Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

1 އެޕްރީލު 2017 | ހޮނިހިރު 19:35

ލިވަޕޫލް އޮތީ ކުޅުނު 30 މެޗުން ލިބުނު 59 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި

ލީވާން އަލީ
ލީވާން އަލީ | 1 އެޕްރީލު 2017 | ހޮނިހިރު 19:35
އެވަޓަން ކޮޅަށް ލަނޑު ޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ

އެވަޓަން ކޮޅަށް ލަނޑު ޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ

ޕްރިމިއާ ލީގުގައި އެވަޓަންގެ މައްޗަށް ލިވަޕޫލްއިން ކުރި ހޯދައިފި އެވެ.

ހޮނިހިރު ދަވަހު އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލުން އެވަޓަންގެ މައްޗަށް ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެށް ފެނިގެން ދިޔައިރު، މެޗުގެ ހަތް ވަނަ މިނެޓްގައި އެޓީމުން ވަނީ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮއްދިނީ ސަޑިއޯ މާނޭ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އެވަޓަންގެ ދެ ޑީފެންޑަރުން ކައިރިން ނައްޓާލުމައްފަހު އޭރިޔާތެރެއަށް ވަދެއެވެ. މި ލަނޑާއެކު ސަޑިއޯ މާނޭ ލީގުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 13 އަށް އަރާފައެވެ.

މާނޭގެ ލަނޑުން ލިވަޕޫލް ލީޑުގައި ކުޅެމުން ދަނިކޮށް ޑިފެންސް ލައިނުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އެވަޓަންއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މެތިވް ޕެނިންގްޓޮން އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެވަޓަންއިން ނެގި ކޯނަރެށް ލިވަޕޫލްގެ ޑިފެންޑަރުންނަށް ސާފުކޮށް ނުލެވިގެން އުޅެނިކޮށެވެ.

ނަމަވެސް ލިވަޕޫލުން ވަނީ ފުރަތަމަ ހާފް ނިމުނުގެ ކުރިން ކުޅުން ވަރުގަދަކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑް ނަގާފައެވެ. މި ލަނޑު 31 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާމިޔާބު ކޮއްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފިލިޕޭ ކޮޓީނިއޯ އެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-2 އިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަގައިވެސް އެވަޓަންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނުގެން ގޮސްފައެށް ނުވާއިރު، ލިވަޕޫލުން ވަނީ މި ހާފްގައި އިތުރު ލަނޑެށް ކާމިޔާބުކޮށް ލީޑު ފުޅާކޮއްފައެވެ. މި ލަނޑު މެޗުގެ 60 ވަނަ މިނެޓްގައި ލިވަޕޫލަށް ލީޑު ފުޅާކޮއްދިނީ ޑިވޮކް އޮކޮތް އޮރީގީ އެވެ.

މެޗުން މޮޅުވި ލިވަޕޫލް އޮތީ ކުޅުނު 30 މެޗުން ލިބުނު 59 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުތަކަށްފަހު ޕޮއިންޓް ތާވަލަށް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް