Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮނާލްޑީނިއޯގެ ނަސޭހަތް

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

ރޫނީ ވަނީ މި ސީޒަނުގައި ޗައިނާގެ ކްލަބަކަށް ބަދަލު ނުވާނެކަން ކަށަވަރުކޮށްދީފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2017 | އާދީއްތަ 08:52
ރޫނީ: އޭނާ ވަނީ މި ސީޒަނުގައި ޗައިނާގެ ކްލަބަކަށް ބަދަލު ނުވާނެކަން ކަށަވަރުކޮށްދީފަ

ރޫނީ: އޭނާ ވަނީ މި ސީޒަނުގައި ޗައިނާގެ ކްލަބަކަށް ބަދަލު ނުވާނެކަން ކަށަވަރުކޮށްދީފަ

ޗައިނާގެ ސުޕަލީގުން ކިތަންމެ ވަރަކަށް ހުށަހެޅުންތައް ލިބުނު ނަމަވެސް ޗައިނާގެ ޓީމަކާއި ނުގުޅުމަށާއި ޔޫރަޕުގައި ދެމި ހުރުމަށް އިނގެރޭސި ފުޓުބޯޅަ ޓީމުގެ ކެޕްޓަން، އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ވޭން ރޫނީއަށް ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ނަސޭހަތްތެރި ވެއްޖެއެވެ.

މި ސީޒަނުގައި ޗައިނާގެ ޓީމަކަށް ރޫނީ ބަދަލުވެދާނެ ކަމަށް އަޑުފެތުރިފައި ވަނިކޮށް، މި ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑްގައި ދެމި ހުންނާނެކަން ކަށަވަރުކޮށްދީ ރޫނީ ބަޔާނެއް ނެރުމާއި ގުޅިގެން، ފޮކްސް ލެޓިން އެމެރިކާއަށް ދިން އިންޓަރވިއުއެއްގައި ރޮނާލްޑީނިއޯ ބުނީ، އޭނާ ރޫނީއަށް ވަރަށް ބޮޑަށް އިޚުތިރާމް ކުރާ ކަމަށާ، ނަމަވެސް ރޫނީ ޗައިނާއަށް ބަދަލުވާން އަދި މާ އަވަސްކަމަށެވެ.

ރޮނާލްޑީނިއޯ ބުނީ އަދި ދެތިން ސީޒަނަށްފަހު، ޗައިނާގެ ކްލަބަކަށް ރޫނީ ދިއުމަކީ މައްސަލައެއް ނޫން ކަމަށާ، ނަމަވެސް އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ރޮނާލްޑީނިއޯ އިތުރަށް ބުނެފައިވަނީ، މެންޗެސްޓަރގައި ރޫނީގެ ދައުރު ހަމަވެފައިވާނަމަ، އެކަމާ ބުނާނެ އެއްޗެއް ނެތް ކަމަށާ، ނަމަވެސް ރޫނީ އަކީ އަދިވެސް އިނގެރޭސިވިލާތާއި، އިޓަލީއާއި ސްޕެއިނާއި، ޖަރުމަނާއި ފްރާންސްގެ އެންމެ މަތީފަންތީގެ ކްލަބުތަކަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.

ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު، ރޫނީއަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެއް ކަމާއި، ރޫނީއަށް ވަރަށް ބޮޑަށް އިޚުތިރާމް ކުރާކަން ފާހަގަކޮށް، ރޮނާލްޑީނިއޯ އިތުރަށް ބުނެފައިވަނީ، ރޫނީގެ ހުނަރު އެންމެ ރަނގަޅަށް ބޭނުން ކުރެވޭ ފަދަ ލީގެއްގައި އޭނާ ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޗައިނާގެ ސުޕަލީގަށް ރޫނީ ގެންދިއުމަށް ޗައިނާގެ ކްލަބުތަކުން ކުރަމުންދަ މަސައްކަތަށް ބެލުމެއް ނެތި، މި ސީޒަން ނިމެންދެން މެންޗެސްޓަރގައި ހުންނާނެ ކަމުގެ ޔަޤީންކަން ރޫނީ ދީފައި ވީނަމަވެސް، އެ ޓިމާއި ހޯޒޭ މޮރީނިއޯ ހަވާލުވިފަހުން ރޫނީއަށް ދަނޑުމަތިން ލިބޭ ފުރުޞަތު މަދުވުމުން، މެންޗެސްޓަރގައި ރޫނީގެ ކުރިމަގާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑާބީގެ ކޯޗުގެ ޒިންމާ ރޫނީއަށް

ޑާބީގެ ކޯޗުގެ ޒިންމާ ރޫނީއަށް

16 ނޮވެމްބަރު 2020
ޓީޓީ އެސޯސިއޭޝަނުން އަލިބެއަށް ނަސޭހަތްތެރިވެ، މާފަށް އެދެން އަންގައިފި

ޓީޓީ އެސޯސިއޭޝަނުން އަލިބެއަށް ނަސޭހަތްތެރިވެ، މާފަށް އެދެން އަންގައިފި

07 އޮކްޓޯބަރު 2020
އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ ޚިލާފުވުމުން ފޮޑެން އަށް ސިޓީން ނަސޭހަތްތެރިވަނީ

އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ ޚިލާފުވުމުން ފޮޑެން އަށް ސިޓީން ނަސޭހަތްތެރިވަނީ

03 ޖޫން 2020
ގަވާއިދާ ޚިލާފުވުމުން ރޯހޯ އަށް ޔުނައިޓެޑުން ނަސޭހަތްތެރިވަނީ

ގަވާއިދާ ޚިލާފުވުމުން ރޯހޯ އަށް ޔުނައިޓެޑުން ނަސޭހަތްތެރިވަނީ

04 މެއި 2020
ގަވާއިދާ ޚިލާފުވުމުން އާސެނަލްގެ ކުޅުންތެރިންނަށް ނަސޭހަތް ދީފި

ގަވާއިދާ ޚިލާފުވުމުން އާސެނަލްގެ ކުޅުންތެރިންނަށް ނަސޭހަތް ދީފި

24 އެޕްރީލު 2020

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު