ކަންތަކުގައި ވާގޮތެއް ބަލާނެ ކަމަށެވެ.

އިބްރަހަމޮވިޗްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، މެންޔޫގައި އިބްރަހަމޮވިޗް މަޑުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށާއި، ކުރިއަށް އޮތް ޓްރާންސްފަރ ސީޒަންގައި މެންޔޫއަށް އިތުރު ކުޅުންތެރިންތަކެއް ގުޅޭއިރު، އިބްރަހިމޮވިޗް މުހިއްމު ކުޅުންތެރިއަކަށް ވެގެން ދާނެ ކަމަށެވެ.

ރޫނީއާ ގުޅޭ ގޮތުން މޮރީނިއޯ ބުނީ، ރޫނީއަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އަންނަ ސީޒަނުގައި ހަމަ ޔަޤީނުން ވެސް ޓީމަށް ރޫނީ ބޭނުންވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު